17 މެއި 2017
މޯހަން ބަގާން އަތުން 3-1 އިން ބެންގަލޫރު އެފްސީ ބަލިވުމުން މާޒިޔާ އަށް އޭއެފްސީ ކަޕް ގްރޫޕް އީގެ އެއް ވަނަ ލިބިއްޖެ އެވެ.
މޯހަން ބަގާން އަތުން 3-1 އިން ބެންގަލޫރު އެފްސީ ބަލިވުމުން މާޒިޔާ އަށް އޭއެފްސީ ކަޕް ގްރޫޕް އީގެ އެއް ވަނަ ލިބިއްޖެ އެވެ.
މާޒިޔާ ވަނީ މިއަދު މާލޭގައި 2-0 އިން އަބަހާނީ ޑާކާ ލިމިޓެޑްގެ މައްޗަށް ކުރިހޯދައިފަ އެވެ. މާޒިޔާ ގްރޫޕް އެއް ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބެންގަލޫރަށް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ބަގާން ތިން ވަނައިގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް އަބަހާނީ އަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.
މި ޒޯނުގެ ގްރޫޕްތަކުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ލިބޭނީ އެއް ވަނަ ދާ ޓީމަށެވެ. މާޒިޔާ ގްރޫޕްގެ ފަހު މެޗުގައި މި މަހު 31 ވަނަ ދުވަހު ބެންގަލޫރުގައި އެ ޓީމު އަތުން ބަލިނުވެ ފަރުޖައްސާލައިފިނަމަ އަނެއް ބުރުގެ ޖާގަ ޔަގީންވާނެ އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި މިހާތަނަށް ދެވިފައިވާ ރާއްޖޭގެ ހަމައެކަނި ކްލަބަކީ ނިއު ރޭޑިއަންޓެވެ.
މިރޭ ކަލްކަތާގައި ކުޅުނު މެޗުގައި ބެންގަލޫރު ކޮޅަށް ބަގާންގެ ލަނޑުތައް ކާމިޔާބުކުރީ ޖޭޖޭ ލާލްޕެކްލުއާ އާއި ކީން ލެވިސް އަދި ބަލްވަންތު ސިންގް އެވެ. ބެންގަލޫރުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ސެމިނިއެން ޑޮންގެލް އެވެ.
ފަހު ވަގުތު އިންޑިއާގެ އައި ލީގު ގެއްލުމުން ބަގާން އެންމެ ފަހުން މި މުބާރާތުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތްއިރު އެ ޓީމު އޮތީ ވަރަށް ބޮޑަށް ފޯމު ގެއްލިފަ އެވެ. އެހެން ކަމުން އެ ޓީމަށް އެ މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކި 5-2 އިން ބަލިވި އެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި އެ ޓީމުން ވަނީ ބެންގަލޫރާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އަމާޒަށް ވާސިލްނުވިޔަސް މާޒިޔާ އެއް ފިޔަވަޅު ކުރިއަށް!
މާޒިޔާ އަށް ތައުރީފް ހައްގު: ބެންގަލޫރު ކޯޗު
މިއީ އިންސާފުވެރި ނަތީޖާއެއް ނޫން: ސެކުލޮސްކީ
މާޒިޔާ އަށް ދެ ވަނަ ބުރުގެ ފުރުސަތު ގެއްލިއްޖެ
"މާޒިޔާ އަށް ތާރީހުން ޖާގަ ހޯދައިދޭން ބޭނުން"
ބޮޑު މެޗަށް އަސަދުﷲ ފިޓްވެ މާޒިޔާއަށް ހިތްހަމަޖެހުމެއް
"ކުޅުންތެރިންނަށް ފުރިހަމަ އަށް އިހުތިރާމްކުރަން"
އަބަހާނީ ބަލިކޮށް މާޒިޔާ އިން ފުރުސަތު ބޮޑުކޮށްފި
ފުރުސަތު ދަމަހައްޓަން އަބަހާނީ ބަލިކުރަންޖެހޭ: އަސަދުﷲ
"މިއީ އަނެއް ބުރަށްދާން މަސައްކަތް ފަށަންވީ ވަގުތު"