19 ޖުލައި 2018
ދަރިކަލުން ސިޔާދު ގާސިމް ޖަލު ބަންދުން ދޫކޮށްލުމާ އެކު "މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށުނު ދުވަސް ކަމަށް" އިދިކޮޅު ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ދަރިކަލުން ސިޔާދު ގާސިމް ޖަލު ބަންދުން ދޫކޮށްލުމާ އެކު "މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށުނު ދުވަސް ކަމަށް" އިދިކޮޅު ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައި ދައުވާ އުފުލައި، އަދި ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓި ސިޔާދު ދޫކޮށްލީ ޝަރުތުތަކެއް ކުރިމަތިކޮށްފަ އެވެ.
ޖަލުގައި ހުންނަވާތާ ފަސް މަސް ވީ ފަހުން އެ ބަންދުން ދަރިކަލުން މިނިވަންވުމާ އެކު ކުރެއްވި ޓްވީޓެއްގައި ގާސިމް ވިދާޅުވީ ސިޔާދު މިނިވަންވުމަކީ ލިބުނު އުފަލެއް ކަމަށާއި ހައްގުގެ މަގަށް އެޅުނު ފިޔަވަޅެއް ވެސް ކަމަށެވެ.
"ﷲ ސުބުހާނަހޫ ވަތައާލާ، މިފަދަ އިން ތިއްބެވި ހުރިހާ ބޭފުޅުން ސަލާމަތްކޮށްދެއްވާށި،" ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ޖަރުމަނުގައި ހުންނެވި ގާސިމްގެ ޓްވީޓް ނިންމާލައްވަމުން ލިއުއްވި އެވެ.
ގާސިމްގެ އިތުރުން އޭނާގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ) ވެސް ވަނީ ދޮންދަރިކަލުން "މިނިވަންވުމަކީ" ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރައްޔިތުންނަށް ވެސް ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
މިދިޔަ މަހު ޖޭޕީގެ ކައުންސިލަށް އިންތިހާބުވި ނަހުލާ އޭރު ވިދާޅުވެފައިވާ ގޮތުގައި އޭނާ ސިޔާސީ ދާއިރާއަށް ނުކުންނެވީ ސިޔާދާ މެދު ސަރުކާރުން ކަންތައް ކުރަމުންދާ ގޮތުންނެވެ.
InShaa Allah Miadhakee Aniyaaverikamuge Sihuruge gohthah mohenfeshunu dhuvas. Migothun Ibrahim Siyadh Qasim ah jaluge Aniyaaveri kamunminju vegendhiumakee Alhugadu menah libunu ufaleh Hagguge magahelhunu fiyavalheh. ASW mifadha in thihbevi hurihaa beyfulhun salaamaiy kohdhehvashi
— Qasim Ibrahim (@qasimibrahim) July 19, 2018
ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ޖަލު ބަންދުގައި ހުރި ސިޔާދު މިއަދު ދޫކޮށްލީ މާލެއިން ބޭރަށް ވަޑައިނުގަތުމަށް ޝަރުތުކޮށްފަ އެވެ.
ސިޔާދުގެ މައްޗަށް ދައުވާ އުފުލީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ފްލެޓެއް ބައްލަވައިގަތުމަށް 2.4 މިލިއަން ޑޮލަރު، ވިލާ ކުންފުނިން ދިން ލިއުމުގައި ސޮއިކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ. އެކަމަކު އޭނާ ދޫކޮށްލުމުގެ ސަބަބެއްގެ ގޮތުގައި ކޯޓުން ކަނޑައެޅީ، ސިޔާދު ރިޝްވަތު ދެއްވިކަން ސާބިތުކުރަން ހުށަހަޅަން ޖެހޭ ލިއުން ޕްރޮސެކިއުޓަ ޖެނެރަލްގެ ފަރާތުން މިއަދުގެ އަޑުއެހުމަށް ހުށަނޭޅުމުންނެވެ.
ދައުލަތުން ކުރިންސުރެ ބުނަމުން އަންނަނީ ދެ ފަނޑިޔާރުންގެ ނަމުގައި ބުކް ކޮށްފައިވާ ފްލެޓަށް ފައިސާ ދެއްކި ކަމުގެ ލިޔުން ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Alhamdhlillah. @IbrahimQasim minivan vumaky alhugandu mennah libunu varah bodu kaamiyaabeh. Aaila ah libunu nuhanu bodu ufaleh. Adhi rayyithunnah libunu ithuru ummeedheh....
— Aishath Nahula (@aishath_nahula) July 19, 2018
އައިޝާ ކުރެއްވި ޓްވީޓް--
ބަންދުން ސިޔާދު ދޫކޮށްލަން ކޯޓުން ކުރި ޝަރުތުތަކުގެ ތެރޭގައި މާލޭ ސަރަހައްދުން ބޭރަށް ވަޑައިނުގަތުމާއި ފޯނުގެ ސިމް ބަދަލުކޮށްފި ނަމަ އެކަން ކޯޓަށް އެންގުން ވެސް ހިމެނެ އެވެ.
"ސިޔާސީ ދާއިރާއަށް ނުކުތީ ސިޔާދަށް އަނިޔާ ދޭތީ"
ގާސިމް ނޭނގި ފާޑުކިޔާތީ ނަހުލާ ދެރަވޭ
އެއްވެސް ކުލައަކަށް ނަފްސު ވިއްކާނުލާތި: ނަހުލާ
ޖޭޕީގެ ލީޑަރު ކަމަށް ގާސިމް ކުރިމަތިލައްވައިފި
އެދުމަކީ ގާސިމްގެ ފިކުރު ގެންގޮސްދިނުން: ނަހުލާ
ގާސިމްގެ ހެޔޮކަން އުފަންދުވަހުގެ ޓުވީޓަކުން
ޖޭޕީއަށް ގޮންޖެހުމެއް ނެތް، މިސްރާބު އިންތިހާބަށް!
ޖޭޕީގެ ދަތުރުތައް އިތުރުކުރަންޖެހޭ: ނަހުލާ
ނަހުލާއަށް މަގާމު ލިބުނީ ގާބިލްކަމުން: ގާސިމް
އަލީ ވަހީދާ މެދު ގޮތެއް ނިންމަވާނީ ރައީސް: ގާސިމް