Roadha Mihaaru
"ހައްދު" ގައި މަހުދީ ބޭނުންވާ ސިފަތައް އެބަހުރި

"ހައްދު" ގައި މަހުދީ ބޭނުންވާ ސިފަތައް އެބަހުރި

17 އެޕްރީލް 2017

އަންނަ ސެޕްޓެމްބަރު މަހުގެ ހައެއްގައި ރިލީޒް ކުރާ ފިލްމު "ހައްދު" ފުރިހަމަވާނެ ކަމުގެ ޔަގީންކަން ޑައިރެކްޓަރު އަބްދުލް ފައްތާހު ދެ އެވެ. އޭނާ ބުނި ގޮތުގައި މި ފިލްމުގެވެގެން ދާނީ ސްކްރީނުން ބަލާލަން ވަރަށް ޗާލު ފިލްމަކަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ ސެޕްޓެމްބަރު މަހުގެ ހައެއްގައި ރިލީޒް ކުރާ ފިލްމު "ހައްދު" ފުރިހަމަވާނެ ކަމުގެ ޔަގީންކަން ޑައިރެކްޓަރު އަބްދުލް ފައްތާހު ދެ އެވެ. އޭނާ ބުނި ގޮތުގައި މި ފިލްމުގެވެގެން ދާނީ ސްކްރީނުން ބަލާލަން ވަރަށް ޗާލު ފިލްމަކަށެވެ.

އުފެއްދުމުގެ މަރުހަލާގައި އޮތް މި ފިލްމަކީ މަހުދީ އަހުމަދުގެ ވަރަށް ވަރުގަދަ އަދި ތަފާތު ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ. ފައްތާހު ވެސް ވަނީ މި ސްކްރީންޕްލޭއަކީ އާދައިގެ އެއްޗެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އޭގައި ބުނާ ފެންވަރަށް ފިލްމް ގެނެސް ދޭން ފައްތާހާއި އޭނާގެ ޓިމުން އަންނަނީ ކަށިން ހިތްވަރު ނެރެމުންނެވެ.

ފިލްމްތަކަށް ސްކްރީންޕްލޭ ލިޔެދޭ ވަރަށް ގިނަ މީހުން، އެ މީހުންގެ މަސައްކަތާ އެއްވަރަށް ފިލްމު ހަދާފައި ނެތުމުން ޝަކުވާކުރި ނަމަވެސް ހައްދުގެ ސްކްރީން ޕްލޭ ލިޔުނު މަހުދީ ވަނީ ފިލްމަށް މިހާތަނަށް ކޮށްފައި ހުރި ބައެއް މަސައްކަތްތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. މާނައަކީ އޭނާ ލިޔެދިން ސްކްރީންޕްލޭގައި ބުނާ ފެންވަރަށް، ފައްތާހު މަސައްކަތްކޮށްފައި ވުމެވެ.

ފިލްމް "ހައްދު"

ފިލްމް "ހައްދު"

ރ. ވާދޫގައި ފިލްމްގެ މަންޒަރުތަކެއް ނެގި އިރު، މަހުދީ ވަނީ ކްރޫއާ ބައިވެރިވެ، މަސައްކަތް ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލައިފަ އެވެ.

މިހާތަނަށް ޝޫޓް ކުރި "ހައްދު" ގެ މަންޒަރުތަކުގެ ރަފް އެޑިޓިންއެއް ބަލައިފައި މަހުދީ ބުނީ ސްކްރީންޕްލޭގައި ބުނާ ގޮތަށް މަންޒަރުތައް ފައްތާހު ގެނެސް ދީފައި އެބަ ހުރި ކަމަށެވެ. މަހުދީ ބުނީ ފައްތާހުގެ މަސައްކަތަކީ ބޮޑު ސަޕްރައިޒެއް ކަމަށެވެ.

"އޭނާގެ އުފެއްދުންތެރިކަމުގެ މުޅިން އެހެން ދިމާލެއް މީގެން އެބައޮތް ފެންނަން. މީގައި އޭނާ ކުލަ ޖައްސަނީ ޒުވާނުންނާ ވަރަށް ގުޅޭ ގޮތަށް،" މަހުދީ ބުންޏެވެ.

އޭނާ ބުނީ "ހައްދު" ގެ ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) ކޮށްފައި ހުރި މަސައްކަތަކީ އޭނާ މިހާތަނަށް ކުރި އެންމެ ފުރިހަމަ މަސައްކަތް ކަމަށެވެ. ފައްތާހު ވެސް "ހައްދު" ޗާލު ވާނެއޭ ބުނަނީ މި ފިލްމަށް ކަނޑި އެ ކުރާ މަސައްކަތަށް އޮތް އިތުބާރުގެ ބޮޑުކަމުންނެވެ.

