Roadha Mihaaru
ނަހުލާގެ "ބޮސް" އޮކްޓޯބަރު 24 ގައި ސްކްރީނަށް

ނަހުލާގެ "ބޮސް" އޮކްޓޯބަރު 24 ގައި ސްކްރީނަށް

17 މެއި 2017

ފާތުމަތު ނަހުލާ ލިޔެ، ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ޑައިރެކްޓް ކުރާ ލޯބީގެ ފިލްމް "ބޮސް" އަންނަ އޮކްޓޯބަރު މަހުގެ 24 ގައި ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާތުމަތު ނަހުލާ ލިޔެ، ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ޑައިރެކްޓް ކުރާ ލޯބީގެ ފިލްމް "ބޮސް" އަންނަ އޮކްޓޯބަރު މަހުގެ 24 ގައި ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ހަދާ މި ފިލްމުގެ ޝޫޓިން އަންނަ މަހުގެ 13 ގައި ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްތާރީތައް މިހާރުވެފައިވާ ކަމަށް ނަހުލާ ބުންޏެވެ.

އޭނާ ބުނީ "ބޮސް" ގެ މަސައްކަތް ފަށާ އިރު، ފިލްމުގެ މައިގަނޑު ކާސްޓަށް ބަދަލު އައުން ވަރަށް ގާތް ކަމަށެވެ.

"ބޮސް" ގެ ލީޑް ރޯލަށް ކުރިން ހަމަޖައްސާފައި އޮތީ ރިޝްމީގެ ކޮއްކޮ އަދި މިހާރު އެންމެ ވިދާ ބަތަލާ މަރިޔަމް އައްޒަ އާއި އިބްރާހީމް ޖިހާދު (ޖިމީ) ގެ އިތުރުން ފާތުމަތު އާޒިފާ (އަޒޫ) އަދި ފިލްމީ ދާއިރާ އަށް އަލަށް ތައާރަފު ކުރާ އެކްޓަރެކެވެ.

ނަހުލާ ބުނީ ކާސްޓަށް ބަދަލުތަކެއް ގެންނަން ނިންމީ "ބޮސް" ގެ ސްކްރިޕްޓް ކިޔާފައި ރިޝްމީ ކާސްޓަށް ބަދަލުތަކެއް ގެންނަން ރެކޮމެންޑްކޮށްފައިވާތީ ކަމަށެވެ.

"މި ސްކްރިޕްޓަކީ ވަރަށް ކެރެކްޓާ ރޯލްތަކެއް ކުޅެން ޖެހޭ އަދި ވަރަށް އަސަރުގަދަ ލޯބީގެ ފިލްމަކަށް ވާތީ، އެވަރުގެ އެކްޓިންތަކެއް ދެއްކޭނެ ވަރުގެ ބަޔަކު ފިލްމަށް ގެންނަން ބޭނުން ވަނީ ވެސް،" މިދިޔަ އަހަރު ބިރުވެރި ފިލްމް "4426" ގެނެސް ދިން ޕްރޮޑިއުސަރު ބުންޏެވެ. "ފިލްމް ހަދަން ލިބިފައި މިއޮތް ޓައިމަށް ބަލާ އިރު، ވަރުގަދަ އެކްޓަރުންތަކެއް ލައިގެން މި ފިލްމް ބޭނުންވާ ގޮތަށް، ބޭނުންވާ ފެންވަރަށް ނިންމޭނީ ވެސް."

"މި ސްކްރިޕްޓަކީ ވަރަށް ކެރެކްޓާ ރޯލްތަކެއް ކުޅެން ޖެހޭ އަދި ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމަކަށް ވާތީ، އެވަރުގެ އެކްޓިންތަކެއް ދެއްކޭނެ ވަރުގެ ބަޔަކު ފިލްމަށް ގެންނަން ބޭނުން ވަނީ ވެސް،"

އެހެންވެ ފިލްމަށް ކުރިން ހަމަޖެއްސި ބައެއް ކާސްޓުން ފެނުމާއި ނުފެނުން މިހާރު އޮތީ ސުވާލު މާކެއްގެ ތެރޭގެ އެވެ. އެހެން ނަމަވެސް އައްޒަ "ބޮސް" އިން ފެންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ނުވަދިހަ ޕަސަންޓް ރިސޯޓެއްގައި ޝޫޓް ކުރާ ފިލްމުގެ ލޮކޭޝަން ފައިނަލް ކުރުމުގެ މަސައްކަތް ވެސް ނަހުލާ މިހާރު އަންނަނީ ކުރަމުންނެވެ. ދާދި ފަހުން އޭނާ ވަނީ ލޮކޭޝަން ހޯދަން ރިސޯޓެއް ވެސް ބަލައިފަ އެވެ.

"ޖޫން ތޭރާގައި ޝޫޓިން ފެށުމަށް ފަހު، ސާޅީސް ފަސް ދުވަހުގެ ތެރޭގައި އެއްކޮށް ފިލްމުގެ ޝޫޓިން އެއްކޮށް ނިންމައިލެވޭނެ،" އޭނާ ބުންޏެވެ.

އަމިއްލަ ރާގުގެ ފަސް ލަވަ ހިމެނޭ "ބޮސް" ގެ ރާގުތައް ހަދަނީ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އާއި އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި އަބްދުﷲ އަބްދުލް ފައްތާހް (ފަތޯ) ގެ އިތުރުން ހުސައިން ސޮބާހެވެ.

ނަހުލާ އާއި ރިޝްމީ: "ބޮސް" އަކީ ނަހުލާ ޕްރޮޑިއުސްކޮށް، ރިޝްމީ ޑައިރެކްޓް ކުރާ ފިލްމެއް.

ނަހުލާ އާއި ރިޝްމީ: "ބޮސް" އަކީ ނަހުލާ ޕްރޮޑިއުސްކޮށް، ރިޝްމީ ޑައިރެކްޓް ކުރާ ފިލްމެއް.

ލަވަތަކުގެ ޅެންތައް ހަދަނީ ނަހުލާގެ ފިލްމްތަކަށް އާންމުކޮށް ޅެންތައް ހަދާ މައުސޫމް ޝޫކިރާ އާދަމް ހަލީމް އަދުނާނެވެ.

"ބޮސް" އަކީ ނަހުލާ ލިޔެ، ޕްރޮޑިއުސްކޮށްގެން ބެލުންތެރިންނާ ހަމައަށް 2013 ގައި ގެނެސް ދިން "މި ހަށިން ފުރާނަދަންދެން" އަށް ފަހު، އެހެން މީހަކު ލައްވައި އޭނާ ޑައިރެކްޓް ކުރުވާ ފުރަތަމަ ފިލްމެވެ.

ނިއުމާ މުހައްމަދާއި އަލީ ސީޒަން އަދި މުހައްމަދު މަނިކް ލީޑް ރޯލް ކުޅުނު "މި ހަށިން ފުރާނަދަންދެން" ޑައިރެކްޓް ކުރީ ރަވީ ފާރޫގެވެ.

"ބޮސް" އަކީ 2010 ގައި ރިލީޒް ކުރި ރިޝްމީގެ އާއިލީ ފިލްމް ކުންފުނި ޔާރާގެ "ފަނާ" އަށް ފަހު، އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމެވެ.