Roadha Mihaaru
އަޒޫއަކީ ވަރަށް މޮޅު ބަތަލާއެއް: ނަހުލާ

އަޒޫ ވަރަށް މޮޅު، "ބޮސް" އިން މޮޅު އެކްޓިންއެެއް ފެންނާނެ: ނަހުލާ

03 ސެޕްޓެމްބަރ 2017

މި އަހަރުގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ފާތުމަތު ނަހުލާގެ "ބޮސް" އަކީ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ފިލްމެވެ. އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ފިލްމުގެ އެންމެ ލަވައެއް ފިޔަވައި، އެހެން ހުރިހާ މަންޒަރެއް މިހާރު ވަނީ ނަގައި ނިންމައިފަ އެވެ. އަދި ފިލްމްގެ ވަރަށް ބޮޑު ބައި އޮތީ އެޑިޓް ކޮށް ވެސް ނިމިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ފާތުމަތު ނަހުލާގެ "ބޮސް" އަކީ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ފިލްމެވެ. އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ފިލްމުގެ އެންމެ ލަވައެއް ފިޔަވައި، އެހެން ހުރިހާ މަންޒަރެއް މިހާރު ވަނީ ނަގައި ނިންމައިފަ އެވެ. އަދި ފިލްމްގެ ވަރަށް ބޮޑު ބައި އޮތީ އެޑިޓް ކޮށް ވެސް ނިމިފަ އެވެ.

ނަހުލާގެ ސްކްރީންޕްލޭއަކަށް، އޭނާ ޕްރޮޑިއުސް ކުރާ ފިލްމުގެ ކާސްޓުންނަށް ބަލާ އިރު، މި ފިލްމުގެ އެއް ބަތަލާއަކީ ފާތުމަތު އާޒިފާ (އަޒޫ) އެވެ. މިއީ ނަހުލާގެ ފިލްމެއްގައި އޭނާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ވެސް ބައެއް ފިލްމްތައް ކުޅެފައިވާ އަޒޫއާ ބެހޭ ގޮތުން ނަހުލާ ދައްކަން ހުރި ވާހަކަތަކަކީ މިއެވެ؛ އޭނާ ބުނަނީ އަޒޫއަކީ ފިލްމި ދާއިރާގައި މިހާރު ތިބި ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި އެއް، ބަތަލާ ކަމަށެވެ. އަދި އަޒޫއަކީ އެކްޓިން ހުނަރު ހުރި ބަތަލާއެއް ކަމަށް ބުންޏެވެ.

ފިލްމް "ބޮސް" ގެ މަންޒަރެއްގައި އަޒޫ އާއި ޖިމީ.

ފިލްމް "ބޮސް" ގެ މަންޒަރެއްގައި އަޒޫ އާއި ޖިމީ.

"އަޒޫގެ އެބަހުރި ވަރަށް ކޮލިޓީ. އަހަންނަށް މިހާތަނަށް ފާހަގަ ކުރެވުނު އެއް ކަމަކީ އަޒޫއަކީ ވަރަށް މޮޅަށް ފޭޝަލް އެކްސްޕްރެޝަން ގެންނަ އަދި ލޮލުގެ ހަރަކާތްތަކުން ވަރަށް ރީތިކޮށް، ފުރިހަމަކޮށް އިހުސާސްތައް ގެނުވައިދޭ ބަތަލާއެއްކަން،" އައިޝަތު ރިޝްމީއާ ޑައިރެކްޝަން ހަވާލުކޮށްގެން ހަދާ ފިލްމާ ބެހޭ ގޮތުން ނަހުލާ ބުންޏެވެ.

އޭނާ ބުނީ މީގެ ކުރިން އަޒޫއާ އެކު މަސައްކަތް ކުރެވިފައި ނެތުމުން، އަޒޫގެ އަސްލު ހުނަރު އަމިއްލަ އަށް ތަޖުރިބާ ކުރެވިފައި ނެތީ ކަމަށެވެ.

ފިލްމް "ބޮސް" ގެ ޝޫޓިންގައި އަޒޫ، ރިޝްމީއާ އެކު.

ފިލްމް "ބޮސް" ގެ ޝޫޓިންގައި އަޒޫ، ރިޝްމީއާ އެކު.

"އަހަރެން އެކުގައި މަސައްކަތްކޮށްލަން ބޭނުންވެފައި ހުރި އެކަމަކު ކުރިން އެ ފުރުސަތު ނުލިބި ހުރި ބަތަލާއެއް އަޒޫއަކީ. ބޮސް އިން އެ ފުރުސަތު ލިބުނީމަ ވަރަށް ހިތްހަމަޖެހިފައި ހުރީ،" ނަހުލާ ބުންޏެވެ. "އަޒޫގެ ވަރަށް ފުރިހަމަ އަދި މުހިއްމު ރޯލެއް ބޮސްއިން ފެނިގެން ދާނެ."

"ބޮސް" ގައި އަޒޫ ފެނިގެން ދާނީ އިބްރާހީމް ޖިހާދު (ޖިމީ) އާއި މަރިޔަމް އައްޒަ އަދި އަލަށް ތައާރަފުވާ މުހައްމަދު ޔުނާން އާއި އަލީ އާޒިމް (ދޮންއައްޔަ) އާ އެކުގަ އެވެ.

"ބޮސް" ގެ ލޯންޗިން ހަފުލާގައި އަޒޫ، ރިޝްމީ، ނަހުލާ އަދި އައްޒައާ އެކު.

"ބޮސް" ގެ ލޯންޗިން ހަފުލާގައި އަޒޫ، ރިޝްމީ، ނަހުލާ އަދި އައްޒައާ އެކު.

ދާދި ދަހުން ރިލީޒް ކުރި "ނޯޓީ 40" ގައި ވެސް މުހިއްމު ރޯލެއް ކުޅެފައިވާ އަޒޫ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 27 ގައި ރިލީޒް ކުރާ "ނޭދެން ވަކިވާކަށް" އިންނެވެ. މި ފިލްމުގައި އޭނާއާ އެކު ލީޑް ރޯލް ކުޅެފައި ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޖާދުﷲ އިސްމާއީލް (ޖާދު) އެވެ.

އަޒޫ މީގެ ކުރިން ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި "އާދޭސް"، "24 ގަޑިއިރު" އަދި "ރަންދަރި" އާއި "ރާނީ" ފާހަގަކޮށްލެވެ އެވެ.