18 ޖޫން 2016
އީސްޓް ރޫތުފޯޑް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން ޕެރޫ ބަލިކޮށް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ކޮލަމްބިއާ ޖާގަ ހޯދައިފި އެވެ.
އީސްޓް ރޫތުފޯޑް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން ޕެރޫ ބަލިކޮށް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ކޮލަމްބިއާ ޖާގަ ހޯދައިފި އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ލަނޑު ޖަހަން މާގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. މެޗުގެ ފުރަތަމަ ހާފްގައި ކޮލަމްބިއާގެ ކެޕްޓަން ޖޭމްސް ރޮޑްރިގޭޒް އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިނުމާ ގާތަށް ޖެހިލި އެވެ.
މެޗުގެ 22 ވަނަ މިނިޓްގައި ޕެރޫ އޭރިއާ ބޭރުން ޖޭމްސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެ ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެ ޓީމުގެ ފޯވާޑް ކާލޮސް ބައްކާ އަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާ ސީދާނުވި އެވެ.
ޕެރޫ އިން މުޅި މެޗުގައި ވެސް އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ މެޗުގެ އިތުރު ވަގުތުގަ އެވެ. ކޮއޭވާ ނަަގައިދިން ހުރަހަކުން ކްރިސްޓިއަން ރާމޮސް ބޮލުން ފޮނުވާލި ބޯޅަ ކޮލަމްބިއާ ކީޕަރު ޑޭވިޑް އޮސްޕީނާ ވަނީ މަތަކޮށްފަ އެވެ.
ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ މޮޅުވީ އެ ޓީމުން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ވައްދާލައިގެންނެެވެ. ޕެރޫ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިންއެ ޓީމަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. ޕެރޫގެ މިގުއެލް ޓްރޫސޯ އާއި ކްރިސްޓިއަން ކޮއެވާ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ.
ސެމީ ފައިނަލުގައި ކޮލަމްބިއާ ކުޅޭނީ ކުއާޓާގައި ޗިލީ އާއި މެކްސިކޯ ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ތިން އަހަރު، ތިން ފައިނަލް، މެސީ އަށް ނާކާމިޔާބު!
މި ފަހަރު ވެސް ޗިލީ-އާޖެންޓީނާގެ ފައިނަލެއް
އެމެރިކާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް
ކުއާޓާގެ ފުރަތަމަ ޖާގަ ކޮލަމްބިއާ ހޯދައިފި
ޗިލީ ބަލިކޮށް އާޖެންޓީނާ ފެށުން ރަނގަޅުކޮށްފި
އިކުއެޑޯ އިން ބްރެޒިލް ހިފަހައްޓައިފި
ކޮލަމްބިއާ މޮޅުވިއިރު ޖޭމްސް އަށް އަނިޔާވެއްޖެ
ކަކާ އަށް އަނިޔާވެ ފުރުސަތު ގެއްލިއްޖެ
ކޯޗެއްގެ ގޮތުގައި ދެން ނުފެންނާނެ: ޝާޒް
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