Roadha Mihaaru
ކާޑު ހިފައިގެން ދިިޔަ ކޮޅުވެއްޓިއެއް ފަރަށް އަރައިފި

ކާޑު ހިފައިގެން ދިޔަ ކޮޅުވެއްޓިއެއް ފަރަށް އަރައިފި

29 މެއި 2017

މާލެ އިން ކާޑު ބަރުކޮށްގެން ބ. އޭދަފުއްޓަށް ރޭ ދަންވަރު ދަތުރުކުރި އެސްޓީއޯގެ ކޮޅުވެއްޓިއެއް ފަރަށް އަރައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ އިން ކާޑު ބަރުކޮށްގެން ބ. އޭދަފުއްޓަށް ރޭ ދަންވަރު ދަތުރުކުރި އެސްޓީއޯގެ ކޮޅުވެއްޓިއެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރޭ ދަންވަރު 2:30 ގައި ޓީޖެޓީ ސަރަހައްދުން ފުރައިގެން ހަ މީހުންނާ އެކު އޭދަފުއްޓަށް ދަތުރުކުރި "ކަނޑުހާ" ކޮޅުވެއްޓި އެރީ ހުވަފެންފުށީ ދެކުނު ފަރާތު ފަރަށް ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަދި ކޮޅުވެއްޓީގައި ހުރި 2،000 ބަސްތާ ކާޑަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެތަނުން ބުނިގޮތުގައި ކޮޅުވެއްޓި ފުންކުރަން އެ ސަރަހައްދަށް ޓަގެއް ފޮނުވުމުގެ މަސައްކަތް އެސްޓީއޯ އިން އަންނަނީ ކުރަމުންނެވެ.

ކާޑު ބަރުކޮށްގެން ދިޔަ ކޮޅުވެއްޓި ފަރަށް އެރިއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ވަރަށް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ބުނެފަ އެވެ.