ދެކުނު ކޮރެއާ ކްލަބްތަކަށް ބޭރު ގޯލްކީޕަރުން ނުގެނެވޭ ގޮތަށް އޮތް ގަވާއިދު 27 އަހަރަށް ފަހު އުވާލަން އެ ގައުމުގެ ފުޓްބޯޅަ ލީގުން ނިންމައިފި އެވެ.
ދެކުނު ކޮރެއާ ކްލަބްތަކަށް ބޭރު ގޯލްކީޕަރުން ނުގެނެވޭ ގޮތަށް އޮތް ގަވާއިދު 27 އަހަރަށް ފަހު އުވާލަން އެ ގައުމުގެ ފުޓްބޯޅަ ލީގުން ނިންމައިފި އެވެ.
ކޮރެއާ ޕްރޮފެޝަނަލް ފުޓްބޯޅަ ލީގުން، ކީޕަރުންނަށް 1996 އިން ފެށިގެން ފުރުސަތު ހަނިކުރީ އެ ގައުމުގައި ކީޕަރުން އުފައްދަންވެގެންނެވެ. އަދި 1999 އިން ފެށިގެން އޮތީ އެއްގޮތަކަށް ވެސް ބޭރު ކީޕަރުން ނުގެނެވޭ ގޮތަށް މަނާކޮށްފަ އެވެ. އެ ލީގުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ 2026 ވަނަ އަހަރުގެ ސީޒަނުން ފެށިގެން ބޭރު ކީޕަރުންނަށް ފުރުސަތު އޮންނާނެ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ގޮތަށް ނިންމި ސަބަބަކީ، ފެންވަރު ރަނގަޅު ކީޕަރުންގެ ޑިމާންޑް ލީގުގައި ބޮޑުވެ، އެހެން މަގާމުތަކަށް ކުޅޭ ކުޅުންތެރިންނަށް ވުރެ މުސާރައިގެ ފަރަގުބޮޑުވުމުންނެވެ. ކޮރެއާ ކީޕަރަކު މިހާތަނަށް ޔޫރަޕުގެ ބޮޑު ޓީމަކަށް ކުޅެފައިނުވި ނަމަވެސް އެހެން މަގާމުތަކުގެ ކުޅުންތެރިން އަންނަނީ ވިދަމުންނެވެ. އޭގެ ތެރޭގައި ޓޮޓެންހަމްގެ ފޯވާޑް ސަން ހެން-މިން އާއި، ބެޔާން މިއުނިކުގެ ޑިފެންޑަރު ކިމް މިން-ޖޭ، އަދި ޔޫރަޕުގެ ޗެމްޕިއަން ޕީއެސްޖީގެ މިޑްފީލްޑަރު ލީ ކަން-އިން ފާހަގަކުރެވެ އެވެ. ކޮރެއާ އަކީ މިހާރު އޭޝިއާގެ އެންމެ ވަރުގަދަ އެއް ޓީމެވެ. އަމިއްލަ ގައުމުގައި 2002 ގައި ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް ފަހު، އެ ގައުމުން އަންނަނީ އޭގެ ފަހުން ހުރިހާ ވޯލްޑް ކަޕެއްގައި ކުޅެމުންނެވެ.
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް
ކޮރެއާ ކަޓުވާލުމަށްފަހު އުރުދުން އަލަށް ފައިނަލަށް
ސެމްސަންގް ފޯނަކުން ނޫނީ ސޮން އަށް ސެލްފީއެއް ނުނެގޭ
ބްރެޒިލުން ކޮރެއާ ބަލިކޮށް ކުއާޓާ ފައިނަލަށް
އަރާމުކުރަން ވަގުތު މަދުވުމުން ކޮރެއާ ކޯޗު ޝަކުވާކޮށްފި
ކައިވެންޏަށް އެދޭވަރުން ކުޅުންތެރިޔަކު ފޯނު ނިއްވާލައިފި
ފަހު ވަގުތު އުރުގުއޭ ކަޓައި، ކޮރެއާ ދެ ވަނަ ބުރަށް
މާސްކުގައި ސޮން އަށް ދަތިކަމެއް ނެތް، މުޅިން ފިޓް
ސޮން އާއި ޗިލްވެލް އަށް ވެސް ވޯލްޑް ކަޕް ގެއްލިދާނެ
އަސްކަރީ ތަމްރީން ބަލަން އެއްނުވާން ސޮން އެދިއްޖެ