11 އެޕްރީލް 2017
ވެލެންސިއާ އަކީ ރީތި ފުޓްބޯޅައެއް ކުޅެން މަސައްކަތްކުރާ ޓީމަކަށްވާތީ އެ ޓީމާ ދެކޮޅަށް ކުޅެން ވަރަށް ފަސޭހަ ކަމަށް އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ވެލެންސިއާއާ ދެކޮޅަށް ނުކުންނަ ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.
ވެލެންސިއާ އަކީ ރީތި ފުޓްބޯޅައެއް ކުޅެން މަސައްކަތްކުރާ ޓީމަކަށްވާތީ އެ ޓީމާ ދެކޮޅަށް ކުޅެން ވަރަށް ފަސޭހަ ކަމަށް އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ވެލެންސިއާއާ ދެކޮޅަށް ނުކުންނަ ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.
މި މެޗާ ކުރިމަތިލާއިރު އީގަލްސް އޮތީ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ވެލެންސިއާ ތިން މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
"ވެލެންސިއާ އަކީ ދެ ޕާހެއް ޖަހާލާފައި ގޮސް ގޯލް ޖަހަން އުޅޭ ޓީމެއް ނޫން. އެއަށް ވުރެ ރީތި ފުޓްބޯޅައެއް ކުޅެން މަސައްކަތްކުރާ ޓީމެއް އެއީ. ވެލެންސިއާއާ ދެކޮޅަށް ކުޅެން މީގެ ކުރިން ވެސް އުނދަގުލެއް ނޫން. އެހެންވެ މާދަމާ ވެސް އެ ޓީމާ ދެކޮޅަށް ކުޅެން ފަސޭހަވާނެ،" ސާންތީ ބުންޏެވެ. "އަބަދުވެސް ރީތި ކުޅުމެއް ކުޅެން އުޅޭ ޓީމުތަކާ ދެކޮޅަށް ކުޅެން ފަސޭހަވާނެ."
އޭނާ ބުނީ މިވަގުތު ތާވަލުގެ ފަހަތުގައި ވެލެންސިއާ އޮތް ނަމަވެސް އެ ޓީމަކީ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ތިބި ވަރުގަދަ ޓީމެއް ކަމަށެވެ.
"އެގޮތުން ވެލެންސިއާ މެޗު ފަސޭހެއްނުކުރާނެ އީގަލްސް އިން. ވެލެންސިއާއާ މެދު ދެކެނީ ވަރުގަދަ ޓީމެއްގެ ގޮތުގައި،" ސާންތީ ބުންޏެވެ.
ސާންތީ ބުނީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އަހުމަދު ނާޝިދު (ނައްޓޭ) އާއި އާއިލާ ސަބަބަކާ ހެދި ޓީމާ ދުރުގައި ހުރި އަހުމަދު ރިޒްވާން (ރިޒޭ) އަށް މާދަމާ ކުޅެވުމެވެ.
"އެ ދެ ކުޅުންތެރިން ޓީމާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. އެކަމަކު ސްރީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ ފިޔަވައި ދެން ތިބި ބިދޭސީ ކުޅުންތެރިން ނުފެންނާނެ. އެ ކުޅުންތެރިންގެ ފެންވަރާ މެދު އަޅުގަނޑުމެން އެހާ ހިތްހަމައެއް ނުޖެހޭ. ޓީމުގައި ތިބި ދިވެހި ކުޅުންތެރިންނާ ބަލާއިރު އެ ކުޅުންތެރިންގެ ފެންވަރެއް ތަފާތެއް ނޫން. ޓްރާންސްފާގައި މަސައްކަތްކުރާނަން އެ ކުޅުންތެރިން ރިޕްލޭސް ކުރަން،" ސާންތީ ބުންޏެވެ.
އެ ދެ ކުޅުންތެރިންކީ މިސްރުގެ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި ކުޅެފައިވާ މަހްމޫދު ސައީދާއި ނެދަލެންޑް ފޯވާޑް ޑޮނޮވަން ޑީކްމަން އެވެ. ދެން ހިމެނޭ މިސްރު ޑިފެންޑަރު މުހައްމަދު މަގްދީ އަކީ މިދިޔަ ސީޒަނުގައި ވެސް އީގަލްސް އަށް ކުޅުންތެރިޔެކެވެ.
ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ސީޒަނުގެ ކުރީކޮޅު ވެލެންސިއާ އަށް ދިމާވި މައްސަލަތައް ވަރަށް ބޮޑަށް ހައްލުވެއްޖެ ކަމަށާއި މާދަމާ ރަނގަޅު ނަތީޖާއަކަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށެވެ.
"ވެލެންސިއާ އަބަދުވެސް ނުކުންނާނީ ދެވޭ އެންމެ ކުރިއަކަށްދާން. ޓީމުގައި ހުރި މައްސަލަތައް ހައްލުވެއްޖެ ވަރަށް ބޮޑަށް. ނިއު ރޭޑިއަންޓް އަތުން ބަލިވި މެޗުގައި ވެސް ދިމާވި މައްސަލައަކީ ލަނޑު ނުޖެހުން. އެކަމަށް ވެސް އަޅުގަނޑުމެން ޕްރެކްޓިހުގައި މިވަނީ މަސައްކަތްކޮށްފައި. އެހެންކަމުން އީގަލްސް އަތުން މޮޅަކަށް އުއްމީދުކުރަން،" ފެސްކޯ ބުންޏެވެ.
އީގަލްސް އަށް ޕްރެޝަރު އެބައޮތް: ސާންތީ
ވެލެންސިއާ އަތުން އީގަލްސް އަށް ތަފާތު ބޮޑު މޮޅެއް
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
ގްރީން އަށް ދެ ވަނަ، އީގަލްސް ކަޓައި ޓީސީ ލީގަށް
ފަހު މެޗުން ވެލެންސިއާ އަށް ލީގުގެ ފުރަތަމަ މޮޅު
ކުރިން މަހިބަދޫ އަށް ކުޅުނު އެންޑަސަން އީގަލްސް އަށް
އަނިޔާއަށް ފަހު ނޫމާން އެނބުރި އަތުވެއްޖެ
ވިކްޓަރީ މޮޅުވެ ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެއްޖެ
ނެގި ވިލާގަނޑުން ފެންފޮދެއް ނުލިބުނު: ސުޒޭން
ފަހު މެޗުން މޮޅުވާން ނިއު އަށް މަޖުބޫރުވެއްޖެ