Roadha Mihaaru

ލިލީމަގުގެ މަތީގައި އޮރެންޖު ކުޑަތަކެއް!؟

ލިލީ މަގަށް މިއަދު އެރިން ހެއްޔެވެ؟ މިއަދު އިރުއެރުމާ އެކު ފެނުނީ އަމީނިއްޔާ ސްކޫލާއި ދާރުލްއާސާރާ ދެމެދު ލިލީމަގުގެ މަތީގައި އެލުވާފައި ހުރި އޮރެންޖު ކުލައިގެ ކުޑަތަކެކެވެ. މިއީ މާލޭގެ މަގަކުން މީގެ ކުރިން ފެނުނު މަންޒަރެއް ނޫނެވެ. ގިނަ ބަޔަކަށް ވަރަށް ހިތްގައިމެވެ.

ލިލީމަގުގެ މަތީގައި އޮރެންޖު ކުޑަތަކެއް!؟
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

24 މެއި 2017

ލިލީ މަގަށް މިއަދު އެރިން ހެއްޔެވެ؟ މިއަދު އިރުއެރުމާ އެކު ފެނުނީ އަމީނިއްޔާ ސްކޫލާއި ދާރުލްއާސާރާ ދެމެދު ލިލީމަގުގެ މަތީގައި އެލުވާފައި ހުރި އޮރެންޖު ކުލައިގެ ކުޑަތަކެކެވެ. މިއީ މާލޭގެ މަގަކުން މީގެ ކުރިން ފެނުނު މަންޒަރެއް ނޫނެވެ. ގިނަ ބަޔަކަށް ވަރަށް ހިތްގައިމެވެ.

އެކަމަކު މިއީ ކޮން ބަޔަކު، ކީއްކުރަން އެލުވާފައި ހުރި ކުޑަތަކެއް ހެއްޔެވެ؟

"މިއީ ދިރާގުން ކޮށްގެން އުޅޭ ކަމެއް. އަޅެ އަހާބަލަ އެ މީހުން ކައިރީ،" ކުޑަތަކަށް ބަލަން ހުރި މީހެއް ކައިރީ އަހާލުމުން ބުންޏެވެ.

ލިލީމަގުގައި އަމީނިއްޔާއާ ދިމާލުގައި، ބަރިއަކަށް ހަތަރު ކުޑަ ވާ ގޮތަށް 48 ކުޑަ އެލުވާފައި ހުއްޓެވެ. ވިއްސާރަ މި މޫސުމުގައި އުޑުމަތި ބަނަކޮށްލާފައި އޮންނައިރު، ކުޑަތައް އެލުވާފައި ހުރުމުން، އެ ސަރަހައްދަށް އޮންނަނީ އޮރެންޖު ކުލައެއް ވެރިވެފަ އެވެ.

ލިލީމަގުގައި އެލުވާފައި ހުރި އޮރެންޖު ކުޑަތައް-- ފޮޓޯ-- ހުސެން ވަހީދު/ މިހާރު

ލިލީމަގުގައި އެލުވާފައި ހުރި އޮރެންޖު ކުޑަތައް-- ފޮޓޯ-- ހުސެން ވަހީދު/ މިހާރު

"ތަންކޮޅެއް ގިނައިން ކުޑަ އެލުވާލި ނަމަ ދޯ! ކިހާ ރީތި!،" މަންޒަރު ބަލަން މަޑުކޮށްލައިގެން ހުރި އެހެން މީހަކު ބުންޏެވެ.

މިގޮތަށް މަގުމަތީގައި ކުޑަ އެލުވަން އެންމެ މަޝްހޫރީ ޕޯޗުގަލް މީހުންނެވެ. އެ ގައުމުގެ އަގުއޭޑާގައި ބާއްވާ އާޓް ފެސްޓިވަލެއްގައި ކޮންމެ ޖުލައި މަހަކު މިގޮތަށް އެތައް ސަތޭކަ ކުޑައެއް އެލުވަ އެވެ. އެއީ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބޭ ހިތްގައިމު މަންޒަރެކެވެ.

މި ދުވަސްވަރު މާލޭގެ އެކި ތަންތަނުން، އެކި ގޮތްގޮތަށް އޮރެންޖު ކުލަ ދަނީ ފެންނަމުންނެވެ. އޮރެންޖު ކުލައިގެ ހެދުމެއް ލައިގެން، އެ ކުލައިގެ ތޮތްޕާއި އައިނާއި ވިގު ފަދަ ތަކެތި އަޅައިގެން ތިބޭ މީހުން ވެސް މަގުމަތިން ފެނިދާނެ އެވެ.

ލިލީ މަގުގައި އެލުވާފައި ހުރި އޮރެންޖު ކުޑަތަކެއް: މިއީ ކޮން ބަޔަކު ހަރުކޮށްފައި ހުރި ކުޑަތަކެއް ކަމެއް ނޭނގޭ-- ފޮޓޯ-- ހުސެން ވަހީދު/ މިހާރު

ލިލީ މަގުގައި އެލުވާފައި ހުރި އޮރެންޖު ކުޑަތަކެއް: މިއީ ކޮން ބަޔަކު ހަރުކޮށްފައި ހުރި ކުޑަތަކެއް ކަމެއް ނޭނގޭ-- ފޮޓޯ-- ހުސެން ވަހީދު/ މިހާރު

ދިރާގުން ގެންދަނީ ވަޓްސްނެކްސްޓްއެމްވީ ޖަހައިގެން ޕްރޮމޯޝަން ކެމްޕޭނެއް ސޯޝަލް މީޑިއާގައި ވެސް ކުރަމުންނެވެ. ބައެއް މީހުން ބުނަނީ ދިރާގުގެ ރަސްމީ ރަތް ކުލަ އޮރެންޖު ކުލައަށް ބަދަލުކޮށްލަނީ ކަމަށެވެ. އެކަމަކު ގިނަ ބަޔަކު އަދިވެސް ތިބީ ވާނުވާ ނޭނގިފަ އެވެ.