Roadha Mihaaru
ހިތަދު އަށް ނަގޫރޯޅިއެއް އަރައި ގެއްލުންތަކެއްވެއްޖެ

ހިތަދޫ އަށް ނަގޫރޯޅިއެއް އަރައި 12 ގެއެއްގެ ފުރާޅު އެއްލާލައިފި

17 މެއި 2017

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތަދު އަށް މިރޭ ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތަދު އަށް މިރޭ ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ފުލުހުން ބުނީ ހިތަދޫގެ ދެކުނު ސަރަހައްދަށް އެރި ނަގޫރޯޅީގައި 12 ގެއެއްގެ ފުރާޅު އެއްލާލައި، އެ ގެތަކުގައި މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށެވެ.

ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ނަގޫރޯޅި އެރީ މިރޭ 10 ޖަހާކަންހައިރެވެ. މި ނަގޫރޯޅީގެ ސަބަބުން ހިތަދޫގެ ބޮޑުމަގުގެ ބައެއް ގެތަކަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.

އެގޮތުން ގެތަކެއްގެ ފުރާޅު އެއްލާލައި، ފާރުތައް ބިމާ ހަމަވެ، ގެއެއްގެ ގޯތިތެރޭގައި ހުރި ބޮޑު ގަހެއް ވެސް ވެއްޓި ގެއްލުންތަކެއްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި ނަގޫރޯޅި އެރި ސަރަހައްދުގެ ގެތަކުން މިހާރު ވަނީ ވަގުތީ ގޮތުން ރަށްކަލަކަށްޓަކައި ކަރަންޓް ވެސް ކަނޑާލައިފަ އެވެ.