މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު މެންދުރު ފަހު އިއުލާންކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
08 މެއި 2017
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު މެންދުރު ފަހު އިއުލާންކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ވޯޓުލީ މަރުކަޒުތަކުގައި މިހާރު ވަގުތީ ނަތީޖާތައް އާއްމުކޮށްފައިވާނެ ކަމަށެވެ. ބާ ޖަމާލުއްދީން ސްކޫލުގައި ހުންނަ އިންތިހާބާ ބެހޭ މައި މަރުކަޒުގައި މިއަދު އިއުލާންކުރާނީ، އެ ދާއިރާއެއް ނުވަތަ ކައުންސިލެއްގެ ވަގުތީ ޖުމްލަ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަގުތީ ނަތީޖާތައް އިލެކްޝަނަށް ލިބޭ އިރަށް ވެބްސައިޓުގައި ވެސް އާއްމުކޮށްފައި ހުންނާނެ. މިއަދު އާއްމުކުރާނީ ޖުމްލަ ނަތީޖާތައް،" އަކްރަމް ވިދާޅުވި އެވެ.
ގާނޫނުގައި ބުނެފައި ވަނީ، އިންތިހާބު ބާއްވާތާ ތިން ދުވަހުގެ ތެރޭގައި އެ އިންތިހާބެއްގެ ވަގުތީ ނަތީޖާ އިލެކްޝަނުން އާއްމުކުރަން ވާނެ ކަމަށެވެ.
ވާދަވެރި މި އިންތިހާބުގައި، މިހާތަނަށް އާއްމުކޮށްފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ކައުންސިލްތަކުގެ މެޖޯރިޓީ ނެގީ އިދިކޮޅު އެމްޑީޕީންނެވެ. ބައެއް މީޑިއާތަކާއި އޮބްޒާވަރުންނާއި މޮނިޓަރުންގެ ނަތީޖާތަކަށް ބަލައި ތައްޔާރުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، ތިން ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީ އަށެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އާއި އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެވެ.
އެއާ އެކު، އާބާދީ ބޮޑެތި ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީ އަށެވެ.
އިދިކޮޅު އެމްޑީޕީން ބުނެފައިވާ ގޮތުގައި އެތައް ފިއްތުންތަކާއި ބިރުދެއްކުންތަކާ އެކު ވެސް އިންތިހާބުގެ ސާފު އަޣުލަބިއްޔަތު އެ ޕާޓީ އާއި އިދިކޮޅު އިއްތިހާދަށް ވަނީ ލިބިފަ އެވެ. އެކަމަކު ޕީޕީއެމުން ބުނަނީ، އިންތިހާބުގެ މެޖޯރިޓީ ލިބުނީ އެ ޕާޓީ އަށް ކަމަށެވެ.
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟
މެމްބަރުން ޖަލްސާތަކުގައި ބައިވެރިވާން އާދޭސް ކުރަނީ!
ގާނޫނުތަކަށް ހުށަހެޅި އިސްލާހަށް މިއަދުވެސް ވޯޓަށް ނޭހި
މިއީ ބޮޑު ބައްޔެއް، ސަރުކާރަށް ބޮޑު ލަދެއް!
އިންތިޚާބު ފަސްކުރަނީ ކާމިޔާބު ނުވާނެކަން އެނގޭތީ
ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ: ނަޝީދު
ވެރިން ނަޝީދު ފަހަތުން، އާންމުންނަށް އެހެން މަންޒަރެއް
އީސީއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ
އީސީ މިނިވަން ނަމަ އިންތިހާބުން ބަލިކުރާނަން: އެމްޔޫއޯ
އަލުން ކުރިމަތިލާން ޖެހޭތީ އެމްޑީޕީން ކޯޓަށް ދަނީ