11 މެއި 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް ބޮޑެތި ޝަރުތުތަކެއް ކޮށް، ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި އަސާސީ ހައްގުތަކުން ގާސިމް މަހްރޫމްކޮށްފައިވާ ކަމަށް ގާނޫނީ ބައެއް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް ބޮޑެތި ޝަރުތުތަކެއް ކޮށް، ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި އަސާސީ ހައްގުތަކުން ގާސިމް މަހްރޫމްކޮށްފައިވާ ކަމަށް ގާނޫނީ ބައެއް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި 19 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ކޯޓުން ދޫކޮށްލީ ހަތް ޝަރުތެއް ކުރުމަށްފަހު އެވެ. އޭނާ ދޫކޮށްލީ އެންމެ ފަހުން އިތުރު ކޮށްދިން ހަތަރު ދުވަހުގެ މުއްދަތު އިއްޔެ ހަމަވާތީ ކޯޓަށް ގެންދިއުމުންނެވެ. އެންމެ ފުރަތަމަ އިތުރުކޮށްދިން 15 ދުވަހުގެ މުއްދަތަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
ބައެއް ވަކީލުން ވިދާޅުވި ގޮތުގައި ގާސިމަށް ކުރި ޝަރުތުތަކަކީ ގާނޫނުއަސާސީގެ 49 މާއްދާއާ ހިލާފު ޝަރުތުތަކެކެވެ. އަދި ގާސިމް "މާފަންނުވިލާ"ގައި ހުންނެވި ނަމަވެސް އޭނާ ހުންނެވީ "މިނިވަންކަންމަތީގައި" ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އެ ވަކީލުން ވިދާޅުވި އެވެ.
1- ތަހުގީގަށް އެއްބާރުލުން ދެއްވުން
2- ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރާއްޖޭން ބޭރުން ވަޑައިނުގަތުން
3- މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވެވުން
4- ހެކި ގެއްލިދާ ފަދަ އެއްވެސް ކަމެއް، ހެއްކަށް ނުފޫޒު ފޯރުވާ ފަދަ ކަމެއް ނުކުރެއްވުން
5- މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދައާ ހަމަނުޖެހުން އުފެދޭ ވާހަކަތައް ނުދެއްކެވުން
6- ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުން
7- ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުން
ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ މައްޗަށް ޖިނާއީ ކޯޓުން ޝަރުތުކުރުމާ ގުޅިގެން އޭނާ އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނިންމި ގަޒިއްޔާގައި ފާހަގަކުރި ޝަރުތުތައް ފިޔަވައި އެހެން ޝަރުތެއް ކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކުރެވޭ ޝަރުތުތަކެއް ކަން ހައި ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
ކުނޫޒްގައި އޮތް ޖަލްސާއެއްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ކެންދޫ ދާއިރާގެ މެންބަރު ހަސަން ލަތީފް ސަލާމް ކުރައްވަނީ .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ގަޒިއްޔާގައި ފާހަގަކުރި ޝަރުތުތަކަކީ "ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދު"ގެ ނުވަ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމެވެ. އެއީ އެ މީހަކު ރަށުން ބޭރަށް ފުރައިގެން ނުދިއުމާއި ވަކި ސަރަހައްދަކަށް ނުދިއުމުގެ ޝަރުތާއި ކަނޑައެޅޭ ވަކި ވަގުތެއްގައި ވަކި އިދާރާއަކަށް ހާޒިރުވެ ސޮއިކުރުމާއި އުޅޭ އެޑްރެހާއި ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ އެކަން އެންގުމެވެ. އެ ހަތަރު ޝަރުތުތައް ފިޔަވައި އެހެން ޝަރުތުތައް ނުކުރެވޭނެ ކަމަށް އެ ވަކީލުން އިއްތިފާގުވެވަޑައިގަންނަވަ އެވެ.
އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ ވެރިންނާ މެދު ނުތަނަވަސް ވާހަކަ ދެއްކުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެންވެ، ގާނޫނުއަސާސީއާ ހިލާފަށް ގާސިމްގެ އެއްވެސް މިނިވަން ކަމެއް ނުހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާސިމްގެ އަސާސީ ހައްގުތައް ކްރިމިނަލް ކޯޓުން ވަނީ ހިފަހައްޓައިފަ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި މުދާ ބޭނުން ކުރުމުގެ މިނިވަން ކަމެވެ.
