ގައުމީ ސާފް ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑުގެ އޯޕަން ބައިގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އަންމަޑޭ) ހޯދައިފި އެވެ.
ގައުމީ ސާފް ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑުގެ އޯޕަން ބައިގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އަންމަޑޭ) ހޯދައިފި އެވެ.
މިއީ އަންމަޑޭ މުލީގައި ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. އެމްއެސްއޭ އިން 2022 ވަނަ އަހަރު ގައުމީ ލީގު ކުރިއަށް ގެންދަން ފެށި ފަހުން، ފުރަތަމަ ދެ އަހަރު މުލީގެ ޗެމްޕިއަންކަން ހޯދީ އޭނާ އެވެ. ނަމަވެސް މިދިޔަ އަހަރު އޭނާ އަށް މުބާރާތް ނިމުނީ ކުއާޓާ ފައިނަލާ ހަމައިންނެވެ.
އަންމަޑޭ ޗެމްޕިއަންކަން ހޯދީ މިއަދު ކުރިއަށް ގެންދިޔަ ފައިނަލް ހީޓުގައި، ޖުމްލަ 0.74 ޕޮއިންޓުން މިދިޔަ އަހަރު މުލީގެ ޗެމްޕިއަންކަން ހޯދި އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށްފަ އެވެ. އަންމަޑޭ ވަނީ ފައިނަލް ހީޓުގައި އެޅި ހަ ރާޅުގެ ތެރެއިން 6.67 ޕޮއިންޓަކާއި 5.40 ޕޮއިިންޓަކާ އެކު ޖުމްލަ 12.07 ޕޮއިންޓް ހޯދައިފަ އެވެ. ސްމައިލީ ހަތަރު ރާޅު އެޅި އިރު ޖުމްލަ ހޯދުނީ 11.33 ޕޮއިންޓެވެ.
މިއަހަރުގެ މުބާރާތުގައި އަންމަޑޭ އާއި ސްމައިލީ ވަނީ ތިންވަނަ ބުރުގައި އެއް ހީޓެއްގައި ވާދަ ކޮށްފަ އެވެ. އެ ހީޓުން އެއްވަނަ ހޯދީ ސްމައިލީ އެވެ. އަންމަޑޭ އަށް ލިބުނީ ދެވަނަ އެވެ.
އަންމަޑޭ މިއަހަރުގެ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގައި ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އާ ވާދަކޮށް ޖުމްލަ 10.50 ޕޮއިންޓް ހޯދައިގެންނެވެ. ކައިޕުޓީއަށް ލިބުނީ ޖުމްލަ 5.17 ޕޮއިންޓެވެ.
ސެމީގައި ސްމައިލީ ވަނީ، ސައްޔިދު ސަލާހުއްދީނާ ވާދަކޮށް ޖުމްލަ ދެ ޕޮއިންޓްގެ ތަފާތަކުން ކުރި ހޯދައިފަ އެވެ. ސްމައިލީ ވަނީ ހަތަރު ރާޅުގެ ތެރެއިން ދެ ރާޅަކަށް 6.50 ޕޮއިންޓަކާއި 7.33 ޕޮއިންޓަކާ އެކު ޖުމްލަ 13.83 ޕޮއިންޓް ހޯދައިފަ އެވެ. ސެމީގެ ހީޓުގައި ސައްޔިދު އެޅީ ދެ ރާޅެވެ. ފުރަތަމަ ރާޅަށް އޭނާ އަށް ދެ ޕޮއިންޓް ލިބުނު އިރު، ދެވަނަ ރާޅުގައި ވަނީ 9.83 ޕޮއިންޓް ސްކޯކޮށް، ޖުމްލަ 11.83 ޕޮއިންޓް ހޯދައިފަ އެވެ.
މިއަދު ކުރިއަށް ދިޔަ ކުއާޓާ ފައިނަލްގެ ހީޓުތަކުގެތެރެއިން ފުރަތަމަ ހީޓުގައި ކައިޕުޓީ ވަނީ ނޫހް ދުނެއިމް އިރުޝާދު ބަލިކޮށްފަ އެވެ. ދެވަނަ ހީޓުގައި އާގިލް ކުރި ހޯދީ ޔަސީން އަހުމަދު ނާޝިދާ ވާދަ ކޮށެވެ. ސްމައިލީ ކުއާޓާގައި ވާދަ ކުރީ ނަޖާހު މުހައްމަދު (ކަބޯ)އާ އެވެ. ސައްޔިދު ސެމީ އަށް ދިޔައީ ދެ ރާޅުން ޖުމްލަ 12.50 ޕޮއިންޓް ހޯދައިގެން، ޖުމްލަ 1.17 ޕޮއިންޓްގެ ތަފާތަކުން މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ހޫދު އަހުމަދު (ހޫބްޒް) ބަލިކޮށްފަ އެވެ.
އެމްއެސްއޭ އިން މިއަހަރު ކުރިއަށް ގެންދާ ލީގުގައި ދެން އޮންނާނީ ދެ މުބާރާތެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ލ. މާބައިދޫގެ "މެޝިން" ސާފް ބްރޭކުގައި "ކެރަންދޫ" ނަމުގައި މުޅިން އަލަށް ބާއްވާ މުބާރާތަށް ފަހު ދެން އޮންނާނީ މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖެވެ. މި މުބާރާތަށް ހޮވޭނީ، މުލީކޮޅު ރާޅުގަނޑާއި ކެރަންދޫގައި ވެސް ވާދަ ކޮށްފައިވާ އެތުލީޓުންނެވެ.
މި އަހަރުގެ ލީގު އެއްވަނަ ހޮވުމުގައި ބަލާނީ ތިން މުބާރާތުގެ ތެރެއިން އެންމެ މަތިން ސްކޯ ކުރި ދެ މުބާރާތުގެ ޖުމްލަ ނަތީޖާއަށެވެ.
ސާފިންގެ އަންހެން ޗެމްޕިއަންކަން އާޔާ އަށް
ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން އިއްސެއާއި އިނާންއަށް
ރަންދާ ރާޅުގަނޑުގައި ޖޫނިއާ ސެމީއަށް ސާފަރުން ހޮވިއްޖެ
14 އަހަރުގެ ކަޔާން ސީނިއާ ސާފަރުން ސިއްސުވާލައިފި
އިނާން: މުލީގެ އާ ޖޫނިއާ ޗެމްޕިއަން
ސްމައިލީ މުލީގައި ޗެމްޕިއަންކަން ހޯދައިފި
ފުކޫ، އެސްޔޫޕީ ޗެމްޕިއަންކަން ދިފާއު ކޮށްފި
ރަސްމާދޫ ފަހަތަށް ޖައްސާލައި މަރުހަބާ ކަޕް ގައްދުއަށް
18 އަހަރަށް ފަހުން ވާދަކޮށް ފަޔާނީއަށް ޗެމްޕިއަންކަން
ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަނަކީ އަންމަޑޭ