16 މެއި 2017
ސިވިލް ސާވިސްގެ މުވައްޒަފުން ސަރުކާރަށް ވޯޓް ދޭން ނުޖެހޭ ކަމަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރު ބަލިވީ ރައްޔިތުންނަށް ބިރު ދައްކާތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުން ސަރުކާރަށް ވޯޓް ދޭން ނުޖެހޭ ކަމަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރު ބަލިވީ ރައްޔިތުންނަށް ބިރު ދައްކާތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ސަރުކާރުން އަދިވެސް އުޅެނީ އިންތިޚާބުން ބަލިވި ސަބަބު ސާފު ނުވެގެން ކަމަށެވެ. އަދި ބަލި ގަބޫލުފުޅު ކުރައްވަން ރައީސް އަބްދުﷲ ޔާމީންގެ "ދަރުބާރު ފެކްޝަން" އަށް ދަތިވެގެން އުޅޭ ކަމަށ ވިދާޅުވި އެވެ.
"ބަލިވީ ސަބަބުތައް އަހަރެމެން ކިޔައި ދޭންވީތަ؟ ބަލިވީމަ އަދިވެސް މި ދައްކަނީ ރައްޔިތުންނަށް ބިރު ދައްކާ ވާހަކަ. ސަރުކާރު މުވައްޒަފުންނަށް ނުޖެހޭނެ ވަކި ޕާޓީއަކަށް ވޯޓްލާކަށެއް. ސަރުކާރު ހިންގާ ޕާޓީ އަށް ވޯޓްލުމަކީ ސަރުކާރު މުވައްޒަފުން ކުރަން ޖެހޭ ކަމެއް ނޫން،" ރޮޒައިނާ ވިދާޅުވި އެވެ.
"އެކަން ސަރުކާރުގެ މުވައްޒަފުންނަށް ވަރަށް ސާފު. އެކަމަކު މި ބޭފުޅުންނަށް އެކަން ސާފެއް ނުވޭ."
އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރުން ދެކޭ ގޮތުގައި ރައްޔިތުންނަކީ ސަރުކާރުގެ "އަޅުން" އެވެ.
"ބޭނުންހާ ގޮތަކަށް ކަންތައް ކުރަން ބޭނުން ވަނީ. ކީއްވެގެންތޯ ޓީޗަރަކު ނުވަތަ ނަރުހަކު އިދިކޮޅު ފަރާތްތަކަށް ލާންވީ؟ ކިހާ ބޮޑު ފާފައެއްތޯ މި ކުރެވުނީ. މިއީ މި ބޭފުޅުން ރައްޔިތުންނާ ދޭތެރޭ ދެކޭ ގޮތަކީ،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ މުވައްޒަފުން މަސައްކަތް ކުރާ ތަނެއްގައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން އުޅުނަސް އެ މުވައްޒަފުން ބޭނުން މީހަކަށް ވޯޓްލުމުގެ ހައްގެއް ނިގުޅައި ނުގަނެވޭނެ ކަމަށެވެ.
"އަދި ވިދާޅުވެފައި އެބައޮތޭ ޓީޗަރުންނާއި ނަރުހުން ނުކުމެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރީއޭ. ވޯޓްގައި އެ މީހަކު މަސައްކަތް ކުރާނީ އެ މީހަކު ގަބޫލު ކުރާ ގޮތަކަށް. ނުޖެހޭ ސަރުކާރާ އެއްކޮޅަކަށް މަސައްކަތް ކުރާކަށް،" ލޯކަލް އިންތިޚާބަށް ފަހު، ރައްޔިތުންގެ ކަންބޮޑުވުންތައް ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރުންގެ ފަރާތުން ރައީސް ޔާމީނަށް ދަންނަވާފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމާ ގުޅޭ ގޮތުން ރޮޒައިނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން ސްކޫލްތަކުގައި ކިޔަވައިދޭއިރު އެ ބޭފުޅުން މަސައްކަތް ކުރާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް. ހޮސްޕިޓަލްގައި ފަރުވާ ދޭން ތިބޭއިރު އެ ބޭފުޅުން މަސައްކަތް ކުރާނީ ސަރުކާރުގެ ސިޔާސަޔާ އެއްގޮތަށް. ވޯޓެއް ނުލާނެ ސަރުކާރުގެ ސިޔާސަތަކާ އެއްގޮތަށް. ވޯޓަކީ މުޅިން ތަފާތު އެއްޗެއް. ޑިމޮކްރަސީ ދަސްކުރައްވާ އަޅުގަނޑުމެން ކައިރިން."
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގެ ތެރެއިން.
ލޯކަލް އިންތިޚާބުން ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން، ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެމްބަރުންނާއި ދައުލަތުގެ ވަޒީރުން ވެސް ދައްކަމުން ގެންދަވާ ވާހަކަތަކަށް ރޮޒައިނާ ރޭ ވަނީ ޖޯކް ޖައްސަވައިފަ އެވެ.
އެގޮތުން އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބު ކުރި ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ "ދަރުބާރު ފެކްޝަން" ގެ ކެންޑިޑޭޓުން ކަމަށް ބުނާތީ އޭނާ ވަނީ ވަރަށް ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.
"ޕީޕީއެމްގަ ނަމުގައި ނުކުތީމަ ވޯޓް ނުލިބިދާނެތީ އަމިއްލަ ގޮތުން ނުކުންނެވީއޭ މި ވިދާޅުވަނީ މި ބޭފުޅުން. އޭގެން ވެސް އަމިއްލަ އަށް އެއްބަސްވެވުނީ ނޫންތޯ ޔާމީން ފެކްޝަނުން ނިކުތީމަ ވޯޓެއް ނުލިބޭކަން. އެއީ އެ މީހުން އަމިއްލަ ގޮތުން ނުކުމެގެން ލިބުނު ވޯޓް. އެއީ އެއްވެސް ހާލެއްގައި ޕީޕީއެމަކަށް ލިބުނު ވޯޓެއް ނޫން. އޮޅުވާލުން ނޫން ކަމެއް ކުރާކަށް މި މީހުންނަށް އެނގެނީކީ ނޫން،" ރޮޒެއިނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އެތައް ދާއިރާއެއް އިދިކޮޅަށް، ބޮޑު މެސެޖެއް
ނަތީޖާ ބަދަލުވާ ވަރުގެ އެއްވެސް ޝަކުވާއެއް ނެތް: އީސީ
ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ: ނަޝީދު
ވެރިން ނަޝީދު ފަހަތުން، އާންމުންނަށް އެހެން މަންޒަރެއް
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
ވޯޓާ ކުޅޭ ނަމަ މަޑަކުން ނުތިބޭނަން: އިދިކޮޅު
"ހަމަނުޖެހުން ހިނގީ ވޯޓު ގުނަން ހުރަސް އެޅުމުން"
އެމްޑީޕީގެބާރު އޮތް އިހަވަންދޫ ވެސް ޕީޕީއެމަށް