Roadha Mihaaru

އަބްދުއްރަހުމާން މަރާލުން: ރަށުގެ ހުރަސް މަގު އަތިރިފަރާތް ފާސްކުރަނީ

އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމަށް ހަމަލަދީ މަރާލި މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް މި ރަށު ހުރަސްމަތި ފަރާތް ފާސްކުރަން ދެންމެ ފަށައިފި އެވެ.

މާޅޮހުގެ މަރު:ރަށުގެ ހުރަސް މަގު އަތިރިފަޅި ފާސްކުރަނީ
އަހުމަދު ހަމްދޫން
އއ. މާޅޮހުން އަހުމަދު ހަމްދޫން

14 ޖުލައި 2025

އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމަށް ހަމަލަދީ މަރާލި މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް މި ރަށު ހުރަސްމަތި ފަރާތް ފާސްކުރަން ދެންމެ ފަށައިފި އެވެ.

އަބްުދުއްރަހުމާން ދިރިއުޅޭ ގެ މާހިޔައާ މާ ދުރު ނޫން އެ ސަހައްދަށް ފުލުހުންގެ ބޮޑު ޓީމެއް އައިސް ވަލުތެރެ އާއި އަތިރިމަތީގެ އެކި ސަރަހައްދުތައް ދެންމެ ވަނީ ފާސްކުރަން ފަށައިފަ އެވެ.

ފުލުހުންގެ ތަހުގީގު ޓީމު މާޅޮހުގެ ހުރަސް މަގު އަތިރިފަރާތުގައި މިއަދު މެންދުރު ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފުލުހުންގެ ތަހުގީގު ޓީމު މާޅޮހުގެ ހުރަސް މަގު އަތިރިފަރާތުގައި މިއަދު މެންދުރު ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާޅޮހުގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާނަށް ހަމަލަ ދިނުމުގައި ރަށުގެ ބައެއްގެ އަތެއް ނެތެވެ. އެހެންވެ، އެ މީހުން ބޮޑަށް ބަލަނީ އަބްދުއްރަހުމާނަށް ހަމަލަ ދޭނީ ރަށުގެ މީހުންގެ ބަހުން ނަމަ "އޮޅުމަތިި" ސަރަހައްދުން ނުވަތަ ހުރަސް މަގު އަތިރިފަރާތް ސަރަހައްދުން ބަޔަކު އަރައިގެންނެވެ.

މި ރަށު ބައެއް މީހުން ބުނީ، ބަނދަރުމައްޗަށް ބަޔަކު ފައިބައިގެން އައިސް މާހިޔާ އަށް ވަދެ ހަމަލަ ދިނުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

ފުލުހުންގެ ފޮރެންސިކް ޓީމުގެ މީހަކު މާޅޮހުގެ ހުރަސް މަގު އަތިރިފަރާތުގައި މިއަދު މެންދުރު ހަރަކާތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފުލުހުންގެ ފޮރެންސިކް ޓީމުގެ މީހަކު މާޅޮހުގެ ހުރަސް މަގު އަތިރިފަރާތުގައި މިއަދު މެންދުރު ހަރަކާތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އެއީ އެ ރޭގައި ވެސް އެ ގެއާ މާ ދުރު ނޫން ހިސާބެއްގައި ރަށުގެ މީހުން އުޅުނު ވަރަށް ދަންވަންދެން. އެ ގެ ކައިރީގައި ހޮޓަލުގައި މީހުން އުޅުނު،" މާޅޮހުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އެހެންވީމާ ރަށުގައި އާންމުން ދިރިއުޅޭ ތަންތަން ހުރަސް ކޮށްފައި އެ ގެ އަށް ބަޔަކު ވަނިއްޔާ ފެންނާނެ. އެކަމަކު، އޮޅުމަތި ސަރަހައްދަށް ޑިންގީއެއް ކައިރި ކޮށްފައި އަރަން ބޭނުން ނަމަ އެ ކަން ކުރުމުގެ ފުރުސަތު އޮވެދާނެ."

އަބްދުއްރަހުމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީ، ޒަހަމް ކޮށްލާފައި ވަނިކޮށް ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެކެއް އެކެއް ޖަހާކަން ހާއިރު އެވެ. ފުލުހުންނަށް ރިޕޯޓް ލިބުނީ 1:50 ހާއިރު އެވެ. އެކަމަކު، ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށް އެ ރޭގެ ފަތިހު މަރުވީ އެވެ.