"ހައްދު" ގެ މަންޒަރެއް ކެލާގައި ނަގަނީ.

"ހައްދު" ގެ މަންޒަރެއް ކެލާގައި ނަގަނީ.

ދެން އޮތީ ފިލްމުގެ ތަރިންގެ ވާހަކަ އެވެ. މަހުދީ އޭނާގެ ފޭސްބުކް ޕޭޖްގައި، ފިލްމުގެ ޒުވާން ބަތަލާ މަރިޔަމް އައްޒަގެ އެކްޓިން އަށް ވެސް ތައުރީފުކުރި އެވެ.

"އައްޒަ ވަނީ ވަރަށް ވަރުގަދަ ޕަފޯމަންސެއް ދައްކާފައި،"

"ހައްދު" އިން ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ އަހުމަދު ޝިބާންއަކީ އާ އެކްޓަރަކަށް ވާއިރު ނިސްބަތުން އޭނާގެ މަސައްކަތް ވެސް ރަނގަޅު ކަމަށް މަހުދީ ބުންޏެވެ.

ފައްތާހު ވަނީ "ހައްދު" އަކީ "ރީތި ފިރިހެނަކު" ސްކްރީނުން ފެންނާނެ ދިވެހި ފިލްމަކަށް ވާނެ ކަމަށް ބުނެފަ އެވެ.

އޭނާގެ އެ ވާހަކަތަކަށް ބާރު ދެމުން މަހުދީ ލިޔެފައިވާ ގޮތުގައި ޝިބާން ސްކްރީނުން ފެންނަ އިރު "އޭނާގެ ސިކްސް ޕެކް ފެނިފައި އެންމެން މޮޔަވާނެ" އެވެ.

"ހަމައެއާ އެކު އައްޒަ އާއި ޝިބާންގެ ކެމިސްޓްރީ ވަރަށް ފުރިހަމަ. އެ ދެ މީހުން އެކުގައި ފެންނަ މަންޒަރުތަކުން ތިއޭޓަރު ހޫނުކޮށްލާނެ،" މަހުދީ ބުންޏެވެ.

"ހައްދު" ގެ ޕޯސްޓަރެއްގައި އައްޒަ، ޝިބާން އަދި ރިޝްފާ.

"ހައްދު" ގެ ޕޯސްޓަރެއްގައި އައްޒަ، ޝިބާން އަދި ރިޝްފާ.

މިހާތަނަށް ފިލްމުގައި ޝޫޓްކޮށްފައިވާ މަންޒަރުތަކަށް އިޝާރާތްކޮށް، މަހުދީ ބުނީ އަލީ އާޒިމް (ދޮން އައްޔަ) އާއި ފައުޒިއްޔާ ހަސަން އަދި ފިލްމުގައި މަސައްކަތްކޮށްފައިވާ އެހެން އެކްޓަރުންގެ މަސައްކަތް ވެސް ވަރަށް ފުރިހަމަ ކަމަށެވެ.

މަހުދީ ބުނާ ގޮތުގައި "ހައްދު" ގެ އެންމެ ވަރުގަދަ އުސް އައްޔަކަށް ވާނީ މި ރޮމޭންޓިކް ޑްރާމާގެ ލަވަތަކެވެ.

"މީގެ ލަވަތައް އަބަދުވެސް ބެލުންތެރިންގެ ހިތްތަކުގައި ބިންވަޅު ނެގިފައި ހުންނާނެ،" މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ އަޑުން އިވިގެން ދާނެ ލަވަތަކާ ބެހޭ ގޮތުން މަހުދީ ބުންޏެވެ.

ވާދޫގައި "ހައްދު" ގެ ބައެއް ކާސްޓުންނާއި ކްރޫ.

ވާދޫގައި "ހައްދު" ގެ ބައެއް ކާސްޓުންނާއި ކްރޫ.

"ހައްދު" އަކީ ފައްތާހާއި ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

ބޮޑު ކާސްޓެއް ފެނިގެންދާ މި ފިލްމުގެ މަސައްކަތް އަދި ކުރިއަށް އޮތީ އެވެ. އައްޒަ އާއި ޝިބާންއާ އެކު "ހައްދު" ގެ ވަރަށް މުހިއްމު ރޯލަކުން އައިމިނަތު ރިޝްފާ ވެސް ފެނިގެން ދާނެ އެވެ.