18 އެޕްރީލް 2017
އައި-ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ހޮނިހިރު ދުވަހު އައިޒަވާލްއާ ދެކޮޅަށް މުހިއްމު މެޗެއް އޮތުމުން އޭއެފްސީ ކަޕުގައި މާދަމާ ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް އިންޑިއާގެ މޯހަން ބަގާން އިން މުހިއްމު ކުޅުންތެރިން ބޭނުންނުކުރާނެ ކަމަށް ބެލެވިއްޖެ އެވެ.
އައި-ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ހޮނިހިރު ދުވަހު އައިޒަވާލްއާ ދެކޮޅަށް މުހިއްމު މެޗެއް އޮތުމުން އޭއެފްސީ ކަޕުގައި މާދަމާ ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް އިންޑިއާގެ މޯހަން ބަގާން އިން މުހިއްމު ކުޅުންތެރިން ބޭނުންނުކުރާނެ ކަމަށް ބެލެވިއްޖެ އެވެ.
އައި ލީގުގެ އެއް ވަނައިގައި 33 ޕޮއިންޓާ އެކު ބަގާން އޮތްއިރު ދެ ވަނައިގައި އޮތް އައިޒަވާލަށް ވެސް ލިބިފައިވަނީ 33 ޕޮއިންޓެވެ. ބަގާން ކުރީގައި އޮތީ ހެޑް-ޓު-ހެޑް އިން ކުރި ލިބޭތީ އެވެ.
އިންޑިއާގެ ފުޓްބޯޅައިގެ ވަރުގަދަ ހިސާބެއް ކަމަށްވާ މިޒޯރަމްގެ ވެރިރަށް ކަމަށްވާ އައިޒަވާލަށް ނިސްބަތްވާ ޓީމާ ދެކޮޅަށް ހޮނިހިރު ދުވަހު އެ ދަނޑުގައި ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ބަގާން އަށް ޗެމްޕިއަންކަން ލިބޭނެ އެވެ. އެއީ ފަހުން މެޗުން ބަގާން މޮޅުވެ އަދި އައިޒަވާލް މޮޅުވިޔަސް، ހެޑް-ޓު-ހެޑް އިން ބަގާން އަށް ކުރި ލިބޭނެތީ އެވެ.
ބަގާންގެ ހުރިހާ ވިސްނުމެއް ލީގަށް އޮތްއިރު، ހޮނިހިރު ދުވަހު މިނެރްވާ ޕަންޖާބާ ދެކޮޅަށް ކުޅެން ލޫދިއާނާ އަށް ދިޔަ ޓީމުގެ ބައެއް ކުޅުންތެރިން އެނބުރި ކަލްކަތާއަށް އައީ އިއްޔެ އެވެ. އޭއެފްސީ ކަޕުގައި މި މަހުގެ 4 ވަނަ ދުވަހު ރަށުން ބޭރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ވެސް ބަގާން އިން ނެރުނު ޓީމުގެ ޑިފެންސް ލައިނާއި ފޯވާޑް ލައިނުގައި ހިމަނާފައި ތިބީ ރިޒާވް ކުޅުންތެރިންނެވެ. އެކަމަކު އެ މެޗުގައި ކުޅުނު މުހިއްމު ދެ މިޑްފީލްޑަރުން ކަމަށްވާ ހެއިޓީގެ ސޮނީ ނޯޑޭ އާއި ކެޕްޓަން ކަޓްޝޫމީ ޔޫސާ މާދަމާ ވެސް ކުޅޭނެ ކަމަށް ބެލެވެ އެވެ.
ގްރޫޕް ސްޓޭޖުން ބަގާން ޖާގަ ހޯދީ ޕްލޭއޮފުގައި ރާއްޖޭގެ ވެލެންސިއާގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ. މާލޭގައި 1-1 އިން އެއްވަރުވިއިރު ކަލްކަތާގައި ބަގާން މޮޅުވީ 4-1 އިންނެވެ.
މި މެޗާ ކުރިމަތިލާއިރު ހަ ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި އޮތީ އިންޑިއާގެ ބެންގަލޫރު އެފްސީ އެވެ. މާޒިޔާ އާއި ބަގާން އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ބަގާން އެވެ. އަބަހާނީ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ. އަނެއް ބުރަށް ހޮވޭނީ އެއް ވަނަ ޓީމެވެ. މޯހަން ބަގާން އިން އައި ލީގަށް ސަމާލުކަންދީފައިވާއިރު ބެންގަލޫރުގެ ވިސްނުން ހުރީ އޭއެފްސީ ކަޕަށެވެ. އެގޮތުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އެ ޓީމުން އައި ލީގުގައި ބަގާންއާ ދެކޮޅަށް ކުޅުނު މެޗުގައި މުހިއްމު ކުޅުންތެރިން ބޭނުމެއް ނުކުރެ އެވެ.
މޯހަން ބަގާނުން އޭއެފްސީ ކަޕަށް އިހުތިރާމުނުކުރޭ: މިލޯ
މާޒިޔާއަށް ގެއްލޭނެ އެއްޗެއް ނެތް، ޖެހިލުމެއް ނުވާނެ
މާޒިޔާ ބަލިކޮށް މޯހަން ބަގާން އިންޓަ ޒޯން ސެމީ އަށް
މޯހަން ބަގާން އަތުން ބަލިވެ މާޒިޔާ ކަޓައިފި
ރީތި ފުޓްބޯޅައެއް ކުޅެވޭނީ ރޭގަނޑު މެޗު ކުޅެގެން
މޯހަން ބަގާން އަތުން މާޒިޔާ އަށް ބޮޑު މޮޅެއް
މާޔޫސްކަމުން އަރައިގަންނަން މާޒިޔާއާ ދެކޮޅަށް
ފަހު މެޗުގައި މާޒިޔާ އިން މޯހަން ބަގާން ބަލިކޮށްފި
މާޒިޔާ އަށް އެކަނި ފައިސާ އޮއްސިޔަސް މިކަމެއް ނުވާނެ
ބަޝުންދަރާ އަތުން ބަލިވެ މާޒިޔާއަށް ޓާގެޓް ހާސިލެއްނުވި