Roadha Mihaaru
ސިޔާސީ ހަތިޔާރެއްގެ ގޮތުގައި މީރާ ބޭނުންކޮށްގެންނުވާނެ

މީރާ އުފެއްދީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާކަށް ނޫން: ނަޝީދު

22 މާޗް 2017

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފެއްދީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަން ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފެއްދީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަން ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.

ދައުލަތަށް ޓެކްސް ނެގުމަށް އެމްޑީޕީގެ ވެރިކަމުގައި އުފެއްދި މީރާ އިން މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އާއި ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކުރުމާ ގުޅިގެން، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރު ސިޔާސީ ގޮތުން ތާށިވާ ކޮންމެ ވަގުތަކު ވިޔަފާރިވެރިންގެ އެކައުންޓްތައް ފްރީޒްކުރުމުން މީރާގެ އަމަލަކީ ސިޔާސީ ކަމެއްކަން ސާފުވާ ކަމަށެވެ. އަދި މީރާގެ ކޮމިޝަނާ ޖެނެރަލް ޔަޒީދު މުހައްމަދު ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން އިން 18 މިލިއަން ޑޮލަރު ދައްކަން އަންގައި އެ ކުންފުނީގެ އެކައުންޓްތައް މިއަދު ވަނީ ފްރީޒް ކޮށްފަ އެވެ.

ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކުރީ މީގެ ތިން ދުވަސް ކުރިންނެވެ.