ދ. އަތޮޅު ކައުންސިލަށް ދީފައިއޮތް މިނިމަސްގަލި، އަހަރަކު ދެ ލައްކަ ރުފިޔާގެ ކުއްޔަކަށް 21 އަހަރަށް ދީފި އެވެ.
04 ސެޕްޓެމްބަރ 2025
ދ. އަތޮޅު ކައުންސިލަށް ދީފައިއޮތް މިނިމަސްގަލި، އަހަރަކު ދެ ލައްކަ ރުފިޔާގެ ކުއްޔަކަށް 21 އަހަރަށް ދީފި އެވެ.
މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދ. އަތޮޅު ކައުންސިލަށް އެ ރަށް ދިނީ އެ އަތޮޅުގައި ޓޫރިޒަމްގެ ވިޔަފާރި ހިންގަމުން އަންނަ ޔަޝް އެގްޒޮޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑަށް، މިދިޔަ ޖެނުއަރީ މަހު ކަމަށް ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.
އިއުލާނުގައި ވަނީ މިނިމަސްގަލި ބެލެހެއްޓުން ޔަޝް އެގްޒޮޓިކް އައިލެންޑާ ހަވާލުކޮށްފައި ވާތީ އެ ކުންފުނީގެ ހުއްދަ ނެތި އެރަށަށް އަރައި ފޭބުމަކީ މަނާކަމެއް ކަމެއްކަން އަންގައިފަ އެވެ.
ދ. އަތޮޅު ރައީސް އަހުމަދު ޝަފީއު "މިހާރު" އަށް ވިދާޅުވީ ސަރުކާރުން ހަވާލުކޮށްފައިވާ އުސޫލުގެ ތެރެއިން ތިން ފަހަރެއްގެ މަތިން އިއުލާން ކޮށްގެން، ޝައުގުވެރިކަން ފާޅުކުރީ އެ ކުންފުނިން އެކަނި ކަމަށެވެ.
އެ ރަށް ކުއްޔަށް ދޫކުރީ ދަނޑުވެރިކަމުގެ ބޭނުމަށް ކަމަށާއި އިކުއިޒިޝަން ފީގެ ގޮތުގައި ކައުންސިލަށް 3.9 މިލިއަން ރުފިޔާ އެ ކުންފުނިން މިހާރު ޖަމާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލުން އެ ފައިސާ ހަރަދުކުރަން ނިންމާފައި ވަނީ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި މުއައްސަސާތަކަށް ހަރަދު ކުރުމަށް ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
"ރައްޔިތުންނާ ގުޅުންހުރި ކަންކަން ކޮށްދިނުމަށް އަޅުގަނޑުމެން އެ ފައިސާ ހަރަދުކުރަން ނިންމާފައި ވަނީ. އެގޮތުން ކޮންމެ ސްކޫލަކަށް ބަގީއެއް. ކޮންމެ ކައުންސިލަކަށް މީހުން އުފުލޭ ކަހަލަ ބަގީއެއް ދިނުމަށް މިހާރު ވަނީ ނިންމާފައި. ބައެއް ސަރުކާރު އިމާރާތްތައް މަރާމާތުކުރުން ކަހަލަ ކަންކަން ކުރުމަށް ވެސް،" އޭނާ ވިދާޅުވި އެވެ.
ޖެނުއަރީ މަހު އެ އަތޮޅު ކައުންސިލަށް މިނިމަސްގަލީގެ އިތުރުން ފެންފުށި ވެސް ވަނީ ދީފަ އެވެ. ޝަފީއު ވިދާޅުވީ އެ ރަށް ބޭނުންކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށެވެ.
އަލުވިފުށީގައި ހަދާ ރިސޯޓު އޮކްޓޯބަރު މަހު ހުޅުވަނީ
ދުނިޔޭގެ ސްޕާތަކުގެ އެވޯޑު ދިނުން މިފަހަރު ވޮއްމުލީގައި
ސެއިންޓްރެޖިސް ޓޫރިސްޓުންނަށް ހުޅުވާލައިިފި
ސެއިންޓް ރެޖިސް ވޮށްމުލި ސެޕްޓެމްބަރު 1 ގައި ހުޅުވަނީ
ދ. ކަނޑިންމައިގައި ހަދާ ރިސޯޓް ހުޅުވަނީ
ނިލަންދޫގައި ޓޫރިސްޓު ހޮޓަލެއް ހިންގާނެ ބަޔަކު ހޯދަނީ
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ވެލަޔާއި ކޯމަހާ އެކު އަނަންޔާ ރާއްޖޭގައި ފީނަނީ
ބްރައުން އިންވެސްޓުގެ ބާސެލޯ ލެގޫން ރިސޯޓު ވިއްކާލައިފި
ބ. އަތޮޅުގެ "ހިތް" ހަލާކުކޮށްލަން ދޫކޮށްނުލާ!