01 މެއި 2017
ކެލިފޯނިއާގައި އުޅޭ، އުމުރުން 17 އަހަރުގެ މެކެނާ ނިއުމަން ގަބޫލުކުރާ ގޮތުގައި އޭނާގެ ބައްޕަ އަކީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ރަނގަޅު ބައްޕަ އެވެ.
ކެލިފޯނިއާގައި އުޅޭ، އުމުރުން 17 އަހަރުގެ މެކެނާ ނިއުމަން ގަބޫލުކުރާ ގޮތުގައި އޭނާގެ ބައްޕަ އަކީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ރަނގަޅު ބައްޕަ އެވެ.
މެކެނާގެ މަންމަ މާސީ އަށް ތައިރޮއިޑް ކެންސަރު ޖެހުނުކަން އެނގުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. މިދިޔަ ހަފުތާގައި އޭނާއަށް ރޭޑިއޭޝަން ދޭން ޖެހުމުގެ ސަބަބުން އެއްވެސް މީހަކު އޭނާގެ ކޮޓަރިއެއް ވަނުމުގެ ހުއްދައެއް ނެތެވެ. މިދިޔަ ހުކުރު ދުވަހު މެކެނާ ޓުވީޓް ކުރި ފޮޓޯއެއްގައި އޭނާގެ ބައްޕަ، މަންމަ އެކަހެރި ނުކުރަން ކޮޓަރީގެ ބޭރުގައި ގޮނޑިއެއް ބަހައްޓައިގެން އިން މަންޒަރު ފެނެ އެވެ.
"އަހަރެންގެ މަންމައަށް ރޭޑިއޭޝަން ދީފައިވާތީ ކޮޓަރީގައި އޮންނަން ޖެހުނީ އެކަންޏެވެ. އެހެންވެ ބައްޕަ ކޮޓަރީގެ ދޮރު ކައިރީގައި މޭޒެއް ބަހައްޓައިގެން މަންމަގެ އެކަނިވެރިކަން ފިލުވައިދޭން އިނީ އެވެ."
My mom has to stay in her room in isolation for her cancer radiation so my dad set up a desk at her door to keep her company and I'm crying pic.twitter.com/rucH9HfDvk
— kenna (@mackenna_newman) April 14, 2017
މެކެނާ ގެ ޓުވީޓް
މެކެނާ ބުނި ގޮތުގައި މަންމަ އެ ކޮޓަރީގައި އެކަނި އޮތް ހުރިހާ ވަގުތެއްގައި އޭނާގެ ބައްޕަ އިނީ ކޮޓަރީގެ ދޮރު ކައިރީގަ އެވެ. އެންމެ ވަގުތުކޮޅަކަށް ވެސް އެތަނުން ދުރަކަށް ނުދެ އެވެ. މެކެނާ ބުނި ގޮތުގައި ބައްޕަ ޖޮން މިގޮތަށް ކަންތައް ކުރާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.
"ޑޮކްޓަރަކުގެ ކޮންމެ އެޕޮއިންޓްމަންޓަކަށް ވެސް ބައްޕަ ދާނެ. ލޭގެ ޓެސްޓެއް ހެދިޔަސް ދާނެ. ކޮންމެ ފަހަރަކު ސާޖަރީ ހަދާއިރު އާއި ރޭޑިއޭޝަން ދޭއިރު ވެސް ބައްޕަ ހުރޭ. އަދި މަންމައާ އެންމެ ގާތުގައި ނުހުރެވޭ ފަހަރު ވެސް މިގޮތަށް ވީ އެންމެ ކައިރިއަކު ހުންނާނެ،" މެކެނާ ބުންޏެވެ.
މެކެނާ މި ފޮޓޯ ޓުވީޓްކުރުމުގެ މަގްސަދަކީ އޭނާގެ މަންމަ އާއި ބައްޕަގެ އޮތް ގާތް ގުޅުން ފާހަގަ ކުރުމެވެ. ގިނަ ބަޔަކު ވަނީ މި ޓުވީޓުން ވަރަށް އަސަރުކޮށްފި ކަމަށް ބުނެ ތަފާތު މެސެޖުތައް ލިޔެފަ އެވެ. އަދި މެކެނާގެ މަންމައަށް އަވަސް ޝިފާ އަކަށް އެދިފައިވެ އެވެ.
މެކެނާ ބުނި ގޮތުގައި ބައްޕަގެ މި އަމަލުން އޭނާގެ މަންމަ އަށް ބައްޕަގެ ހިތުގައިވާ ލޯބި ވަރަށް ބޮޑަށް ހާމަވެ އެވެ. އަދި އޭނާގެ ޓުވީޓަށް ގިނަ ބަޔަކު ދިން ސަމާލުކަމުން ވަރަށް އުފާވެއްޖެ ކަމަށް ބުންޏެވެ.
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
އުރަމަތީގެ ކެންސަރު ދެނެގަންނަން އޭއައި
ކުޑަކަމުދާ ތަކެތިން ޕްރޮސްޓޭޓް ކެންސަރު ދެނެގަންނަނީ
ދުންފަތުގެ އިސްތިއުމާލުކުރެވޭ އުމުރު 100 އަށް!
ދެ އަހަރުގެ ދަރިފުޅަށް ލޭ ހޯދަން އަތްފުނާއަޅަނީ
އެމެރިކާގައި ކެންސަރުގެ އާއްމު ސަބަބަކަށް ފަލަވުން
ކާފައަށް އެހީވާން ޖޫސް ވިއްކައިގެން 4000 ޑޮލަރު
ކެންސަރަށް ބޭސްކުރާ ކުއްޖެއްގެ އައިވީއަށް މަންމަ ނަޖިސް އަޅައިފި
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
"ޒެންޓަކް" އިން ދައުވާތައް ހުއްޓުވަން ދެބިލިއަން ދީފި