10 އެޕްރީލް 2017
ފާތުމަތު ނަހުލާ ލިޔެ، ޕްރޮޑިއުސް ކުރާ ލޯބީގެ ފިލްމު "ބޮސް" ޑައިރެކްޓްކޮށް ދޭން ލިބުނު ފުރުސަތު ބޭނުންކުރާނެ ކަމަށް ބަތަލާ ރިޝްމީ ބުނެފި އެވެ.
ފާތުމަތު ނަހުލާ ލިޔެ، ޕްރޮޑިއުސް ކުރާ ލޯބީގެ ފިލްމު "ބޮސް" ޑައިރެކްޓްކޮށް ދޭން ލިބުނު ފުރުސަތު ބޭނުންކުރާނެ ކަމަށް ބަތަލާ ރިޝްމީ ބުނެފި އެވެ.
ނަހުލާގެ މި ފިލްމު ޑައިރެކްޓްކޮށް ދޭން ރިޝްމީ އަށް ހުށަހެޅީ އޭނާގެ އާއިލީ ފިލްމު ކުންފުނި ޔާރާ ޕްރޮޑަކްޝަނުން އުފެއްދި "ވިޝްކާ"ގެ ޕްރިމިއާގެ ހަވާސާގައި ކަމަށްވެ އެވެ.
ރިޝްމީ ބުނީ "ބޮސް" ގެ ޑައިރެކްޝަނާ ހަވާލުވީ، ނަހުލާއާ އެކު މަސައްކަތްކޮށްލަން އަނެއްކާވެސް ފުރުސަތެއް ލިބުމުން، އެ ފުރުސަތު ދޫކޮށްލަން ބޭނުން ނުވާތީ ކަމަށެވެ.
ރިޝްމީ ވަނީ މީގެ ކުރިން ނަހުލާއާ ގުޅިގެން 13 އެޕިސޯޑްގެ ޑްރާމާއެއް ޑައިރެކްޓްކޮށްފަ އެވެ. އެއީ އޭނާ މުހިއްމު ރޯލެއް ވެސް ކުޅުނު "ވަކިވުމުގެ ކުރިން" އެވެ.
"ބޮސްއަކީ ނަހުލާގެ ސްކްރިޕްޓަކަށް ވެފައި، މީގެ ކާސްޓާ ދޭތެރޭ ވެސް އަސްލު ވަރަށް ހިތްހަމަޖެހޭތީ ޑައިރެކްޝަނާ ހަވާލުވާން ނިންމީ،" ރިޝްމީގެ ކޮއްކޮ މަރިޔަމް އައްޒަ ބަތަލާގެ ރޯލް ކުޅޭ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
"އަނެއްކާ މި ފިލްމުން އާ އެކްޓަރަކު ފިލްމީ ދާއިރާ އަށް ތައާރަފުވެގެން ދާތީ އެ ވެސް އަސްލު ވަރަށް ލުކްފޯވާޑް ކުރާ ކަމެއް. އުންމީދު ކުރަނީ ވަރަށް ސްމޫތުކޮށް މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެ ކަމަށް."
"އަސްލު ވަރަށް ޒަމާންކޮށްފައި ފިލްމެއް ޑައިރެކްޓް ކުރަން މި ނިކުންނަނީ. އެހެންވެ ވަރަށް ތައްޔާރުވެގެން މިކަން ކުރަން ނިކުންނާނީ،"
"ބޮސް" ގެ ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ) ހިމެނެ އެވެ. އަދި ބަތަލާ ފާތުމަތު އާޒިފާ (އަޒޫ) އަށް ވެސް ފިލްމުގެ މުހިއްމު ރޯލެއް ވަނީ ހުށަހަޅައިފަ އެވެ.
ރޯދައިގެ ފަހުން ޝޫޓިން ފަށަން ހަމަޖައްސާފައިވާ އިރު "ބޮސް" ސިނަމާ އަށް އަންނާނެ ކަމަށް ބެލެވެނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ގެނެސްދޭ މި ފިލްމްގެ ޝޫޓިން އަށް ނަގާނީ މަހެއްހާ ދުވަސް ކަމަށްވެ އެވެ.
ރިޝްމީ ބުނީ ހަތް އަހަރު ފަހުން ފީޗާ ފިލްމެއްގެ ޑައިރެކްޝަނަކާ ހަވާލުވި އިރު، ވަރަށް ރަނގަޅަށް ފިލްމަށް ތައްޔާރު ވާނެ ކަމަށެވެ.
އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2010 ގައި ރިލީޒް ކުރި ޔާރާގެ "ފަނާ" އެވެ.
"އަސްލު ވަރަށް ޒަމާންކޮށްފައި ފިލްމެއް ޑައިރެކްޓް ކުރަން މި ނިކުންނަނީ. އެހެންވެ ވަރަށް ތައްޔާރުވެގެން މިކަން ކުރަން ނިކުންނާނީ. ޑައިރެކްޝަނާ ދުރުގައި ހުރި ނަމަވެސް، ޓިޕްސް ހޯދުން ކަހަލަ ކަންކަން އަބަދު ވެސް ކުރަން،" ކުރިން ނެރުނު "ހުކުރު ވިލޭރޭ" ވެސް ޑައިރެކްޓް ކުރި ބަތަލާ ބުންޏެވެ.
"ބޮސްގެ ޑައިރެކްޝަނާ ހަވާލުވިކަން އެނގިގެން ވިޝްކާގެ ޑައިރެކްޓަރު ރަވީގެ ފަރާތުން ވެސް ވަރަށް ޓިޕްސް ލިބޭ މިހާރު. ކޮންމެ ވަގުތެއްގައި ވެސް ރިޝްމީ ހެލްޕެއް ބޭނުން ކަމަށް ވަންޏާ ރަވީގެ ފަރާތުން އެ ސަޕޯޓް ލިބޭނެ ކަމަށް ބުނެފައި އެބަ އޮތް. އެހެންވެ އެ ވެސް އަސްލު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ދެން ނަހޫއާ އެކު ވަރަށް ރަނގަޅަށް މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެކަމާ ދޭތެރޭ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް."
ނަހުލާ ބުނީ "ބޮސް" ހަދަން ނިންމި ހިސާބުން ވެސް އޭގެ ޑައިރެކްޝަން ހަވާލުކުރަން ބޭނުންވީ ރިޝްމީއާ ކަމަށެވެ. އަދި ރިޝްމީއާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް ބުންޏެވެ.
"ބޮސް"ގެ ތީމް ލަވަތައް ރިލީޒްކޮށްފި
"ބޮސް"ގެ ޓްރެއިލާ: ރޮވޭ ގޮތްވޭތަ؟
އަޒޫއަކީ ވަރަށް މޮޅު ބަތަލާއެއް: ނަހުލާ
"ބޮސް" ބެލުންތެރިން ރޮއްވާލާނެ: ނަހުލާ
"ބޮސް" ގެ ޓީމުން ޔުނާނަށް ތައުރީފު އޮއްސާލައިފި
"ބޮސް"ގެ 75 ޕަސެންޓް ޝޫޓިން ނިމިއްޖެ
ނަހުލާގެ "ބޮސް" އޮކްޓޯބަރު 24 ގައި ސްކްރީނަށް
ނަހުލާގެ "ސޮރީ" ގެ ލަވަތައް ނިންމާލައިފި
ސޮރީ، އަންނަ އަހަރަށް ފަސްކޮށްފި
ނަހުލާގެ ފޭނުންނަށް "ސޮރީ"