20 ޖޫން 2016
ފުރަތަމަ ފަހަރަށް މީހަކު ފްލެޓެއް ގަންނަ އިރު ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.
ފުރަތަމަ ފަހަރަށް މީހަކު ފްލެޓެއް ގަންނަ އިރު ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި މި އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ވިދާޅުވީ ބިމާ ބެހޭ ގާނޫނުގެ ދަށުން އެއްމަދު އިމާރާތެއްގެ ފްލެޓު ވިއްކާ ހާލަތުގައި އެއީ އަލަށް މީހަކު ގަންނަ ފްލެޓެއް ނަމަ، ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭ ގޮތް ހެދުން ކަމަށެވެ.
އެއްމެދު އިމާރާތެއްގެ ފްލެޓެއް ވިއްކުމުގެ މުއާމަލާތެއްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ވެފައި ތިބި މީހުންނަށެވެ. އަދި އެއީ ފްލެޓެއް ގަންނަ ފުރަތަމަ ފަހަރު ކަމަށްވާ ނަމަ، އެ ފްލެޓު ވިއްކާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް އިސްތިސްނާވާނެ ކަމަށް އިސްލާހުގައިވެ އެވެ.
މި އިސްލާހުގައިވާ ގޮތުން އެއްމެދު އިމާރާތެއްގެ ފްލެޓެއް ގަންނަ މީހާގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބިމެއް އޮތުމަކީ އިސްތިސްނާގެ މަންފާ އެމީހަކަށް ލިބެން އޮތް ހުރަހެއް ކަމަކަށެއް ނުބެލެވޭނެ އެވެ.
ސަލީމް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން ކަމަށެވެ. މި އިސްލާހުގެ ސަބަބުން އެތައް ބަޔަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޯހިޔާވަހިކަން ނުލިބުމަކީ ރައްޔިތުންނަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއް، ހާއްސަކޮށް މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް، ރަށްރަށުގައި ފްލެޓުތަކާ އެއްޗެހި އަޅަމުން ދާއިރު ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުންނަށް ވަރަށް ބޮޑު ލުޔަކަށް [މި އިސްލާހު] ވާނީ،" ސަލީމް ވިދާޅުވި އެވެ.
ފްލެޓް ޓެކްސް އިސްތިސްނާވާ އިސްލާހު ބަލައިގެންފި
ފްލެޓަށް ޓެކްސް މައާފުވާ ގޮތަށް މަޖިލީހުން ފާސްކޮށްފި
ފުރަތަމަ ފްލެޓަށް ޓެކްސް މާފުވާ އިސްލާހު ފާސްކޮށްފި
ފްލެޓު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން: އާޒިމް
ފައިސާ ހޯދަން ބިން ބޭނުންކޮށްގެން ނުވާނެ: މެމްބަރުން
"އެމްޑީޕީ ސަރުކާރުގައި ބުނި އަގަށް ފްލެޓު ދޭންޖެހޭ"
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
4،000މީހުން ޔަގީންކުރަން ހުރިހާ ފޯމެއް ރިވިއުކުރަނީ
ރިވިއު ކުރާ ފްލެޓް ލިސްޓު އޮކްޓޯބަރުގައި އާންމުކުރަނީ
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ ސިއްރުކޮށްފި