25 މެއި 2017
ކޮލަމްބޯ (މެއި 25) - ލަންކާގެ މުސްލިމުންގެ ތަންތަނަށާއި މިސްކިތްތަކަށް ހަމަލާ ދޭ އިރު ފުލުހުން އަޅާނުލާ ތިބޭތީ ޕާލަމެންޓުގެ އިދިކޮޅު މެންބަރުންނާއި އެކްޓިވިސްޓުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
ކޮލަމްބޯ (މެއި 25) - ލަންކާގެ މުސްލިމުންގެ ތަންތަނަށާއި މިސްކިތްތަކަށް ހަމަލާ ދޭ އިރު ފުލުހުން އަޅާނުލާ ތިބޭތީ ޕާލަމެންޓުގެ އިދިކޮޅު މެންބަރުންނާއި އެކްޓިވިސްޓުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގާނޫނީ ވަކީލެއް ކަމަށްވާ ޝިރާޒް ނޫރައްދީން ބުނީ އެޕްރީލް 16 ގެ ފަހުން މުސްލިމުންގެ ފިހާރަތަކާއި މިސްކިތްތަކަށް އަމާޒުކޮށް 15 ހަމަލާ ދީފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް އަދި އެކަކު ވެސް ހައްޔަރުކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ވިކްޓާ އިވާން ބުނީ ގާނޫނު ތަންފީޒު ކުރަން ފުލުހުން ނުކުޅެދުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ގާނޫނު ނެގެހެއްޓުން ފޭލްވެފައިވާ ކަމަށް އޭނަ ބުންޏެވެ.
ޖަނަތާ ވިމުކްތީ ޕެރަމުނާ (ޖޭވީޕީ) ގެ ލީޑަރު އަނޫރާ ޑިސަނައިކަ ވަނީ މިސްކިތްތަކަށް ދޭ ހަމަލާތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ނުކުޅެދުމުން ފާޑު ކިޔައިފަ އެވެ.
އެކަމަކު ސަރުކާރުގެ ވަޒީރެއް ކަމަށްވާ މާނޯ ގަނެސަން ވިދާޅުވީ މުސްލިމުން ވިޔަފާރި ކުރާ ތަންތަނަށާއި މިސްކިތްތަކަށް ހަމަލާ ދޭ ކަމަށް ބުނުމަކީ ސަރުކާރާ ދެކޮޅަށް ރާވައިގެން ބަޔަކު ދައްކާ ވާހަކައެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް އޭނާ ގޮވާލެއްވި އެވެ.
މާލޭގައި ބަނގުރާ ވިއްކާ ލަންކާގެ ދެމީހަކު ޑީޕޯޓްކުރަނީ
މިސްކިތަކުގައި ހުރި ހަތިމުތައް އުކާލި މީހާ ހައްޔަރު
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ހަތިމުތައް އުކާލައި ފުރުގާން މިސްކިތަށް ގެއްލުން ދީފި
ނަމާދަށް ހުރި އިމާމަށް ހަމަލާދޭން އުޅެނިކޮށް ހައްޔަރު
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
އީދު މިސްކިތުން އަނެއްކާވެސް ވައްކަންކޮށްފި
މިސްކިތަށް ވަދެ ބަރަހަނާވުމުން އަނެއްކާވެސް ހައްޔަރު
މާލޭ މިސްކިތެއްގެ ދޮރުގައި ރޯކުރަން މަސައްކަތްކޮށްފި
މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލަ