05 ޖޫން 2017
އައްޑޫ ގަން ކަނޑަށް އިއްޔެ ހަވީރު ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު ތިން މީހުންގެ ތެރެއިން އެކަކު ގެއްލުނީ އެމީހުން ތިބި ޑީންގީ ބަންޑުން ޖަހާލައިގެން ކަމަށް ވާހަކަ ދެކެވުނަސް، އެ ޑިންގީ ބަންޑުން ޖަހައިލި ކަން ކަށަވަރު ނުވާ ކަމަށް ފުލުހުން މި ރޭ ބުނެފި އެވެ.
އައްޑޫ ގަން ކަނޑަށް އިއްޔެ ހަވީރު ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު ތިން މީހުންގެ ތެރެއިން އެކަކު ގެއްލުނީ އެމީހުން ތިބި ޑީންގީ ބަންޑުން ޖަހާލައިގެން ކަމަށް ވާހަކަ ދެކެވުނަސް، އެ ޑިންގީ ބަންޑުން ޖަހައިލި ކަން ކަށަވަރު ނުވާ ކަމަށް ފުލުހުން މި ރޭ ބުނެފި އެވެ.
ފުލުހުން މިހެން މި ބުނީ، އެ ހާދިސާގައި ގެއްލިފައިވާ މުހައްމަދު ސުމޭދުގެ އާއިލާ އިން ވެސް، އެ ޑިންގީ ބަންޑުން ޖަހާލި ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައި ވަނިކޮށެވެ.
ސުމޭދާއެކު މަހަށް ދިޔައީ އައްޑޫ ފޭދޫ ދެ މީހުން ކަމަށްވާ ހުސައިން ސައީދާއި އަހުމަދު ނާއިފެވެ. އެ ދެމީހުން ސަލާމަތްވީ، ޑީންގީ ބަންޑުން ޖަހައިލުމުން ފަތާފައި ގޮސް އޮމެހެރަ ކިޔާ ފަޅު ރަށަކަށް އަރައިގެން ކަމަށް އެ ދެމީހުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ޑީންގީން ދަތުރު ކުރި ތިން މީހުންގެ ތެރެއިން ސަލާމަތްވި ދެ މީހުން ބުނާ ގޮތުގައި އެ މީހުން މަސް ބާނަން ތިބި ޑިންގީ ބަންޑުން ޖަހައިލީ އެވެ. ނަމަވެސް އެކަން ފުލުހުންގެ ތަހުގީގު ޓީމަށް އަދި ކަށަވަރު ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެއީ އެ ތިން މީހުން މަހަށް ދިޔައިރު، ބޭނުން ކުރި ތަކެއްޗާއި އެހެނިހެން ސާމާނުތައް ޑިންގީ ތެރެއިން ފެނިފައިވާތީ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސުމޭދު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް މެދުކަނޑައިނުލާ ކަމަށެވެ. އަދި އޭނާ ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއް މާދަމާ ބަލަން ފަށާނެ ކަމަށާއި ސުމޭދުގެ އެއްވެސް ހަބަރެއް މިހާތަނަށް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ސުމޭދާއި އޭނާގެ އަންހެނުން އަދި ދަރިފުޅު.
މަހަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ސުމޭދާއެކު ދިޔަ މީހުންނަށް ގޯސްތަކެއް ހެދުނު ކަމަށާއި ސުމައިދު ކަނޑަށް ވެއްޓުނީ ޑިންގީ ބަންޑުން ޖަހާލައިގެން ނޫން ކަމަށް ސުމައިދުގެ އާއިލާ އިން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. ސުމެއިދު ގެއްލުމާ ގުޅިގެން ފުލުހުންގެ އިތުރުން އެމްއެންޑީއެފުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ސުމައިދުގެ އާއިލާގެ މެމްބަރަކު މިއަދު ބުނި ގޮތުގައި ޑިންގީ ތެރެއިން ފެނުނު ތަކެތީގެ ތެރޭގައި 20 ލީޓަރުގެ ބޮޑު ހަމަކާއި ކާން ބޭނުން ކުރާ ޒާތުގެ ތައްޓެއް ހިމެނެ އެވެ.
"ތަށި ތެރޭގައި އޮތް މިރުހެއް ވެސް. އަނެއްކާ ޑިންގީ ތެރޭގައި ބުޅިތައް ވެސް ހުރި. އަޅުގަނޑު އަމިއްލަ އަށް ވާނީ ގޮސް އެ ޑިންގީ ބަލާފައި،" އެމީހާ ބުންޏެވެ.
"އެހެންވީމަ އެ (ޑިންގީ) ބަންޑުން ޖަހާލީއޭ ބުނެވޭކަށް ނޯންނާނެ،"
ސުމޭދު މަހަށް ދިޔަ ޑިންގީގައި ހުރި ބައެއް ތަކެތި.
އޭނާ ބުނި ގޮތުގައި ސުމޭދު ކަނޑުވުމުން، ދެން ތިބި މީހުން ސުމޭދު ސަލާމަތް ކުރުމުގެ ބަދަލުގައި މަސައްކަތް ކުރީ ޑިންގީ ފެން މައްޗަށް ނެގޭތޯ އެވެ. އަދި ޑިންގީ އަށް ޖެހި ރާޅެއްގައި ސުމޭދު ކަނޑަށް އެއްލާލި ކަމަށް ބުނުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.
"އެއީ ސުމޭދު އިން ކަމަށް ވަނީ ޑިންގީގެ ކުރީކޮޅު. ސުމޭދު އަށް ފަތަން އެނގުނަސް، އޭނާ ބުނި ކަމަށް ވަނީ ފަޔަށް ކޮންމެވެސް ގޮތެއްވެއްޖެ ކަމަށް،" ސުމޭދާއެކު މަހަށް ދިޔަ ދެ މީހުން ހިއްސާ ކުރި މައުލޫމާތުގެ އަލީގައި ސުމޭދުގެ އާއިލާގެ މެމްބަރަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ސަލާމަތްވި ދެ މީހުން ފަޅު ރަށަށް އެރުމަށް ފަހު، ސުމޭދު ގެއްލުނު ކަން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރީ ހާދިސާ ހިނގިތާ ދެ ގަޑިއެއްހާ އިރު ފަހުންނެވެ. އެހެންވެ، ސުމޭދު ގެއްލުމުގައި ދެ މީހުންގެ އިހުމާލު އޮތް ކަމަށް އެ އާއިލާ އިން ގަބޫލު ކުރެ އެވެ.
"އެކަމަކު މިއީ އެ ދެމީހުން ގަސްތުގައި ކުރި ކަމެއް ކަމަކަށް ގަބޫލެއް ނުކުރަން،" އޭނާ ބުންޏެވެ.
"އާއިލާ އިން ގަބޫލު ކުރަނީ ސުމޭދު މިއަދު ދުނިޔޭން ވަކިވެއްޖެ ކަމަށް، އެކަމަކު ކެނޑިނޭޅި މަސައްކަތް ކުރަމުން މި އަންނަނީ ހަށިގަނޑު ހޯދަން،"
ސަތާރަ ފޫޓުގެ ޑިންގީ ބަންޑުން ޖަހައިލީ ޝަންގްރިއްލާ ރިސޯޓް ކައިރީގައި އޮންނަ ފަޅުރަށް ކައިރިން ބޮޑު ރާޅެއް ޑިންގީ އަށް ޖެހުމުން ކަމަށް، މި ހާދިސާގައި ސަލާމަތްވި ފޭދޫ ދެ މީހުންގެ ތެރެއިން ހުސައިން "މިހާރު" އަށް މިއަދު ވަނީ ބުނެފަ އެވެ.
ސުމެއިދުގެ ފޯނު ފެނިއްޖެ
ސުމޭދު ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައިފި
ޑިންގީ ހާދިސާގެ ތަހުގީގު ކުރިއަށް އެބަދޭ: ޕޮލިސް
ޑިންގީ ބަންޑުން ޖަހާލީ ބޮޑު ރާޅަކާ އެކު
ސުމެއިދު ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރުގައި ފަށައިފި
މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ހިނގައްޖެ
ޚަބަރެއް ނުވެގެން، ހޯދަމުން ދިޔަ ލޯންޗު ފެނިއްޖެ
ސުމޭދު ގެއްލުނުތާ ހަފުތާއެއް، ހޯދުން އަދިވެސް ކުރިއަށް
ޑިންގީއެއް ބަންޑުން ޖަހާލައި،ފުލުހަކު ގެއްލިގެން ހޯދަނީ
ބާ ކާރުތަކެއްގައި ރޯވެ،ހިތަދޫގައި އަލިފާނުގެ ހާދިސާއެއް