09 މެއި 2017
ބޭރުގެ ގައުމުތަކެއް ބައިވެރިވާ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ތައްޔާރުވެއްޖެ އެވެ.
ބޭރުގެ ގައުމުތަކެއް ބައިވެރިވާ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ތައްޔާރުވެއްޖެ އެވެ.
މި މަހުގެ 19 އިން 25 އަށް ބާއްވާ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އިން ބައިވެރިވާނެ އެވެ.
މުބާރާތަށް އެމްބީއޭ އިން ވަނީ އިންތިޒާމް ކޮމިޓީއެއް އެކުލަވާލައިފަ އެވެ. މި ކޮމިޓީގެ ޗެއާމަނަކީ ސްޕޯޓްސް ކޯޕަރޭޝަނުގެ ބޯޑް މެމްބަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު ސަލްސާ އިބްރާހީމެވެ.
ދެން ހިމެނޭ މެމްބަރުންނަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އާއި އެމްބީއޭގެ ކުރީގެ ދެ ނައިބް ރައީސުން ކަމަށްވާ އަބްދުﷲ އާމިރު (އައްލޯ) އާއި އަލީ ނަސީރު (ތުއްތޭ) އާއި ކުރީގެ ފުޓްބޯޅަ ރެފްރީ އަލީ ސަލީމާއި ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު އިބްރާހިމެވެ.
ކޮމިޓީގެ ޗެއާމަން ސަލްސާ އާމިރު ވިދާޅުވީ އަލަށް މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ބޮޑު ޗެލެންޖެއް ކަމަށާއި އެކަމަކު މިއީ މި ކުޅިވަރަށް ލިބޭ ބޮޑު ކުރިއެރުމަކާއި އުފަލެއް ކަމަށާއި މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ބާސްކެޓްބޯޅައިގެ ފޯރިގަދަވެގެންދާނެ ކަމަށެވެ.
މަރުޒޫގު ވިދާޅުވީ މުބާރާތަށް ތައްޔާރުވާން އޮތީ 10 ދުވަސް ކަމަށާއި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ތައްޔާރުވުމަކީ ޗެލެންޖެއް ކަމަށާއި އެކަމަކު އެ ޗެލެންޖް ނަގައިގެން ވީހާވެސް ފުރިހަމަ މުބާރާތެއް ބާއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ކުޅިވަރުގެ މީހުން. އަޅުގަނޑުމެންނަށް އުނދަގޫވާނެ ޗެލެންޖެއް ނެތި މަސައްކަތެއް ކުރަން. ސަރުކާރުގެ އެއްބާރުލުމާ އެކު އަޅުގަނޑުމެން އެންމެން ގުޅިގެން ބާސްކެޓްބޯޅަ އާއިލާއާ އެކު ފުރިހަމަ މުބާރާތެއް ޑެލިވާކޮށްދޭނަން،" މަރުޒޫގު ވިދާޅުވި އެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތައް މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ އަންނާނެ އެވެ. އާމިރު ވިދާޅުވީ ޓީމުތަކަށް ދޭން ޖެހޭ އިންތިޒާމްތައް ވީހާ ވެސް ފުރިހަމަކޮށް އަދި މުބާރާތުގެ ހުޅުމާއި ނިމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވާނެ ކަމަށެވެ.
ބޭރުގެ ކްލަބްތައް ބައިވެރިކޮށްގެން ރާއްޖޭގައި ކުރިން އިންވިޓޭޝަނަލް މުބާރާތްތަކެއް ވަނީ ބާއްވައިފަ އެވެ. އެކަމަކު ގައުމީ ޓީމުތަކެއް ބައިވެރިކޮށްގެން މި ފެންވަރުގެ މުބާރާތެއް ބާއްވާފައެއް ނުވެ އެވެ.
ދިވެހި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ހުވަފެން ހަގީގަތަކަށް
"ސާބާ ޗެމްޕިއަންޝިޕަކީ ދިވެހި ބާސްކެޓުގެ އާ ފެށުމެއް"
ޒުވާން ކުޅުންތެރިންނަށް ހިތްވަރު ލިބިއްޖެ: ޒިލާލް
"ބައްޕަ"ގެ ހުވަފެނުގައި ކުޅުންތެރިން ކުލަ ޖައްސައިދީފި
ރާއްޖޭން ލަންކާ އަތުން ތާރީހީ މޮޅެއް ހޯދައިފި
ގަދަ ދޭއްގެ ފުރުސަތު ރާއްޖެ އަށް ގެއްލިއްޖެ
ދިވެހި ކުޅުންތެރިންނަށް އިންޑިއާ ކޯޗުގެ ތައުރީފް
ރާއްޖޭގެ ފުރަތަމަ މެޗުގައި މާދަމާރޭ އިންޑިއާއާ ދެކޮޅަށް
އެމްބީއޭގެ ނިންމުންތަކަށް ޖީއެސް ނުފޫޒު ފޯރުވާ މައްސަލަ
ހުނަރާއި ފެންވަރު އެބަހުރި، ބޭނުންވަނީ ވަސީލަތް: ގުރޭ