Roadha Mihaaru
ސަފީރުންނާއެކު އިންވެސްޓްމަންޓްތަކާ ގުޅޭ މަޝްވަރާ ކުރަނީ

ސަފީރުންނާއެކު ޓޫރިޒަމާއި އިންވެސްޓްމަންޓްތަކުގެ މަޝްވަރާ އަށް

17 އެޕްރީލް 2017

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށާއި އިންވެސްޓްމަންޓްތައް ގެނެވޭނެ ގޮތްތަކާ ގުޅޭ ގޮތުން، ބޭރުގެ ގައުމުތަކަށް އައްޔަންކޮށްފައިވާ ދިވެހި ސަފީރުންނާއެކު މަޝްވަރާ ކުރުމަށް ފޮރިން މިނިސްޓްރީން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށާއި އިންވެސްޓްމަންޓްތައް ގެނެވޭނެ ގޮތްތަކާ ގުޅޭ ގޮތުން، ބޭރުގެ ގައުމުތަކަށް އައްޔަންކޮށްފައިވާ ދިވެހި ސަފީރުންނާއެކު މަޝްވަރާ ކުރުމަށް ފޮރިން މިނިސްޓްރީން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި އަންނަ ބުދަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ބާއްވާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރަނީ ރާއްޖެ ޕްރޮމޯޓް ކުރުމާ ގުޅޭ ގޮތުންނެވެ.

އެ ގޮތުން ޓޫރިޒަމް ޕްރޮމޯޓް ކުރުމާއި ބޭރުގެ އިންވެސްޓްމަންޓްތައް ގެނެވޭނެ ގޮތްތަކާއި އިގްތިސާދީ ޕްރޮޖެކްޓްތައް ހިންގައި ރާއްޖެ ތަރައްގީ ކުރުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާނީ ރައީސް އަބްދުﷲ ޔާމީނެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީ އާއި ބޭރުގެ އެމްބަސީތަކާ މެދު ގުޅުން ބަދަހިކޮށް ހާރިޖީ ސިޔާސަތުތަކާއި ސަރުކާރުގެ ނިންމުންތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ބޭރުގެ ސަފީރުންނާއެކު ފޮރިން މިނިސްޓްރީން އެންމެ ފަހުން ބައްދަލުވުމެއް ބޭއްވީ މީގެ ދިހަ އަހަރު ކުރިން 2010 ގަ އެވެ. އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ސަފީރުން ބައިވެރިވެވަޑައިގެންނެވި އެވެ.