ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ މަގާމްތަކަށް އައްޔަން ކުރަން ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
24 އޮކްޓޯބަރ 2024
ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ މަގާމްތަކަށް އައްޔަން ކުރަން ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މަގާމަކަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާން ކުރުމުން 13 ބޭފުޅަކު ވަނީ ކުރިމަތިލައިފަ އެވެ. އެ ނަންތައް ދިރާސާ ކުރުމަށްފަހު ޖުޑީޝަރީ ކޮމިޓީން ފޮނުވުމުން މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ ވަކިވަކިން ހުރިހާ ނަމަކަށް ވޯޓަށް އަހައިފަ އެވެ.
އޭގެ ތެރެއިން މަޖިލީހުން ރުހުން ދިން ނަންތައް:
- އަބްދުލްޣަނީ މުހައްމަދު
- އިބްރާޙިމް ޝަރީފް
- ހަސަން ޒުހައިރު މުހައްމަދު
- ޝިފްޒާ އަބްދުލްގައްޔޫމް
މީގެ ތެރެއިން އަބްދުލްޣަނީއަކީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެކެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ހަތަރު މަގާމެއް ހުސްވީ އެ ޓްރައިބިއުނަލްގެ މެމްބަރުންގެ މައްސަލަތަކެއް ބެލުމަށް ފަހު ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު ފިޔަވައި ބާކީ ތިއްބެވި ހަތަރު މެމްބަރުން މަގާމުން ވަކިކުރުމުންނެވެ. އެ ބޭފުޅުން މަގާމުން ވަކިކުރީ އެގޮތަށް މަޖިލީހުން ފާސް ކުރުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވުމުންނެވެ.
ޓެކްސް ޓްރައިބިއުނަލްގެ މެންބަރުންތަކެއް ވަކިކުރަން ލަފާ
ޓެކްސް ނުދެއްކުމުގެ އަދަބު ބޮޑުކުރާ ބިލް ކޮމެޓީއަށް
ސަރުކާރުން ފައިސާ ނުލިބުނީމާ ލުޔެއް އޮންނަން ވާނެ
"ޓެކްސް ނުދައްކާ ނަމަ އަޅުގަނޑު ވެސް ޖަލަށް ލާންވީ"
ޓެކްސް ޖޫރިމަނާ ބޮޑުކޮށް، ޖަލަށް ލެވޭ އިސްލާހެއް
މީރާގެ ބޯޑަށް މެންބަރުން އައްޔަނުކުރަން މަޖިލީހަށް
ޓްރައިބިއުނަލްގެ މެންބަރުންގެ ވަކިކުރި މައްސަލަ ނުބެލޭނެ
ޓީޖީއެސްޓީ އާއި އޭޑީސީ ޓެކްސް ބޮޑުކުރަން ފާސްކޮށްފި
ޓެކްސް އެޕީލް ޓްރައިބިއުނަލަށް 13 ނަމެއް
ވިޔަފާރިވެރިން ގަޔާނުވިޔަސް ޓެކްސް ބޮޑުކުރަންޖެހޭ:ފަލާހު