Roadha Mihaaru

ފިނޭންސްގެ ޕްލޭނިން އެޑްވައިޒަރަކަށް ހަމްދޫން ހަމީދު

ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ، ޕްލޭނިން އެޑްވައިޒަރަކަށް ކުރީގެ ޕްލޭނިން އެންޑް ނެޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ހަމްދޫން ހަމީދު ސަރުކާރުން އައްޔަންކޮށްފި އެވެ.

އެ މަގާމަށް ހަމްދޫން އައްޔަންކުރި ސީދާ ތާރީހެއް ސާފުނުވި ނަމަވެސް މިނިސްޓަރު ފެންވަރުގައި އެ މަގާމަށް މިހާރު އޭނާ އައްޔަން ކޮށްފައިވާކަން އެ މިނިސްޓްރީން ކަށަވަރު ކޮށްދިނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަން ކުރެއްވި ހަމްދޫން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.

މައުމޫންގެ ވެރިކަމުގެ އެންމެ ބޮޑު އެއް ހިއްސާދާރު އަދި އެޓޮލްސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ހަމީދުގެ ދަރިކަލުން ހަމްދޫން ބޮޑަށް ހާއްސަ ވެފައި ވަނީ ޕްލޭނިންގެ ދާއިރާއިންނެވެ.