Roadha Mihaaru
ވިހޭއިރު ވެސް ކުއްޖާގެ ބަރުދަނުގައި ހަ ކިލޯ

ވިހޭއިރު ވެސް ކުއްޖާގެ ބަރުދަނުގައި ހަ ކިލޯ

13 ޖޫން 2017

ދަރިއަކު ވިހެއުމަކީ ކިހާ ވޭނަކާއި ބުރައެއް އުފުލަން ޖެހޭ ކަމެއްކަން އެނގޭނީ ކުދިން ވިހާފައި ތިބޭ މީހުންނަށެވެ. ނަމަވެސް މިއީ އެހެން އަންހެނުންނަށް ވުރެ އިތުރަށް ބުރަ އާއި ވޭން އުފުލަން ޖެހުނު މީހެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ދަރިއަކު ވިހެއުމަކީ ކިހާ ވޭނަކާއި ބުރައެއް އުފުލަން ޖެހޭ ކަމެއްކަން އެނގޭނީ ކުދިން ވިހާފައި ތިބޭ މީހުންނަށެވެ. ނަމަވެސް މިއީ އެހެން އަންހެނުންނަށް ވުރެ އިތުރަށް ބުރަ އާއި ވޭން އުފުލަން ޖެހުނު މީހެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ހަތަރު ކުދިންގެ މަންމަ ކްރިސީ ކޯބެޓް މިފަހަރު ވިހޭ އަންހެންދަރިފުޅު ކާލޭގެ ބަރުދަނުގައި ހަ ކިލޯ ހުއްޓެވެ.

ކާލޭ އުފަންވި އިރު އޭނާގެ ބަރުދަނުގައި 13 ޕައުންޑް ފަސް އައުންސް ( 6 ކިލޯ) ހުއްޓެވެ. މިއީ ވިހާ ކުދިންގެ އެވްރެޖް ބަރުދަނަށް ވުރެ ދެ ގުނަ އިތުރު މިންވަރެކެވެ.

އެމެރިކާގެ ފްލޮރިޑާގައި ދިރިއުޅޭ ކްރިސީ އޭބީސީ ނިއުސްއަށް ކިޔައިދިން ގޮތުގައި އޭނާ ސިޒޭރިއަން ހެދުމުގައި އުޅުނު ޑޮކްޓަރުންނާއި ނަރުހުން ވެސް ކުއްޖާ ނެގި ވަގުތު ވަރަށް މަޖާވެގެން އުޅުނެވެ.

"އެމީހުން އަހަންނަށް ދަރިފުޅު ދެއްކި ވަގުތު ކުއްޖާގެ ބަރުދަން ލަފާކޮށްބަލާށޭ ބުނި. ދަރިފުޅުގެ ބަރުދަނުގައި 13.5 ޕައުންޑް އެބަހުއްޓޭ ބުނުމުން އަހަންނަށް ވެސް އޮތީ ބުނާނެ އެއްޗެއް ވެސް ނޭނގިފައި. ހީވީ އަހަރެންގެ ބަނޑުން ދަމާ ނެރުނީ ގެންގުޅެފައި އޮތް ކުއްޖެއްހެން. އެހާވެސް އޭނާ ބޮޑު،" ކްރިސީ ބުންޏެވެ.

ބޭބީ ކާލޭ އުފަންވީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު އޮރެންޖް ޕާކް މެޑިކަލް ސެންޓަރުގަ އެވެ.

ކުއްޖާގެ ބައްޕަ ލެރީ ކޯބިޓް ބުނި ގޮތުގައި ވިހޭއިރު ވެސް ކުއްޖާ ހީވަނީ ހަ މަސް ވެފައި އޮތް ކުއްޖެއް ހެންނެވެ. އެހެންވެ، ކުރިން ގަނެފައި ހުރި ނެޕީ ފަދަ އެއްޗެހި ވެސް ބަދަލުކުރަން ޖެހުނު ކަމަށް އޭނާ ބުންޏެވެ. އަދި ފުރަތަމަ ވެސް ލައްވަން ޖެހުނީ ނުވަ މަހުގެ ކުދިން ލާ ވަރުގެ ހެދުން ކަމަށް ވެސް ކާލޭގެ ބައްޕަ ބުންޏެވެ.

ކުޑަކުޑަ ކާލޭ ނިދާފައި

ކުޑަކުޑަ ކާލޭ ނިދާފައި

މިހާ ބޮޑު ކުއްޖެއް ލިބުމުން ވީ އުފަލުން ޚާއްސަ ފޮޓޯޝޫޓެއް ވެސް އެމީހުން ވަނީ މަޝްހޫރު ފޮޓޮގްރާފަރަކު ލައްވާ ނަގައިފަ އެވެ.

ލެރީ ބުނި ގޮތުގައި އޭނާގެ އަންހެނުން މިފަހަރު ބަލިވެ އިނުމަށް ފަހު އާދަޔާޚިލާފަށް ބަރުވެގެން ވަރަށް އުނދަގުލާ ކުރިމަތިވި އެވެ. ނަމަވެސް ހަގީގަތުގައި ބަރުވީ އަންހެނުން ނޫން ކަމަށާއި ދަރިފުޅުކަން ފަހުން އެނގުނު ކަމަށް އޭނާ ބުންޏެވެ.