08 މެއި 2017
ކޯޕެރޭޓް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް-އޭޝިޔާ ޕެސިފިކް (ސީއޭއެސްޕީ-އޭޕީ)ގެ ފަރާތުން އޭޝިއާ ޕެސިފިކްގެ ފަސް ގައުމެއްގެ ކަމާ ގުޅޭ ދާއިރާގެ މީހުންނަށް އަމާޒުކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ ވޯކްޝޮޕެއް ހިންގަން ފަށައިފި އެވެ.
ކޯޕެރޭޓް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް-އޭޝިޔާ ޕެސިފިކް (ސީއޭއެސްޕީ-އޭޕީ)ގެ ފަރާތުން އޭޝިއާ ޕެސިފިކްގެ ފަސް ގައުމެއްގެ ކަމާ ގުޅޭ ދާއިރާގެ މީހުންނަށް އަމާޒުކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ ވޯކްޝޮޕެއް ހިންގަން ފަށައިފި އެވެ.
ޕްރޮގްރާމް އިފްތިތާހު ކުރުމަށް ކޯސްޓް ގާޑް ބިލްޑިންގައި މިއަދު ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ މިފަދަ ޕްރޮގްރަމްތައް ބޭއްވުމުގެ މުހިއްމު ކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ރާއްޖޭގައި ވެސް މިފަދަ ކަންކަމަށް ގާބިލް އެތައް ބަޔަކު ތިބި ކަން ވެސް ފާހަގަ ކުރެއްވި އެވެ.
ސީއޭއެސްޕީ-އޭޕީގެ ފަރާތުން މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ދެމެދު ހިންގުމަށް ހަމަޖެހިފައި ވަނީ "ސީއޭއެސްޕީ-އޭޕީ އެއާޕޯޓް ސެކިއުރިޓީ ޑިވެލޮޕްމަންޓް ވޯކްޝޮޕް" އެވެ. އަދި މި މަހު 14 އިން 18 އަށް ހިންގުމަށް ހަމަޖެހިފައިވަނީ "ސްޕެޝަލް ކޮލިޓީ ކޮންޓްރޯލް ފޭސް 3"ގެ ވޯކްޝޮޕެވެ.
މި ވޯކްޝޮޕްގައި ރާއްޖޭގެ އިތުރުން ބައިވެރިވެފައި ވަނީ ބޫޓާން، އިންޑޮނޭޝިއާ، ފިލިޕީންސް، ސްރީލަންކާ އަދި ތައިލޭންޑެވެ. މި ވޯކްޝޮޕްގައި ރާއްޖެ އިން އެމްއެންޑީއެފާއި އޭވިއޭޭޝަން ސެކިއުރިޓީ ކޮމާންޑާއި އައްޑޫ އިންޓަނޭޝަނަލް އެއަޕޯޓާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި ދާލު ޑޮމެސްޓިކް އެއާޕޯޓާއި ޓީއެމްއޭ އިން ބައިވެރިވި އެވެ. މި ތަންތަނުން ޖުމްލަ 20 މުވައްޒަފަކު ބައިވެރިވި އެވެ.
މި ދެ ޕްރޮގްރާމް ބާއްވާ ކޯޕަރޭޓް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް އަކީ ޑިފެންސް މިނިސްޓްރީގެ އޭވިއޭޝަން ސެކިއުރިޓީ ބަލަހައްޓާ ޑިވިޝަނެވެ.
"ރާއްޖޭގެ ސަރަހައްދުން ފެނުނީ ކަނޑުފޭރޭ ބައެއް"
އިންޑިއާ މަސްވެރިންގެ ސަބަބުން ނުރައްކަލެއް ނެތް
ސެކިއުރިޓީ ވަރުގަދަ ކުރަން ބްރިޓިޝް އެއާވޭސް އެދުނު
ލަންކާއަށް ދިވެހިން ދިން ބޮޑު ހަދިޔާ!
ކޯސްޓުގާޑުން ރާއްޖޭގެ ނަން ރީތި ކޮށްދީފި: މިނިސްޓަރު
ޑިފެންސްގެ އިމާރާތަށް 80 މިލިއަން ރުފިޔާގެ އެހީއެއް
ގަވާއިދާހިލާފަށް އެތެރެވި ބޯޓެއް ޑްރޯނުން ހޯދައިފި
ޑިންގީ ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު ސަލާމަތްކޮށްފި
އިޓަލީގެ އަސްކަރީ ޖެޓުތައް އަނެއްކާވެސް ރާއްޖެއަށް
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"