11 މެއި 2017
ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލަން އާސަންދަ ކުންފުނިން މިދިޔަ ހަފުތާގައި ނިންމައި އެއްބަސްވުންތައް އުވާލުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލުމަށް ފަހު މިރޭ 12:00 އިން އިން ފެށިގެން އެ ހިދުމަތް އަލުން ފަށަން ނިންމައިފި އެވެ.
ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލަން އާސަންދަ ކުންފުނިން މިދިޔަ ހަފުތާގައި ނިންމައި އެއްބަސްވުންތައް އުވާލުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލުމަށް ފަހު މިރޭ 12:00 އިން އިން ފެށިގެން އެ ހިދުމަތް އަލުން ފަށަން ނިންމައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ހެލްތު އިންޝޫރެންސް ކަމަށްވާ އާސަންދަގެ ހިދުމަތް ދިނުމާ ބެހޭ ގޮތުން މިއަދު އާސަންދަ ކުންފުންޏާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
އާސަންދައާ އެކު އެއްބަސްވުމަކަށް އާދެވުމާ އެކު، އަލުން ހިދުމަތް ފަށާއިރު ކުރިއެކޭ ވެސް އެއްގޮތަށް ހިދުމަތް ލިބޭނެ ކަމަށް އޭޑީކޭއިން ބުންޏެވެ.
އަމިއްލަ ތަންތަނުން އާސަންދައިގެ ހިދުމަތް ނުދޭން އާސަންދަ ކުންފުނިން ނިންމިތާ 24 ގަޑިއިރު ނުވެ އެ ނިންމުން ބަދަލުކުރި ނަމަވެސް އޭޑީކޭއިން މިއަދާ ހަމަޔަށް ވެސް ހިދުމަތް އަލުން ނުފަށާ އޮތީ އެ ހިދުމަތް ހުއްޓާލުމުގެ ގޮތުން އާސަންދަ ކުންފުނިން އެއްބަސްވުން ވެސް އުވާލާފައި ވާތީ އެވެ. އެހެންވެ އެއްބަސްވުން އާކޮށްގެން ނޫނީ ހިދުމަތް އަލުން ނުދެވޭނެ ކަމަށް އޭޑީކޭ އިން ކުރިން ބުންޏެވެ.
ކުރިން އެންގުމެއް ނެތި، ކުއްލިގޮތަކަށް އާސަންދައިގެ ޚިދުމަތް އަމިއްލަ ތަންތަނުން ކަނޑާލިކަން އެ އާސަންދަ ކުންފުނިން އެންގީ މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުން ދަނިކޮށް، އެ ރޭ 11:30 ވާން އުޅެނިކޮށެވެ. އެއާ އެކު ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދަ ހުއްޓާލުމަން ނިންމައި މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނެރުނު ސާކިއުލާގައި ބުނެފައި ވަނީ މިއީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ހިންގާ ބޯޑުގެ ނިންމުމެއް ކަމަށެވެ. އަދި މިއީ "އާސަންދަ ސްކީމް" ހިންގުމުގެ އުސޫލު މުރާޖައާ ކުރަމުންދާތީ ނިންމި ނިންމުމެއް ކަމަށް ވެސް ބުނެފައިވެ އެވެ އާސަންދަ ކުންފުނިން ބުނިގޮތުގައި، އާސަންދަގެ ސިއްހީ ނިޒާމު ހިންގާ ބޯޑުން ނިންމާފައި ވަނީ ދައުލަތުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯރެޓަރީގެ ޚިދުމަތް އަދި ސްކޭންގެ ޚިދުމަތް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދޭތީ، އަމިއްލަ ތަންތަނުން އެ ޚިދުމަތްތަކަށް އާސަންދަ ސްކީމްގެ ތެރެއިން ޚަރަދު ކުރުން ހުއްޓާލުމަށެވެ.
އެލައިޑުން ކޭޝްލެސް ސާވިސް އަލުން ފަށައިފި
އައިޑީކާޑް މުއްދަތު ހަމަވިޔަސް މިހާރު އާސަންދަ ލިބޭނެ
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ހިދުމަތް ފަށައިފި
ފައިސާ ދައްކަން ޖެހޭ ހާލަތުގައި އާސަންދަ ލިބޭނެ
އިންޝުއަރެންސްތަކަކުން ކޭޝްލެސް ސާވިސް މެދުކަނޑާލައިފި
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު
ރެކޯޑު އަދަދަކަށް މި އަހަރު އާސަންދަ އަށް ހަރަދުކޮށްފި