ފަތިހުން ފެށިގެން ހުޅުމާލެއަށް އައި ވިލާގަނޑުގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
18 ޖުލައި 2025
ފަތިހުން ފެށިގެން ހުޅުމާލެއަށް އައި ވިލާގަނޑުގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ފަތިހުން ފެށިގެން ހެދުނާއެކު ހުޅުމާލެއަށް އައި ވިލާގަނޑުގައި 52 މޭލު ބާރުމިނުގައި ވައި ޖެހުނު ކަމަށެވެ.
އެ ވަގުތު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ހާދިސާތައް ހިނގައިފަ އެވެ.
ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓިފައި--- ފޮޓޯ؛ މިހާރު
އެގޮތުން ހުޅުމާލެ ފިތުރޯނު މަގުގައި، ވަން އެވެނިއު ކުރިމައްޗަށް އަދި އޯޝަން ފްރޮންޓް ކުރިމަތީ ހުރި ބޮޑު ފިތުރޯނު ގަހެއް އެ ކޮޅިގަނޑުގެ ތެރޭގައި މުލުން ލުހިގެން ވަނީ ސައިކަލުތަކުގެ މައްޗަށް ވެއްޓިފަ އެވެ. އެ ތަނުގައި ހުރި ހަ ވަރަކަށް ސައިކަލަށް ގެއްލުން ވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އަދި އެ މަގުގެ، މޭރީ ބްރައުން ކައިރި ހުރި އިތުރު ގަހެއްގެ ބޮޑު އޮފިގަނޑެއް ވެސް ވަނީ މަގުމައްޗަށް ވެއްޓިފަ އެވެ.
އޭގެ އިތުރުން އެ ވަގުތު ޖެހުނު ގަދަ ވައިގައި ހުޅުމާލެ ފޭސް 2ގައި ހުރި ބަސް ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.
ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓިފައި--- ފޮޓޯ؛ މިހާރު
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވަނީ އުތުރާއި މެދުރާއްޖެ ތެރެއަށެވެ.
ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވާއިރު، އެ ހިސާބުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.
ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓިފައި--- ފޮޓޯ؛ މިހާރު
އަދި ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެޓުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
މޫސުން ގޯސްވުމުން މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ނުކުރާނެ
ކޭތަ ހިފާ ވަގުތު މާލެއަށް އުޑުމަތި ސާފު
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި
ބުރާސްފަތި ދުވަހާ ހަމައަށް އެކި ހިސާބަށް މޫސުން ގޯސް!
ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ!
އައްޑުއަށް ވިއްސާރަ، އެހެން ހިސާބުތަކަށް ހޫނުގަދަ!
ޔެލޯ އެލާޓް؛ 50 މޭލަށް ވައިގަދަވާނެ!
ކަނޑުތައް ވަރަށް ގަދަ، ވައިޓް އެލާޓް ނެރެފި!
ކުރިއަށް އޮތް ހަތަރު ދުވަހު ކަނޑުގަދަވާނެ: މެޓް
ސުނާމީގެ ނުރައްކާ އިންޑިއާ ކަނޑަކަށް ނެތް