23 މާޗް 2017
އެމްޑީޕީީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު އިތުރު 15 ދުވަސް ޖަހައިދީފި އެވެ.
އެމްޑީޕީީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު އިތުރު 15 ދުވަސް ޖަހައިދީފި އެވެ.
އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރު މިކުރީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ފުލުހުންނަށް ދިން އަށް ދުވަސް މިއަދަށް ހަމަވުމުންނެވެ.
ތޮއްޔިބު ހައްޔަރުކުރި ސިދާ ސަބަބެއް ފުލުހުން އަދިވެސް ނުބުނެ އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ހޮނިހިރުދުވަހުގެ ރޭ މާލޭގެ ހޮޓަލެއްގައި އިންދަ އެވެ.
ތޮއްޔިބަކީ ސަރުކާރަށް ފާޑުކިޔައި، ސޯޝަލް މީޑިއާގައި ތަފާތު މައުލޫމާތުތައް އާންމު ކުރަމުންދާ އެކްޓިވިސްޓެކެވެ. އޭނާ ހައްޔަރުކުރީ ވެސް ސައޫދީގެ ޝާހީ އާއިލާ އިން ފ. އަތޮޅުގައި ހިންގަން ނިންމާފައިވާ މަޝްރޫއާ ގުޅޭ ގޮތުން، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ބަޔަކާ ދެއްކެވި ވާހަކަތަކެއް ހިމެނޭ އޯޑިއޯއެެއް ޓްވިޓާގައި އާންމު ކުރަމުން ދަނިކޮށެވެ. އެ އޯޑިއޯ ލީކްކުރީ ވެސް ވެސް ތޮއްޔިބެވެ.
ތޮއްޔިބު ހައްޔަރުކުރުން، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ކުށްވެރިކޮށްފަ އެވެ.
ރާއްޖޭގެ ބައެއް ނޫސްވެރިންނާއި މީޑިއާތަކަށް ކުރިމަތިވި ބިރުދެއްކުމުގެ ބައެއް ހާދިސާތަކާއި ފ. އަތޮޅައި ކުރި މުޒާހަރާއަށް ހުރަސް އެޅުން ފާހަގަކުރަމުން އެ ޖަމާއަތުން ބުނީ ހައްޔަރުކޮށްފައި ހުރި ތައްޔިބަކީ "ޕްރިޒަނަ އޮފް ކޮންސައިންސް" އެއްގެ ގޮތުގައި އެމްނެސްޓީން ބަލައިގަންނަ ކަމަށެވެ. ތައްޔިބު ކުރި ކަމަކީ އޭނާއަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުންކުރުން ކަމަށް އެމްނެސްޓީން ދެކޭ ކަމަށާއި އެހެންވެ އޭނާ ވަގުތުން މިނިވަންކުރުމަށް އެ ޖަމާއަތުން ވަނީ ގޮވާލައިފަ އެވެ.
އެ ޖަމާއަތުން ބުނީ ޖިނާއީ އެއްވެސް ދައުވާއެއް ތައްޔިބުގެ މައްޗަށް ކުރާ ނަމަ އެކަން ހުއްޓާލަންޖެހޭނެ ކަމަށެވެ.
ތޮއްޔިބްގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
ލޮކްކޯޑް ނުދޭތީ ހިފެހެއްޓި ފޯނު އަނބުރާދޭން އަމުރެއް
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި
ސައިކަލުތަކުގައި ރޯކޮށްލި މީހާ ބަންދަށް
ދޮޅުލައްކަ ރުފިޔާގެ މުދާ އޮޅުވާލައިގެން ހޯދުމުން ޖަލަށް
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
އެއާޕޯޓްގައި މާރާމާރީ ހިންގި މީހާއަށް ޖޫރިމަނާގެ އަދަބު
ރަހީނުކޮށް، ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު