Roadha Mihaaru
އެމްޓީސީސީއަށް ފައިދާގެ ގޮތުގައި 5.8 މިލިއަން ރުފިޔާ

އެމްޓީސީސީ އަށް މިދިޔަ ކުއާޓަރުގައި ލިބުނީ 5.8 މިލިއަން ރުފިޔާގެ ފައިދާއެއް!

01 މެއި 2017

އެމްޓީސީސީ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 5.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެމްޓީސީސީ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 5.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޓްރާންސްޕޯޓާއި ކޮންސްޓްރަކްޝަންގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކުންފުނިން މިއަދު ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތައް ދައްކާގޮތުން 306.8 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި ވިޔަފާރިކުރުމަށް 255.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އެ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 51 މިލިއަން ރުފިޔާ އެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި ޓެކްސް އަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 6.8 މިލިއަން ރުފިޔާ ލިބިިފައިވެ އެވެ.

އެމްޓީސީސީން މިދިޔަ ކުއާޓަރުގައި ވިޔަފާރީގެ ފައިދާގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 5.8 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 20.6 މިލިއަން ރުފިޔާ އެވެ.