12 އެޕްރީލް 2017
ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރެއްވުން ހުއްޓާލައްވައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާ ދާދި ފަހުން ގުޅިވަޑައިގެންނެވި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ޅިޔަނު ޝަޒައިލް ސިޔާމް، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރެއްވުން ހުއްޓާލައްވައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާ ދާދި ފަހުން ގުޅިވަޑައިގެންނެވި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ޅިޔަނު ޝަޒައިލް ސިޔާމް، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ގއ. ވިލިނގިލީ ކަނޑުފެހި، ޝަޒައިލް ސިޔާމް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކިކުރި ސަބަބެއް ބުނެފައެއް ނުވެ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ޝަޒައިލް ވިދާޅުވީ މަގާމުން ވަކިކުރިޔަސް މިނިސްޓްރީގައި އެއްވެސް މައްސަލައެެއް ނުޖެހޭ ކަމަށާއި ހަވާލުކުރި މަސައްކަތްތައް ވެސް ރަނގަޅަށް އަދާކުރައްވައިފައިވާނެ ކަމަށެވެ.
"އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް މި ސަރުކާރަށް ހިދުމަތް ކުރަމުން މި ދިޔައީ. އެކަމާ އަޅުގަނޑު އުފާކުރަން. މައްސަލައެއް ނުޖެހި މަގާމުން ވަކިކުރީމަ ގަބޫލު ކުރެވެނީ، ސައުދުގެ ޅިޔަނަކަށް ވުމުން ވަކިކުރީ ކަމަށް،" ޝަޒައިލް ވިދާޅުވި އެވެ.
ޝަޒައިލް ވަނީ 2013 ވަނަ އަހަރު ކޫއްޑޫ ފިޝަރީޒްްގެ ޗެއާމަންކަން ވެސް ކުރައްވައިފަ އެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކުރެއްވި އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ޓޫރިޒަމް މިނިސްޓްރީގަ އެވެ.
މަބްރޫކް ރައީސް އޮފީހުގެ އިިސް މަގާމަކަށް
ކޮލިފިކޭޝަން އޮތޯރިޓީއަށް ހަންނާން،ޕޮލިޓެކްނިކަށް ނާސިރު
ސިޔާސީ މަގާމުތައް މަދުކުރަން ފަށައިފި
ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 150 އިން މައްޗަށް!
ޑެޕިއުޓީ މިނިސްޓަރުކަމަށް 26 ބޭފުޅަކު އައްޔަންކޮށްފި
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް ކަމަށް މާމިގިލި އިބޫ
ފިޝަރީޒް މިނިސްޓްރީއަށް އިތުރު ޑެޕިއުޓީ މިނިސްޓަރެއް
ފިޝަރީޒް މިނިސްޓްރީއަށް ޑެޕިއުޓީ މިނިސްޓަރެއް
ހެލްތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފި
ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް