Roadha Mihaaru
ކާބުލްގައި ބާރުގަދަ ބޮމެއް ގޮއްވާލާ 60 މީހުން މަރު

އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރު ކައިރީ ބޮމެއް ގޮއްވާލާ 60 މީހުން މަރުވެއްޖެ

31 މެއި 2017

ކާބުލް (މެއި 31) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޭރުގެ އެމްބަސީތަކާއި ރިޔާސީ ގަނޑުވަރު ހުންނަ ސަރަހައްދުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 60 މީހުން މަރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (މެއި 31) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޭރުގެ އެމްބަސީތަކާއި ރިޔާސީ ގަނޑުވަރު ހުންނަ ސަރަހައްދުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 60 މީހުން މަރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މި ހަމަލާގައި ވަނީ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޒަންބާގު ސަރަހައްދުގައި ގޮއްވާލާފައި ވަނީ ކާރު ބޮމެކެވެ. އަދި ބޮއްވާލި ބޮމުގެ ބާރުގަދަވުމުން އެތައް ސަތޭކަ މީޓަރެއްގެ ދުރުގައި ހުރި ތަންތަނަށް ގެއްލުނު ލިބުނު ކަމަށް ބުނެފައިވެ އެވެ. ސޯޝަލް މީޑިއާގެ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބޮން ގޮއްވާލި ސަރަހައްދުން ބޯކޮށް ދުން އަރަމުން ދެ އެވެ. އަދި އެތައް ވެހިކަލެއް ހަލާކުވެފައިވާ މަންޒަރު ވެސް ފޮޓޯތަކުން ފެނެ އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ގިނަ ބަޔަކު ޒަޚަމްވުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ވަނީ ފަށައިފަ އެވެ.

ކާބުލްގައި ބޮން ގޮއްވާލި ސަރަހައްދު ބަންދުކޮށް މިހާރު ވަނީ ތަހުގީގު ފަށާފައި.

ކާބުލްގައި ބޮން ގޮއްވާލި ސަރަހައްދު ބަންދުކޮށް މިހާރު ވަނީ ތަހުގީގު ފަށާފައި.

ބޮމުގެ ހަމަލާ އަމާޒުކޮށްފައި ވަނީ ކޮން ތަނަކަށް ކަމެއް ނޭނގެ އެވެ. އެކަމަކު އެ ހަމަލާދީފައި ވަނީ ކާބުލްގެ ޑިޕްލޮމެޓިކް އޭރިއާގަ އެވެ. އަފްޣާނިސްތާނުގެ ނިއުސް އެޖެންސީއަކުން ބުނީ ބޮން ގޮއްވާލާފައި ވަނީ ޖަރުމަން އެމްބަސީއާ ކައިރީގަ އެވެ.

އަފްޣާނިސްތާނުގެ ސަލާމަތީ ހާލަތު ވޭތުވެދިޔަ ދުވަސްތަކުގައި ދަށްވުމުން، ވަރަށް ގިނަ ނުރައްކާ ހަމަލާތައް ދީފައިވެ އެވެ. އެމެރިކާ އެމްބަސީ ސަރަހައްދުން ދަތުރުކުރި ނޭޓޯގެ ވެހިކަލްތަކަކަށް މި މަހު ކުރީކޮޅު ދިން ހަމަލާއެއްގައި ވަނީ އާއްމުންގެ އަށް މީހުން މަރުވެފަ އެވެ. އެ ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ. ނަމަވެސް އެންމެ ފަހުން ހަމަލާ ދިނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.