Roadha Mihaaru
އަމީނިއްޔާއިން ކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

އަމީނިއްޔާ ސްކޫލުން ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

10 މެއި 2017

އަމީނިއްޔާ ސްކޫލުގެ ހުރިހާ ދަރިވަރުން ބައިވެރިވެގެން، މި އަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް މިއަދު ފާހަގަކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަމީނިއްޔާ ސްކޫލުގެ ހުރިހާ ދަރިވަރުން ބައިވެރިވެގެން، މި އަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް މިއަދު ފާހަގަކޮށްފި އެވެ.

ހެންވޭރު ދަނޑުގައި ބޭއްވި ބޮޑު ހަރަކާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއޭލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވެސް ބައިވެރިވެވަޑައިގަތެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން އަމީނިއްޔާ ސްކޫލުން ހެންވޭރު ދަނޑުގައި ބޭއްވި ހަރަކާތުގައި ދަރިވަރުން ބައިވެރިވަނީ: ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން އަމީނިއްޔާ ސްކޫލުން ހެންވޭރު ދަނޑުގައި ބޭއްވި ހަރަކާތުގައި ދަރިވަރުން ބައިވެރިވަނީ: ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މި ހަރަކާތުގެ ތެރޭގައި ކުދިންގެ ނެށުމާއި ޑްރިލް އަދި މެޖިކް ޝޯއަކާއި ދުނިޔޭގެ މަޝްހޫރު ތަންތަނުގެ މައުލޫމާތު ލިބޭނެ ސްޓޯލް އަކާއި ފޮޓޯ ބޫތެއް ވެސް ބަހައްޓާފައި ހުއްޓެވެ. އަދި ލަވަކިޔުންތެރިޔާ ސަމީއު އާއި ސުނީތާ އަލީގެ ނެށުމާއި ލަވަތައް ވެސް ހުށަޙަޅައިދީފައި ވެ އެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން އަމީނިއްޔާ ސްކޫލުން ހެންވޭރު ދަނޑުގައި ބޭއްވި ހަރަކާތުގައި ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: އަމީނިއްޔާ ސްކޫލް

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން އަމީނިއްޔާ ސްކޫލުން ހެންވޭރު ދަނޑުގައި ބޭއްވި ހަރަކާތުގައި ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: އަމީނިއްޔާ ސްކޫލް

އަމީނިއްޔާ ސްކޫލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއީ އެ ސްކޫލުން މިހާތަނަށް ބޭއްވި އެންމެ ބޮޑު ހަރަކާތެވެ. ގްރޭޑް 1-10 އާ ހަމައަށް ކިޔަވާ ހުރިހާ ދަރިވަރުން ބައިވެރިކޮށްގެން މިފަދަ ބޮޑު ހަރަކާތެއް ބޭއްވީ، އޭނާ ވިދާޅުވިގޮތުގައި، އެއް ކުއްޖަކުު އަނެއް ކުއްޖަކަށް އިހުތިރާމްކޮށް އެއީ ސްކޫލުގެ ހުރިހާ މުވައްޒަފުން ވެސް ލޯބިވާ ކުދިންތަކެއް ކަމަށް އަންގައިދިނުމަށެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން އަމީނިއްޔާ ސްކޫލުން ހެންވޭރު ދަނޑުގައި ބޭއްވި ހަރަކާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ: އާއިޝަތު ޝިހާމް (މ) އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް، އެ ސްކޫލުގެ މުވައްޒަފުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން: ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

"ވަރަށް ކާމިޔާބު ހަރަކާތެއް. ސްކޫލުގެ ގާތްގަނޑަަކަށް ހުރިހާ ދަރިވަރުން ބައިވެރިވެ، އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވުނު،" އޮފިޝަލް ވިދާޅުވި އެވެ.