30 މާޗް 2017
އެމެރިކާގެ ނިއު މެކްސިކޯގައި، އުމުރުން ނުވަ އަހަރުގެ ފިރިހެންކުއްޖަކު އޭނާގެ ކާފަގެ ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ލެމަނޭޑް ވިއްކައިގެން އެތައް ހާސް ޑޮލަރެއް އެއްކޮށްފި އެވެ.
އެމެރިކާގެ ނިއު މެކްސިކޯގައި، އުމުރުން ނުވަ އަހަރުގެ ފިރިހެންކުއްޖަކު އޭނާގެ ކާފަގެ ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ލެމަނޭޑް ވިއްކައިގެން އެތައް ހާސް ޑޮލަރެއް އެއްކޮށްފި އެވެ.
ގޭ ދޮރުމަތީގައި ކުޑަ ސްޓޯލެއް ހަދައިގެން ކުރަމުންދާ މި ވިޔަފާރިން މިހާތަނަށް 4000 ޑޮލަރު ވަނީ ހޯދާފަ އެވެ.
އެންގެލް ރީސް ކިޔާ މި ފިރިހެންކުއްޖާގެ ކާފަ ރިޗަޑް ސަންޗޭޒްގެ ކޮލޯން އާއި ރެކްޓަލް ކެންސަރު ހުރިއިރު މިހާރު އެ ބަލި ހުރީ ތިން ވަނަ ސްޓޭޖްގަ އެވެ. ނުވަ އިންޗީގެ ބޮޑު ޓިއުމަރެއް ނަގާފައި ވިޔަސް އަދިވެސް ކީމޯތެރަޕީ ވެސް ދޭން ޖެހެ އެވެ.
ސްކޫލަށް ދާ މި ކުއްޖާ "ގޯފަންޑްމީ" ވެބްސައިޓް މެދުވެރިކޮށް ވެސް 5،000 އަށް ވުރެ ގިނަ ޑޮލަރު ވަނީ ހޯދާފަ އެވެ.
މި ކުއްޖާއަށް ޖޫސް ސްޓޯލް ބެހެއްޓުމުގައި އެހީތެރިވީ މަންމަ އާއި ބޮޑުބޭބެ އެވެ.
"އޭނާ ބޭނުންވީ ކާފައަށް އެހީވާން އޭނާއަށް ކުރެވޭނެ ކޮންމެވެސް ކަމެއް ކުރަން. ނުވަ އަހަރުގެ ކުއްޖަކާ ބަލާފަ މިއީ އޭނާއަށް ވިސްނުނު އެންމެ މޮޅު ގޮތް. އަހަރެން އޭނާ މި ކުރާ މަސައްކަތާ ދޭތެރޭ ފަޚުރުވެރިވަން،" މަންމަ ޗެސިޓީ ސަންޗޭޒް ބުންޏެވެ.
ޒޭން ވިލާ ކިޔާ ނުވަ އަހަރުގެ އެހެން ފިރިހެން ކުއްޖަކު ވެސް ކެންސާ އެއިޑް ރިސޯސް އެންޑް އެޑިޔުކޭޝަން މެދުވެރިކޮށް ފައިސާ އެއްކުރުމަށްފަހު 1000 ޑޮލަރު އެންގެލް އަށް ހަދިޔާ ކުރި އެވެ.
އެންގެލްގެ ސްޓޯލަށް ލެމަނޭޑް ގަންނަން ދާ މީހުން ގިނަވެ ފުލުހުން ވެސް އަންނަން ޖެހުނެވެ. ފުލުހުން ވަނީ އެންގެލްގެ ސްޓޯލް މަގުމަތީގައި ބެހެއްޓުމަށް ޚާއްސަ ހުއްދައެއް ދީފަ އެވެ.
އެންގެލްގެ ސްޓޯލަށް ޒިޔާރަތްކުރާ ގިނަ މީހުންނަކީ ލެމަނޭޑް ބޯހިތުން އަންނަ ބައެއް ނޫނެވެ. އޭނާއަށް ފައިސާ ހަދިޔާކުރަން އަންނަ މީހުންނެވެ.
އެމެރިކާގައި އެކަނި ވެސް، ކޮލޯން އަދި ރެކްޓަމް ކެންސަރު ޖެހިފައިވާ ހަ މިލިއަން މީހުން އެބަތިއްބެވެ.
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
އުރަމަތީގެ ކެންސަރު ދެނެގަންނަން އޭއައި
ކުޑަކަމުދާ ތަކެތިން ޕްރޮސްޓޭޓް ކެންސަރު ދެނެގަންނަނީ
ދުންފަތުގެ އިސްތިއުމާލުކުރެވޭ އުމުރު 100 އަށް!
ދެ އަހަރުގެ ދަރިފުޅަށް ލޭ ހޯދަން އަތްފުނާއަޅަނީ
އެމެރިކާގައި ކެންސަރުގެ އާއްމު ސަބަބަކަށް ފަލަވުން
އަނބިމީހާގެ އެކަނިވެރިކަން ފިލުވައިދޭ ނަމޫނާ ފިރިއެއް
ކެންސަރަށް ބޭސްކުރާ ކުއްޖެއްގެ އައިވީއަށް މަންމަ ނަޖިސް އަޅައިފި
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
"ޒެންޓަކް" އިން ދައުވާތައް ހުއްޓުވަން ދެބިލިއަން ދީފި