ޕެޓްރޯލާއި ޑީސަލުން ނަގަމުން އަންނަ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި އިސްލާހު، ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.
ޕެޓްރޯލާއި ޑީސަލުން ނަގަމުން އަންނަ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި އިސްލާހު، ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުށަހަޅުއްވައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެމްބަރުންގެ އިއްތިފާގުން ފާސްކުރި އިސްލާހު ތަސްދީގުކޮށް މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމާ އެކު އެ އިސްލާހަށް އަމަލުކުރަން ވަނީ ފެށިފަ އެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައި މިހާރު ތެލުގެ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 10 ޕަސެންޓެވެ.
ނިހާނު މަޖިލިހަށް ފޮނުއްވި އިސްލާހުގައި ވަނީ މިއީ އާންމުންގެ ބޭނުންތަކާއި އަސާސީ ޚިދުމަތްތައް ރައްޔިތުން ބޭނުން ކުރުމުގައި ހިނގާ ޚަރަދު ކުޑަ ކުރުމަށް މަޖިލިހަށް ފޮނުވަން ނިންމި އިސްލާހެއް ކަމަށެވެ. އެހެންވެ އިސްލާހު ފޮނުއްވީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑީސަލުން ޑިއުޓީ ކަނޑާލަން މަޖިލީހުން ފާސްކޮށްފި
ޑީސަލުން ޑިއުޓީ ކަނޑާލައި ކަރަންޓުގެ އަގުހެޔޮ ކުރަނީ
ޕެޓްރޯލާއި ޑީސަލުގެ ޑިއުޓީ ކުޑަ ކުރަން މަޖިލީހަށް
12 ޑޮލަރަށް ބަދަލުކުރީ ރައީސަށް އެނގިވަޑައިނުގެން!
ޔާމީން ކޯޓުތަކުގެ ވާހަކަ ދައްކާތީ އަޖައިބުވޭ: ފަލާހު
އާމްދަނީ 19 ޕަސެންޓު ވެއްޓިއްޖެ
ތެލުގެ ހަރަދު ކޮންޓްރޯލްކުރަން ފިއުލް ހެޖިން ހިމަނައިފި
ޓީޖީއެސްޓީ އާއި އޭޑީސީ ޓެކްސް ބޮޑުކުރަން ފާސްކޮށްފި
ތެލުގެ ސަބްސިޑީ އަށް އިތުރު 590 މިލިއަން ރުފިޔާ
ޓްރައިބިއުނަލަށް ހަތަރު ބޭފުޅަކު އައްޔަންކުރަން ރުހުން