23 މާޗް 2017
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި އެ ޕާޓީގެ ސުލޫކީ ކޮމެޓީ އަށް ހުށަހަޅައިފި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި އެ ޕާޓީގެ ސުލޫކީ ކޮމެޓީ އަށް ހުށަހަޅައިފި އެވެ.
ވަހީދަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ސިޔާސަތުތަކާ ދެކޮޅު ހައްދަވައި، އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އިސްކޮށް ހުންނެވި މެމްބަރެކެވެ. އޭނާ އަކީ ސަރުކާރަށް ފާޑު ވިދާޅުވާ ޕީޕީއެމްގެ ހަމައެކަނި މެމްބަރު ވެސް މެ އެވެ.
ވަހީދުގެ މައްސަލަ ހުށަހެޅީ ރައީސް ޔާމީންގެ ފެކްޝަންގެ ސުލޫކީ ކޮމެޓީއަށެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަ އެ ކޮމެޓީ އަށް ހުށަހެޅީ ވެސް ސަރުކާރަށާއި ރައީސް ޔާމީނަށް ތަކުރާރުކޮށް ފާޑު ވިދާޅުވާތީ އެވެ.
ސުލޫކީ ކޮމެޓީން ވަހީދަށް ފޮނުވި ސިޓީއެއްގައި ބުނީ އަންނަ ހޮނިހިރުދުވަހު ބާއްވާ ކޮމެޓީގެ ބައްދަލުވުމުގައި ޖަވާބުދާރީ ވެވަޑައިގަތުމަށެވެ. އަދި އެ ކޮމެޓީ އަށް ޖަވާބުދާރީ ވެވަޑައިނުގެންފިނަމަ، ޣައިރު ހާޒިރުގައި މައްސަލަ ނިންމާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
މިކަމާ ގުޅިގެން ވަހީދުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ލިބިދޭ ބާރުތަކުގެ ތެރޭގައި އެ ކޮމެޓީން މެމްބަރުންނަށް ނަސޭހަތްތެރިވުމާއި އިންޒާރު ދިނުމާއި ޕާޓީން ވަކި ކުރުމުގެ ބާރު ހިމެނެ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ނިންމި ގޮތާ މެދު މެމްބަރަކު ހިތްހަމަނުޖެހޭނަމަ، އިސްތިއުނާފް ކޮމެޓީއަށް މައްސަލަ ހުށަހެޅޭނެ އެވެ.
ވަހީދުގެ މައްސަލަ ސުލޫކީ ކޮމެޓީން ބަލަމުން އަންނައިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތްރީ ލައިން ވިޕާ، ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ހިލާފުވި މައްސަލާގައި އޭނާ ވަނީ ޕާޓީން ވަކިކޮށްފަ އެވެ.
މީގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް އެމްޑީއޭ އިން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެމްޑީއޭ އިން އަރީފް ވަކިކުރީ އެ ޕާޓީގެ ވިސްނުމާ ހިލާފަށް ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ ކަމަށް ބުނެ އެވެ.
"ރައީސް ޔާމީނަށް ނާކާމިޔާބުވީ މައުމޫން ބާކީކުރުމުން"
މައުމޫންގެ މުހިއްމުކަން ވަރަށް އަވަހަށް ފެންނާނެ:ވައްޑެ
ވައްޑެ އާއި ޝުޖާއު ކައުންސިލުން "ވަކިކޮށްފި"
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
މައުމޫން، ޕީޕީއެމް ހިންގެވި ގޮތާ މެދު ފަލާހުގެ ތައުރީފް!
ޕީޕީއެމް ސަލާމަތްވާން އޮތީ އިސްލާހީ އެޖެންޑާއަކުން!
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް
މި ހިތްވަރެއް ނޭލޭނެ: މައުމޫން
ޕީޕީއެމް ހިންގާނެ ބޭފުޅަކު ކަނޑަނޭޅި ހައްގު ގެއްލެނީ!
ޔާމީނަށް ޕީޕީއެމް ވެސް ދޫކޮށްލެވޭކަށް ނެތް!؟