26 މެއި 2017
ސަރުކާރުން އަލަށް ހުޅުވާލާ ހައި އެޗީވާސް ސްކޮލަޝިޕަކީ މަތީ ނަތީޖާތަކާ އެކު އޭ ލެވެލް އިމްތިހާން ނިންމާ ދަރިވަރުންނަށް ހުޅުވުނު އާ ފުރުސަތެއް ކަމަށް، އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސަރުކާރުން އަލަށް ހުޅުވާލާ ހައި އެޗީވާސް ސްކޮލަޝިޕަކީ މަތީ ނަތީޖާތަކާ އެކު އޭ ލެވެލް އިމްތިހާން ނިންމާ ދަރިވަރުންނަށް ހުޅުވުނު އާ ފުރުސަތެއް ކަމަށް، އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިއީ އޭ ލެވެލް އިން އެއް ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ އޭލެވެލްގެ ތިން މައްދާއިންނާއި އެސްއެސްސީގެ ދިވެހި އަދި އިސްލާމް މާއްދާ އިން ދަށްވެގެން އޭ ފާސް ހޯދާ ދަރިވަރުންނަށް ޚާއްސަ ސްކޮލަޝިޕް ސްކީމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް މިހާރު ލިބެނީ އޭ ސްޓާ ހޯދާ ދަރިވަރުންނަށެވެ. މިދިއަ އަހަރުގެ އޭ ލެވެލް އިން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް 38 ދަރިވަރަކަށް ލިބެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާރު ގެޒެޓްކޮށްފައިވާ ހައި އެޗީވާސް ސްކޮލަޝިޕްގެ އުސޫލާ އެއް ގޮތަށް ފުރުސަތު ލިބޭނީ، އޭ ލެވެލް އިން ދެ ވަނަ އަށް އަންނަ ކުދިންނަށެވެ. މިދިއަ އަހަރުގެ އޭ ލެވެލް އިން ދެ ވަނަ އަށް ވެސް 30 އަށް ވުރެ ގިނަ ދަރިވަރުން ދިޔަ އެވެ.
އޭ ލެވެލް އިން އެއް ވަނަ އަށް ދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕްގައި ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް ކިޔަވަން ދެވެ އެވެ.
އެކަމަކު އަލަށް ތައާރަފުކުރި ހައި އެޗީވާސް ސްކޮލަޝިޕްގައި ކިޔަވަން މައިގަނޑު ގޮތެއްގައި ކަނޑައަޅާފައި ވަނީ ސާކްގެ ގައުމުތަކެވެ. ނަމަވެސް ދަރިވަރު ކިޔަވަން ބޭނުން ކޯސް ސާކްގެ ގައުމެއްގައި ހެދެން ނެތް ނަމަ، ދުނިޔޭގެ އެންމެ މަތީ ފަންތީގައި ހިމެނޭ އޯއީސީޑީގެ ގައުމުތައް ނޫން އެހެން ގައުމަކަށް ދެވިދާނެ އެވެ. އެކަމަކު އެ ހާލަތުގައި އެ ކޯހަށް ހިނގާ ޚަރަދު ވާން ޖެހޭނީ ސާކް ގައުމެއްގައި ހަތަރު އަހަރުގެ ފުރަތަމަ ޑިގްރީ ކޯހަކަށް ކުރަން ޖެހޭ ހޭދަ އެވެ.
"އަޅުގަނޑު ދަންނަވާނީ މި ފުރުސަތުގެ ސަބަބުން އޭ ލެވެލްގެ ރަނގަޅު ނަތީޖާ ހޯދާ ކުދިންނަށް އިތުރު ހިތްވަރެއް ލިބޭނޭ،"
އޯއީސީޑީގައި ހިމެނެނީ ދުނިޔޭގެ އެންމެ ތަރައްގީ އަދި އިގުތިސާދީ ބޮޑެތި ބާރުތަކެވެ. ދެކުނު ކޮރެޔާ އާއި ޖަޕާން ފިޔަވައި އޯއީސީޑީގައި އޭޝިއާގެ އެހެން ގައުމެއް ނުހިމެނެ އެވެ.
