ސްޓެލްކޯގައި އިންޖިނިއަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
31 އޯގަސްޓް 2025
ސްޓެލްކޯގައި އިންޖިނިއަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
ރާއްޖޭގައި އިންޖިނިއަރުންގެ ދުވަސް ކޮންމެ އަހަރަކު ފާހަގަކުރަނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.
އިއްޔެއަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން ސްޓެލްކޯއިން އިންޖިނިއަރުންގެ ދުވަސް ފާހަގަކުރީ މިއަދެވެ.
ސްޓެލްކޯގެ އިންޖިނިއަރުންނަށް ހާއްސަކޮށް ބޭއްވި ހަފްލާގައި-- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ އިންޖިނިއަރިން ޑިޕާޓްމެންޓްގެ މުވައްޒަފުން އޮފީހަށް އައުމުން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ވަނީ އިންޖިނިއަރުންނަށް ހާއްސަ ހަފްލާއެއް ބާއްވައި ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފަ އެވެ.
އެ ހަފްލާގައި އެ ކުންފުނީގެ އިސް ވެރިންނާއެކު ވަނީ ކޭކެއް ވެސް ފަޅައިފަ އެވެ.
ސްޓެލްކޯގެ އިންޖިނިއަރުންނަށް ހާއްސަކޮށް ބޭއްވި ހަފްލާގައި ފެޅި ކޭކު-- ފޮޓޯ: ސްޓެލްކޯ
ރާއްޖޭގައި އިންޖިނިއަރުން ދުވަސް ފާހަގަކުރާ މިއީ ފުރަތަމަ އަހަރެވެ.
ރާއްޖޭގެ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު 30 ވަނަ ދުވަސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ހަމަޖެއްސެވީ ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ ސިނަމާލެ ބުރިޖް ހުޅުވި ދުވަހާ ދިމާކޮށެވެ.
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި
އާންމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލްކުރަނީ
ފަހުމީގެ ޝުކުރު ރައީސަށް
ސްޓެލްކޯއިން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި
އިންޖީނިއަރުންގެ ގައުމީ އެވޯޑު ދޭން ފަށަނީ
"މިދިޔަ އަހަރު ވެސް 17މެގަވޮޓު ކަރަންޓު އިތުރުކުރި"
މުހިންމު މަސައްކަތަކަށް މާދަމާ ކަރަންޓު ކަނޑަނީ
މާލެ، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި
ކަރަންޓު މައްސަލައިގެ ތަހުގީގަށް މައުލޫމާތު އެއްކޮށްފި
މާލެ އާއި ހުޅުމާލޭގެ ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފި