ރ. ފައިނުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ ކުޑަކުދިންނާއި މީހަކު އިތުރު ފަރުވާއަށް މިއަދު މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
27 ޖޫން 2025
ރ. ފައިނުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ ކުޑަކުދިންނާއި މީހަކު އިތުރު ފަރުވާއަށް މިއަދު މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، 18 އަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލްގެ ދަރިވަރަކު ދުއްވި އެ ސައިކަލު ޖެހުނީ މަގުމަތީގައި ކަސްރަތަށް ހިނގަން ނުކުމެ އުޅުނު އެ ރަށު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގަ އެވެ.
އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ ކުދިންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. ފައިނުގެ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު ރޭ ވަނީ އެ ދެ ކުދިން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެ ކުދިންނަށް ފަރުވާ ދިނީ އެ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.
ޕްރިންސިޕަލަށް އަނިޔާވި ނަމަވެސް އޭނާގެ ހާލު މިހާރު ސްޓޭބަލް އެވެ. އެކަމަކު، އޭނާއާ އެކު ހުރި ޓީޗަރުގެ ފަޔަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ހަސަން ފަޒީލް ދެންމެ "މިހާރު"އަށް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ދެ ކުދިންނާއި ބޮޑު މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނައުމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަނިޔާވި ދެ ކުދިން ރ. އިފުރު އެއާޕޯޓުން އެއާ އެއާއެމްބިއުލެންސްގައި މިއަދު ހެނދުނު 9:30 ހާއިރު މާލެއަށް ފުރުވާލާފައިވާ ކަމަށެވެ. އަދި އަނިޔާވި މީހާ ވެސް މިއަދު މާލެއަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އެންމެންގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިނު އެކްސިޑެންޓުގައި އަނިޔާވި މީހުން ވެންޓިލޭޓަރުގައި
ކައްދޫ އެކްސިޑެންޓް: މީހަކު ހައްޔަރުކޮށް، ބަންދަށް!
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
މަގުހުރަސްކުރަން އުޅުނު ބަޔަކު އެކްސިޑެންޓުވެ ފަރުވާދެނީ
އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކު ނިޔާވެއްޖެ
ދަރިފުޅު ވަކިވުމުން އަޝްފާގެ އަސަރުގަދަ މެސެޖެއް
ފުލުހުން ފެނުމުން އަނބުރާލި ވަގުތު އެކްސިޑެންޓެއް
އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
އެކްސިޑެންޓު ވުމުން މަޑުނުކޮށް ދިޔަ ދެ މީހަކު ހޯދަނީ
އެކްސިޑެންޓުވި 16 އަހަރުގެ ކުއްޖާ ގެޔަށް ދޫކޮށްލައިފި