އެޑިޔުކޭޝަންގެ އޮފިޝަލް ވިދާޅުވީ އޭ ލެވެލްގެ އެއް ވަނަ އަށް އަންނަ ދަރިވަރުންގެ ފަހަތުން ރަނގަޅު ނަތީޖާ ނެރޭ އެހެން ކުދިންނަށް ކުރިން މި ކަހަލަ ފުރުސަތެއް ނޯންނަ ކަމަށެވެ. އެހެންކަމުން މިއީ، އެއް ގޮތަކުން ބަލާއިރު، އޭ ލެވެލްގެ ދެ ވަނަ އަށް އަންނަ ދަރިވަރުންނަށް މަތީ ތައުލީމަށް ސަރުކާރުން ހުޅުވާލަދިން ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އާ ސްކޮލަޝިޕްގެ ދަށުން ކިޔެވެނީ ފުރަތަމަ ޑިގްރީއަށެވެ. އޭގެ ތެރޭގައި އެމްބީބީއެސް ވެސް ހިމެނެ އެވެ.
ގެޒެޓްކޮށްފައިވާ އުސޫލުގައިވާ ގޮތުން އާންމުކޮށް ފުރަތަމަ ޑިގްރީ ހަދަން ތިން އަހަރު ހޭދަވިޔަސް، ދަރިވަރަކު އިޚުތިޔާރުކުރާ ކޯހަށް އެއަށް ވުރެ ދިގު މުއްދަތެއް ހޭދަވާ ނަމަ ހަޔާ އެޑިޔުކޭޝަން ޑިޕާޓްމަންޓަށް ލިއުމުން ހުށަހަޅައިގެން އެކަން ހަމަޖެއްސުމުގެ ފުރުސަތު އޮވެ އެވެ.
"އަޅުގަނޑު ދަންނަވާނީ މި ފުރުސަތުގެ ސަބަބުން އޭ ލެވެލްގެ ރަނގަޅު ނަތީޖާ ހޯދާ ކުދިންނަށް އިތުރު ހިތްވަރެއް ލިބޭނޭ،" އޮފިޝަލް ވިދާޅުވި އެވެ.
ހަޔަ އެޑިޔުކޭޝަން ޑިޕާޓްމަންޓުން ގެޒެޓްކުރި އުސޫލުގައި ވެސް ބުނެފައިވާ ގޮތުގައި ހައި އެޗީވާސް ސްކޮލަޝިޕް ތައާރަފުކުރުމުގެ މަގުސަދަކީ "މަތީ ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުން، ކިޔެވުމަށް ބާރު އެޅުމާއި ރަނގަޅު ނަތީޖާ ހޯދަން ހިތްވަރު ދިނުމެ"ވެ.
"މިހާރު"ގައި އިއްޔެ ޖެހި ހަބަރެއްގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ވަނީ، މައުލޫމާތުގެ ކުށަކުން، އޮޅިފަ އެވެ. އޭގެ ސަބަބުން ކިއުންތެރިންނަށް ވެސް އޮޅުންތަކެއް އަަރައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ލިބޭ ކުދިން ބޭނުންވާ ގައުމަކުން ކިޔެވުމުގެ ފުރުސަތު ގެއްލުނުކަމަށް ގަބޫލުކުރި އެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕަކީ މުޅިން ތަފާތު ދެ ބައެކެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ލިބޭ ކުދިންނަށް ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު އޮވެ އެވެ. އެހެންކަމުން އެ ކުށަށް މައާފަށް އެދެމެވެ.
އޭ ލެވެލްގައި ދުނިޔޭގެ 1 ވަނަ ދިވެހި 6 ދަރިވަރަކަށް
ހައި އެޗީވާސް ސްކޮލަޝިޕް 36 ދަރިވަރަކަށް ދީފި
"ނަތީޖާތަކުން ތައުލީމީ ދާއިރާގެ ކުރިއެރުންތައް ފެނޭ"
އޭ ލެވެލްގެ އެއް ވަނަ: އަބަދުވެސް ކިޔަވަން މޮޅު
ތިން މާއްދާއިން އޭ ސްޓާ ހޯދައިގެން ސްކޮލަޝިޕެއް
ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ 37 ދަރިވަރުން
އައްޑޫ ހައި ސްކޫލު: އޭ ލެވެލްގައި ވަރުގަދަ ބްރޭންޑަކަށް!
އޭލެވެލް: ދުނިޔޭގެ 1 ވަނައިގައި ދިވެހި 8 ދަރިވަރެއް
ނިންމުން ބަދަލުކޮށް، ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދީފި
ޓޮޕް ޓެން ޖަލްސާ ބޭއްވުން ފަސްކޮށްފި