08 ޖޫން 2016
ޕެސަޑޭނާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 8) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ޕެރަގުއޭ 2-1 އިން ބަލިކޮށް ކޮލަމްބިއާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޕެސަޑޭނާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 8) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ޕެރަގުއޭ 2-1 އިން ބަލިކޮށް ކޮލަމްބިއާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ކޮލަމްބިއާ ކުއާޓާގެ ޖާގައެއް ހޯދީ ކުޅުނު ދެ މެޗުން މޮޅުވެގެންނެވެ. ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ކޮލަމްބިއާގެ ކެޕްޓަން ޖޭމްސް ރޮޑްރިގޭޒަށް ނުކުޅެވޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އޭނާ ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.
ކޮލަމްބިއާ އަށް މެޗުގެ 12 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ކާލޮސް ބައްކާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 30 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޖޭމްސް އެވެ. ޕެރަގުއޭ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 71 ވަނަ މިނިޓްގައި ވިކްޓަ އަޔާލާ އެވެ.
ރޭގެ މޮޅާ އެކު ކޮލަމްބިއާ އަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައިވާއިރު، ގްރޫޕްގެ އެއް ވަނަ ކަށަވަރުކުރަން ކޮލަމްބިއާ އަށް ބޭނުންވަނީ ފަހު މެޗުން ކޮސްޓަ ރިކާ އަތުން ޕޮއިންޓެކެވެ.
މި ގްރޫޕްގެ އަނެއް މެޗުން މުބާރާތް ބާއްވާ ގައުމު އެމެރިކާ ވަނީ 4-0 އިން ކޮސްޓަ ރިކާ ބަލިކޮށްފަ އެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ކްލިން ޑެމްސީ، ބޮބީ ޝޯ ވުޑް، ޖަމެއިން ޖޯސް އަދި ގްރަހަމް ޒޫސީ އެވެ.
މިރޭ މި މުބާރާތުގައި ގްރޫޕް ބީގެ ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން 4:30 ގައި ބްރެޒިލް ބައްދަލުކުރާނީ ހައިޓީއާ އެވެ. ދެ ވަނަ މެޗުގައި 7:00 ޖަހާއިރު އެކުއެޑޯ އާއި ޕެރޫ ކުޅޭނެ އެވެ.
ކޮލަމްބިއާ ޓީމުގައި ހަމޭސްގެ ވިދުން އަދިވެސް ގަދަ
މި ފަހަރު ވެސް ޗިލީ-އާޖެންޓީނާގެ ފައިނަލެއް
ޕެނަލްޓީ ޖަހައިގެން މޮޅުވެ ކޮލަމްބިއާ ސެމީ އަށް
ޕެރަގުއޭ ކަޓުވާލުމަށް ފަހު އެމެރިކާ ކުއާޓާ އަށް
ކޮލަމްބިއާ މޮޅުވިއިރު ޖޭމްސް އަށް އަނިޔާވެއްޖެ
ކޮޕާ އެމެރިކާ: އާޖެންޓީނާ އަށް ރެކޯޑް 16 ވަނަ ތަށި
ފައިނަލްގެ ކުރިން ސެކިއުރިޓީއާ މެދު ކަންބޮޑުވުން
ބަލިނުވެ ރެކޯޑް ދަމަހައްޓައި ކޮލަމްބިއާ ފައިނަލަށް
ބްރެޒިލަށް ލިބުނީ ދެވަނަ، ކުއާޓާ އަށް ވިނީ ސަސްޕެންޑް
ޑިއާޒްގެ ގޯލުތަކާއެކު ބައްޕަގެ ލޮލުން އުފަލުގެ ކަރުނަ