13 އެޕްރީލް 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސެއިން ކްރިމިނަލް ކޯޓުގައި މާފަށް އެދިވަޑައިގަތުމުން، ޝަރީއަތުގެ މަޖިލީހަށް ވަންނަން މިއަދު ހުއްދަ ދީފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސެއިން ކްރިމިނަލް ކޯޓުގައި މާފަށް އެދިވަޑައިގަތުމުން، ޝަރީއަތުގެ މަޖިލީހަށް ވަންނަން މިއަދު ހުއްދަ ދީފި އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާ އާ ގުޅިގެން އޭނާގެ ވަކީލެއްގެ ހަމަޖައްސާފައިވާ ހިސާން ކްރިމިނަލް ކޯޓަށް މިއަދު ހެނދުނު ވަޑައިގަތުމުން ޝަރީއަތުގެ މަޖިލީހަށް ވެންނެވުން މަނާކުރި އެވެ. އެގޮތަށް ކޯޓުން ނިންމީ ގާސިމްގެ ބަންދުގެ މައްސަލާގައި އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކަމަށް ކޯޓުން ބުނި ކަމަށް ހިސާން ވިދާޅުވި އެވެ.
ހިސާން ނޫސްވެރިންނަށް ވިދާޅުވީ އިއްޔެގެ ޕްރެސް ކޮންފަރެންސެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން ރައްޔިތުންގެ ހިތުގައި ކޯޓާ ދޭތެރޭގައި ނުބައި ތަސައްވަރެއް އުފެދިގެންދާ ކަމަށް ކޯޓުން މިއަދު ހެނދުނު ބުނެފައިވާ ކަމަށެވެ.
ގާސިމްގެ ދައުވާއާ ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން ވިދާޅުވެފައި ވަނީ މިއަދު ބާއްވާ ޝަރީއަތުގައި ގާސިމަށް "ވާނުވާ ޖަހާނެ" ގަބޫލުކުރެއްވޭ ކަމަށެވެ.
"އަޅުގަނޑު ދެންނެވިން އެއީ އެއްގޮތަކަށް ވެސް އަޅުގަނޑުގެ މަގްސަދު ނޫން ކަމަށް. އުސޫލެއްގެ ގޮތުން އަޅުގަނޑު ކޯޓުތަކަށާއި ގާޒީންނަށާއި ފަނޑިޔާރުންނަށް އިހްތިރާމްކުރާކަން. އެހެންވެ އަޅުގަނޑު އެކަމަށް މާފަށް އެދުމުން އަޅުގަނޑުގެ މާފް ގަބޫލުކޮށް، އަޅުގަނޑު އަލުން ވަކާލާތު ކުރުމުގެ ހުއްދަ ދެއްވީ،" ހިސާން ވިދާޅުވި އެވެ.
އޭނާގެ މައާފް ކްރިމިނަލް ކޯޓުން ގަބޫލުކުރީތީ، ގާސިމްގެ އެހެން ވަކީލުން ވަނީ ކްރިމިނަލް ކޯޓަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓައިދޭން ދައުލަތުން އެދުނެވެ. ނަމަވެސް ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު ގާޒީ އާދަމް އާރިފް މިއަދު ނިންމެވީ ގާސިމް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
ގާސިމްގެ ފުރާނައަށް ނުރައްކާ، ބޭރަށް ފޮނުވަދީ؛ ވަކީލު
ކަރެކްޝަނުން ވަނީ ކޯޓުގެ ހުރުމަތް ކަނޑާފައި: ވަކީލުން
ގާސިމްގެ ވަކީލުންގެ ސިޓީއެއް ކްރިމިނަލް ކޯޓަށް
ގާސިމްގެ މައްޗަށް އަލުން ދައުވާއެއް ނުކުރެވޭނެ: ހިސާން
"އަސާސީ ހައްގުތަކުން ގާސިމް ވަނީ މަހްރޫމްކޮށްފައި"
މާދަމާ ޝަރީއަތް ފަށަނީ ގާސިމް ބަންދު ކުރަން: ވަކީލުން
ގާސިމް ހައްޔަރުކުރި މައްސަލާގައި ޕީޖީ ހިމޭނުން!
ބިލާ މެދު އިބިލީހާ މަޝްވަރާކުރާކަށް ނުޖެހޭ: ބޮންޑޭ
މިއީ ސިހުރުގެ ގޮށްތައް މޮހެވެން ފެށި ދުވަސް: ގާސިމް
ހިސާން ހާޒިރުކުރީ އިއްޔެ ދެއްކެވި ވާހަކަތަކާ ގުޅިގެން