ދ. ކަނޑިންމާގައި ތަރައްގީކުރާ ރިސޯޓް އަންނަ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.
22 ޖޫން 2016
ދ. ކަނޑިންމާގައި ތަރައްގީކުރާ ރިސޯޓް އަންނަ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި، އެ ރިސޯޓް ތަރައްގީކުރާ ކުންފުންޏާ ހަވާލާދީ ބުނެފައި ވަނީ ކަނޑިންމަ މޯލްޑިވްސް އަކީ ރާއްޖޭގެ އެހެން ރިސޯޓްތަކާ ވަރަށް ތަފާތު ހިދުމަތްތަކެއް ލިބޭ ރިސޯޓަކަށް ވެގެންދާނެ ކަމަށެވެ.
ކަނޑިމަ ރިސޯޓްގެ ކޮޓަރިއެއް. ފޮޓޯ/ކަނޑިމަ ރިސޯޓް
ކުޑަހުވަދޫގައި އެއާޕޯޓް ވެސް ތަރައްގީކުރާ ރިއޯލޯ ގްރޫޕުން ތަރައްގީކުރާ ރިސޯޓަކީ އެންމެ މަތީ ފެންވަރަށް ތަރައްގީކުރާ ރިސޯޓެކެވެ. އެ ރިސޯޓް ހުޅުވާއިރު ރާއްޖޭގެ އެންމެ ބޮޑު ސުވިމިން ޕޫލް ވެސް އޮންނާނީ އެ ރަށުގަ އެވެ. އަދި ޖިމް އާއި ވޯޓާ ސްޕޯޓްސް އާއި މެރިން ބައިލޮޖީ ސްކޫލަކާއި ކިޑްސް ކްލަބެއްގެ އިތުރުން ކެއިން ބުއިމުގެ ހިދުމަތްދޭ އެންމެ ބޮޑު އެއް ރެސްޓޯރަންޓްތަކާއި ކެފޭތައް ވެސް ހުންނާނީ އެ ރަށުގައި ކަމަށް ބުނެފައިވެ އެވެ.
ކަނޑިމަ ރިސޯޓްގެ ކޮޓަރިއެއް. ފޮޓޯ/ކަނޑިމަ ރިސޯޓް
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ އެ ވެބްސައިޓްގައި ބުނެފައި ވަނީ ކަނޑިންމަ ހުޅުވޭއިރު އެ ރަށުގައި 11 ކެޓަގަރީއެއްގެ 274 ވިލާ ހުންނާނެ ކަމަށެވެ.
ތިން ކިލޯ މީޓަރުގެ ދިގު ރަށުގައި ގެސްޓް ވިލާތައް ހަދާފައި ވަނީ ޓޫރިސްޓުންނަށް އެންމެ ހިތްހަމަޖެހޭނެ ގޮތްތަކަށް ބަލައިގެން ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
އަލުވިފުށީގައި ހަދާ ރިސޯޓު އޮކްޓޯބަރު މަހު ހުޅުވަނީ
ދުނިޔޭގެ ސްޕާތަކުގެ އެވޯޑު ދިނުން މިފަހަރު ވޮއްމުލީގައި
ސެއިންޓްރެޖިސް ޓޫރިސްޓުންނަށް ހުޅުވާލައިިފި
ސެއިންޓް ރެޖިސް ވޮށްމުލި ސެޕްޓެމްބަރު 1 ގައި ހުޅުވަނީ
ބްރައުން އިންވެސްޓުގެ ބާސެލޯ ލެގޫން ރިސޯޓު ވިއްކާލައިފި
ދ. އަތޮޅު ކައުންސިލުން "މިނިމަސްގަލި" ކުއްޔަށް ދީފި
ކިހާދުއްފަރު ރިސޯޓަށް ސަރުކާރުން ފިޔަވަޅު އަޅަނީ
ގިނަ ލުއި ދޭތީ ރިސޯޓް ކުލި ނުދައްކަން ހިތްވަރު ލިބޭ
ޓޫރިޒަމަށް އިޝްތިހާރު ކުރެވޭނީ ހުއްދަ އޮތް ތަންތަން
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!