Roadha Mihaaru

ފައިނުގައި އެކްސިޑެންޓެއް, އަނިޔާވި ދެ ކުއްޖެއްގެ ހާލު ސީރިއަސް

ރ. ފައިނުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ ކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފި އެވެ.

ފައިނުގައި އެކްސިޑެންޓެއް، ދެ ކުއްޖެއްގެ ހާލު ސީރިއަސް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

26 ޖޫން 2025

ރ. ފައިނުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ ކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގީ ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ.

އެމީހުންނަށް ފައިނު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އުނގޫޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް "މިހާރު" ވިދާޅުވި ގޮތުގައި އަނިިޔާވި މީހުން އެ ހޮސްޕިޓަލަށް ގެންދިޔައީ މިރޭ 9:35 ހާއިރެވެ.

އެ އެންމެނަށް ވެސް އިމަޖަންސީ ރޫމުގައި ފަރުވާދެމުން އަންނައިރު، އަނިޔާވެގެން ގެނައި 18 އަހަރުން މަތީގެ ދެ ފިރިހެނުންގެ ހާލު މިހާރު ސްޓޭބަލް ކަމަށް ފަޒީލް ވިދާޅުވި އެވެ. އެކަމަކު 18 އަހަރުން ދަށުގެ ދެ ކުދިންގެ ހާލު ވެސް ސީރިއަސް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ސާފެއް ނޫނެވެ.

ފައިނުގައި ސައިކަލެއް އެކްސިޑެންޓުވެފައި-- ފޮޓޯ: ފައިނު އޮންލައިން

ފައިނުގައި ސައިކަލެއް އެކްސިޑެންޓުވެފައި-- ފޮޓޯ: ފައިނު އޮންލައިން

ފަޒީލް ވިދާޅުވި ގޮތުގައި މިހާރު ސީޓީ ސްކޭން ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

އެމީހުންނާ ގުޅިގެން ވަކި އެއްޗެއް ޑޮކްޓަރުންނަށް ދެންނެވޭނީ ސީޓީ ސްކޭނަށް ފަހު ކަމަށާއި ލިބުނު އަނިޔާ ނުވަތަ ފަރުވާއަށް މާލެއަށް ފޮނުވަންޖެހުނަސް އެކަން އެނގޭނީ އެއަށް ފަހު ކަމަށް ވިދާޅުވި އެވެ.