Roadha Mihaaru
ވަކީލް ޝާހު ގޭ ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ވަކީލް ޝާހު ގޭ ބަންދުގައި ބަހައްޓަން އަމުރުކޮށްފި

16 މެއި 2017

އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ގާނޫނީ ވަކީލް އަލީ ޝާހު ފަސް ދުވަހަށް ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ގާނޫނީ ވަކީލް އަލީ ޝާހު ފަސް ދުވަހަށް ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އަޅަން އުޅުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހު ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރެ އެވެ. އޭނާ ގޭ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ.

ޝާހަކީ މަރުގެ ބޮޑެތި މައްސަލަތަކާއި ޖިނާއީ ބޮޑެތި އެހެން މައްސަލަތަކުގައި ވެސް ދިފާއީ ވަކީލެއްގެ ގޮތުން މަސައްކަތްކުރާ ވަކީލެކެވެ. ސުޕްރީމް ކޯޓުން 2015 ގައި އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު އެ ސަސްޕެންޝަން ފަހުން ވަނީ އުވާލައިފަ އެވެ.

ޔާމީންގެ މަރާ ގުޅިގެން ހަތް މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. އެ ތަހުގީގަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރަން ފުލުހުން ކުރިން ވަނީ އިލްތިމާސްކޮށްފަ އެވެ. ފުލުހުން ބުނީ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.