19 ސެޕްޓެމްބަރ 2017
އަންނަ މަހުގެ 31 ގައި ރިލީޒް ކުރާ ކްރިސްޓަލް އެންޓަޓައިންމަންޓްގެ ފިލްމް "ބޮސް" ގެ ލަވަތައް ސައުންޑްކުލައުޑަށް ލާއިރަށް އޭގެ ތެރެއިން ބައެއް ލަވަތައް ނަގަމުން އަންނަ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ބުނެފި އެވެ.
އަންނަ މަހުގެ 31 ގައި ރިލީޒް ކުރާ ކްރިސްޓަލް އެންޓަޓައިންމަންޓްގެ ފިލްމް "ބޮސް" ގެ ލަވަތައް ސައުންޑްކުލައުޑަށް ލާއިރަށް އޭގެ ތެރެއިން ބައެއް ލަވަތައް ނަގަމުން އަންނަ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ބުނެފި އެވެ.
އޭނާ ބުނި ގޮތުގައި، ސައުންޑްކްލައުންޑުން އަންނަ މެސެޖަކާ އެކު ބުނަނީ މި ވަގުތަށް ލަވަތައް ނަގަނީ ކޮޕީރައިޓްގެ އުސޫލްތަކާ ފުށުއެރުންތަކެއް ހުންނާތީ ކަމަށެވެ.
"މެސެޖް ފޮނުވާފަ ސައުންޑްކްލައުޑުން ލަވަތައް ނަގަނީ. ދެން އަނެއްކާ އަހަރެމެން އެއަށް ލިޔެގެން ލަވަތައް [އަލުން] ލަނީ،" ނަހުލާ ބުންޏެވެ.
ނަމަވެސް "ބޮސް"ގެ ހުރިހާ ލަވަތަކަކީ އަމިއްލަ ރާގުގެ ލަވަތަކަށްވާތީ ކޮޕީރައިޓްގެ މައްސަލަ ދިމާވެގެން ނުވާނެ ކަމަށް ނަހުލާ ބުންޏެވެ. އޭނާ ބުނީ މި މައްސަލަ ބޮޑުވެގެން މިހާރު އިކޮނޮމިކް މިނިސްޓްރީގައި ލަވަތަކުގެ ކޮޕީރައިޓްސް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
"ބޮސް" ގައި ހިމެނޭ އަމިއްލަ ރާގުގެ ހަ ލަވަ އެންމެ ފުރަތަމަ ސައުންޑްކްލައުޑަށްލީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
"މަށަށް ހީވަނީ ވިއުސް ގިނަ ވިޔަ ނުދޭން ބަޔަކު ކުރާ ކަމެއްހެން މިއީ،" ނަހުލާ ބުންޏެވެ.
"ބޮސް" ގެ ލަވަތަކުގެ މިއުޒިކް ހަދާފައި ވަނީ އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ)، މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ)، އަބްދުﷲ އަބްދުލް ފައްތާހް (ފަތޯ)، މިސްޓީ އަދި މުނާޒްގެ އިތުރުން ހުސައިން ސޮބާހެވެ.
ލަވަތަކުގެ ޅެންތައް ހަދާފައި ވަނީ އާދަމް ހަލީމް އަދުދާނާއި ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ފިލްމްތަކަށް އާންމުކޮށް އެންމެ ގިނައިން ޅެންތައް ހަދައިދޭ މައުސޫމް ޝާކިރެވެ.
"ބޮސް" ގެ ޓްރެއިލާ.
ނަހުލާގެ އަސަރު ގަދަ ލޯބީގެ ވާހަކައަކަށް، އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ "ބޮސް" ގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ މުހައްމަދު ޔުނާންއާ އެކު މަރިޔަމް އައްޒަ އެވެ.
"ބޮސް" އާއި "4426" އަލުން އޮލިމްޕަހަށް
ކުރިއަށް އޮތީ "ބޮސް"ގެ ވަދާއީ ދެ ޝޯ
"ބޮސް" އިން ބެލުންތެރިން ރޮއްވާލައި، ނަހުލާ ހެވިފައި
"ބޮސް"ގެ ތީމް ލަވަތައް ރިލީޒްކޮށްފި
"ބޮސް" ގެ ޓިކެޓް ވިއްކަން ފަށައިފި
އަޒޫއަކީ ވަރަށް މޮޅު ބަތަލާއެއް: ނަހުލާ
"ބޮސް" ބެލުންތެރިން ރޮއްވާލާނެ: ނަހުލާ
ނަހުލާގެ "ސޮރީ" ގެ ލަވަތައް ނިންމާލައިފި
ސޮރީ، އަންނަ އަހަރަށް ފަސްކޮށްފި
ނަހުލާގެ ފޭނުންނަށް "ސޮރީ"