29 މާޗް 2017
މި އަންހެންކުއްޖާއަށް އޭނާގެ ދެ އަތް އެކަށީގެންވާ ގޮތަކަށް ހަރަކާތެއް ނުކުރެވެ އެވެ. ނަމަވެސް ދެ އަތުގެ ބޭނުން ނުކުރެވުމަކީ އޭނާ ބޭނުންވާ ކަންތައްތައް ހާސިލުކުރުމަށް އޮތް ހުރަހަކަށް ވާކަށް ވެސް މި ކުއްޖާ ބޭނުމެއް ނޫނެވެ. އެހެންވެ އޭނާ އިމްތިހާނު ކަރުދާހުގައި ލިޔުނީ ފައިގެ އިނގިލިތަކުން ގަލަމުގައި ހިފަހައްޓައިގެން، ފައިންނެވެ.
މި އަންހެންކުއްޖާއަށް އޭނާގެ ދެ އަތް އެކަށީގެންވާ ގޮތަކަށް ހަރަކާތެއް ނުކުރެވެ އެވެ. ނަމަވެސް ދެ އަތުގެ ބޭނުން ނުކުރެވުމަކީ އޭނާ ބޭނުންވާ ކަންތައްތައް ހާސިލުކުރުމަށް އޮތް ހުރަހަކަށް ވާކަށް ވެސް މި ކުއްޖާ ބޭނުމެއް ނޫނެވެ. އެހެންވެ އޭނާ އިމްތިހާނު ކަރުދާހުގައި ލިޔުނީ ފައިގެ އިނގިލިތަކުން ގަލަމުގައި ހިފަހައްޓައިގެން، ފައިންނެވެ.
ފުރާވަރުގެ މި ކުއްޖާ ވަނީ މި އަހަރު އިންޑިއާގެ ބިހާރް ސްކޫލް އެގްޒެމިނޭޝަން ބޯޑުގެ އިމްތިހާނު ހަދާފަ އެވެ. އެއީ ގްރޭޑް 10 ނިންމާ ކުދިންނަށް ހަދަން ޖެހޭ އިމްތިހާނެވެ.
އަންކިތާ ކުމާރީ ނަމަކަށް ކިޔާ މި ކުއްޖާއަކީ އިންޑިއާގެ ސަރަން ޑިސްޓްރިކްޓްގައި އޮންނަ ބަނިއަޕޫރް އަވަށުގައި ދިރިއުޅޭ ކުއްޖެކެވެ. އޭނާގެ އުމުރުން ފަސް އަހަރުގައި ޕޯލިއޯ ޖެހި ދާއިމީ ނުކުޅެދުންތެރިކަމެއްގައި އުޅެން ޖެހުނެވެ.
އޭނާގެ ދެ އަތް ރަނގަޅަކަށް ހަރަކާތެއް ނުކުރެ އެވެ. ވާހަކައެއް ވެސް ނުދެއްކެ އެވެ. ނަމަވެސް މިއީ ތައުލީމު ހާސިލުކުރުމަށާއި އިމްތިހާނުތައް ހެދުމަށް އޮތް ހުރަހެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.
އިމްތިހާނު އޮތް ސްކޫލަށް މި ކުއްޖާ ގޮވައިގެން ދިޔައީ އޭނާގެ މާމަ އެވެ. އިމްތިހާނު ހޯލުގައި އޭނާ އިށީނީ ބިންމަތީގައި އޮތް ކާޕެޓް މަތީގަ އެވެ. އަދި ފައިގެ އިނގިލިތަކުން ގަލަމުގައި ހިފަހައްޓައިގެން އިމްތިހާނު ކަރުދާހުގެ ޖަވާބުތައް ދިނެވެ.
އަންކިތާގެ މި ހިތްވަރާއި އަޒުމަކީ އޭނާގެ އެކުވެރިންނަށް ވެސް ވަރަށް ބޮޑު ހައިރާންކަމަކާއި އުފަލެއް ލިބޭ ކަމެކެވެ. އަދި އިމްތިހާނު ހޯލު ބަލަހައްޓަން ތިބި އިންވިޖިލޭޓަރުން ވެސް މި ކުއްޖާ ކިޔެވުމަށް ކުރާ މަސައްކަތަށް ތައުރީފު ކުރި އެވެ.
"އޭނާގެ ކުރިމަގު ވަރަށް އުޖާލާ. އެއްދުވަހަކުން އޭނާއަށް ރަނގަޅު ވަޒީފާއެއް ވެސް ލިބޭނެ،" އިންވިޖިލޭޓާ ރޫޕާ ކުމާރީ ގަލްފް ނިއުސް އަށް ބުނެފައިވެ އެވެ.
"އަޒުމެއް އޮތިއްޔާ މަގެއް ފެންނާނެކަން މި ކުއްޖާ މި ހާމަކޮށްދިނީ،" ރޫޕާ ބުންޏެވެ.
"ނުކުޅެދޭ ފަރާތްތަކަށް ދޭ ފަރުވާތައް އިތުރު ކުރާނަން"
ސައިން ލެންގްއޭޖް ކޯސްތައް ރަށްރަށުގައި ހިންގަނީ
ދެ އަތް ނެތަސް މިއީ މޮޅު ފެހުންތެރިއެއް
އައިބު ސިފަތައް ހުރުމުން އެއްލާލި ކުއްޖާ ހިނިތުންވެފައި
ބަރު ދަބަހުން މައިބަދަ އަށް ގެއްލުން
ނުކުޅެދުންތެރިންނަށް ހިލޭ ތައުލީމްދޭ އިސްލާހު ބޭރުކޮށްފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި
ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ހަމަޖައްސަނީ
އިންޑިއާއިން ބޭސް ކުންފުނިތަކުގެ ގަވައިދު ހަރުކަށިކޮށްފި