"އަސާސީ ހައްގުތަކުން މަހްރޫމްކޮށްފައި (ގާސިމް) އެ ހުންނެވީ. ވަރަށް ގިނަ ހައްގުތަކެއް ހިފަހައްޓާފައި. ގެއަށް ދޫކޮށްލާފައި ހުއްޓަސް، ގާސިމް މިނިވަން ކުރި ކަމަކަށް ގަބޫލު ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ބައެއް ވަކީލުން މިއަދު ވިދާޅުވި ގޮތުގައި ގާސިމަށް ކުރި ޝަރުތުތަކަކީ މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހުއްޓުމެއް ގެނައުމަށް ކުރި ޝަރުތުތަކެކެވެ. ސިޔާސީ ޕާޓީތަކާއި ސިޔާސީ ހަރަކާތްތައް ހިންގުމާއި އެއްވެ އުޅުމުގެ މިނިވަން ކަން ފަދަ ހައްގުތަކަކީ ކޯޓުތަކަށް ނިގުޅައިގަނެވޭނެ ހައްގުތަކެއް ނޫން ކަމަށް ވެސް އެ ވަކީލުން ވިދާޅުވި އެވެ.
"ގާނޫނުއަސާސީން ތަންދޭ ޝަރުތުތަކެއް ނޫން ކޯޓުން ކުރީ، ކުނޫޒުގައި ސިލްސިލާ ގޮތެއްގައި ބާއްވާ ޖަލްސާތަކަށް ހުރަސް އަޅަން ކުރި ކަމެއް މިއީ،" ވަކީލަކު ވިދާޅުވި އެވެ.
ގާސިމް ދޫކޮށްލަން އަމުރު ކުރިއިރު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ދައުވާކޮށް، ޝަރީއަތް ވަނީ ފަށައިފަ އެވެ. އެ މައްސަލާގައި ތިން ދައުވާއެއް ގާސިމަށް ކުރެ އެވެ.
މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު މައްސަލާގައި ވެސް ގާސިމް ހައްޔަރުކުރި އެވެ. އެކަމަކު އެ މައްސަލާގައި އޭނާ ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލަން ހައި ކޯޓުން އެންގީ މެމްބަރުންގެ އިމްތިޔާޒްގެެ ގާނޫނާ ޚިލާފަށް އޭނާ ހައްޔަރު ކޮށްފައިވާތީ އެވެ. ފަހުން އޭނާ ހައްޔަރުކުރީ އިމްތިޔާޒްގެ ގާނޫނުގައި ބުނާ އިޖްރައާތުތައް ފުރިހަމަ ކުރުމަށް ފަހު އެވެ.
ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ބޮޑެތި ޝަރުތުތަކާ އެކު، އިދިކޮޅު ކޯލިޝަނުން ވަނީ ގާސިމްގެ މަސްލަހަތު އޮންނަ ކުނޫޒުގައި ޖަލްސާތައް ބޭއްވުން ހުއްޓާލައިފަ އެވެ. އެހެންވެ، ރެއިން ފެށިގެން އިދިކޮޅު ފަރާތްތަކުން ޖަލްސާތައް ބާއްވަނީ އެމްޑީޕީ ހަރުގޭގަ އެވެ.
ގާސިމްގެ ވަކީލުންގެ ސިޓީއެއް ކްރިމިނަލް ކޯޓަށް
މާދަމާ ޝަރީއަތް ފަށަނީ ގާސިމް ބަންދު ކުރަން: ވަކީލުން
ޖޭޕީން ހުޅުވާލީ ކުރިއަށް ދާނެ އާ މަގެއް: އަލީ
ހައްގުތައް ދޫކޮށްނުލާ، ނޫނީ ދޫކޮށްލެވޭނީ މިނިވަންކަން
ކަރެކްޝަނުން ވަނީ ކޯޓުގެ ހުރުމަތް ކަނޑާފައި: ވަކީލުން
ގާސިމް ބޭރަށް ނުފޮނުވުމަކީ ލަދުވެތިކަމެއް: ވަކީލުން
ގާސިމާ މެދު އަމަލުކުރަނީ ހެޔޮ ނިޔަތަކު ނޫން: ޖޭޕީ
ގާސިމަށް ކުރިމަތިވީ ހާޒިރުނުވެވޭ ބައްޔެއް ނޫން: ކޯޓު
ގާސިމް ގޭބަންދަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި
ގާސިމް ފުރުވާލުން ލަސްވާތީ އާއިލާ އިން ކަންބޮޑުވެއްޖެ